ޢިއްދާގެ މުއްދަތު ހަމަވާއިރު، ކައިވެނި ރުޖޫޢަކޮށްފައި ނުވަނީނަމަ، ދެމަފިރިންނަކީ ހިލޭ ދެމީހުން! އުޅެން ޖެހޭނީ އެކަހެރިނުވެ އަދި އަޢުރަ ނިވާކޮށްގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޢިއްދާގެ މުއްދަތު ހަމަވާއިރު، ކައިވެނި ރުޖޫޢަކޮށްފައި ނުވަނީނަމަ، ދެމަފިރިންނަކީ ހިލޭ ދެމީހުން! އުޅެން ޖެހޭނީ އެކަހެރިނުވެ އަދި އަޢުރަ ނިވާކޮށްގެން!

ދަރިން ލިބިފައިވަނިކޮށް ކައިވެނި ރޫޅި އަދި ޢިއްދައިގެ މުއްދަތުގައި ރުޖޫޢަނުކޮށްވެސް ޙާލަތު ނިޔާކުރާ ގޮތަކުން ދެމަފިރިންނަށް އެކުގައި އެއްގެއެއްގައި އުޅެންޖެހުން ފަދަ ކަންކަން އެބަމެދުވެރިވެއެވެ.  

މިޙާލަތުގައި ޢިއްދައިގެ މުއްދަތު ހަމަވިއިރުވެސް ކައިވެނި ރުޖޫޢަނުކުރުމުން އެދެމީޙުން އެވަނީ ހިލޭ މީހުންނަށް ބަދަލުވެފައެވެ. ދެމީހުން ރުޅިމަޑުވެ އެކުވެރިކަމުގައި އުޅުނު ނަމަވެސްމެއެވެ.  

އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ އަލުން ކައިވެނިކުރުމެވެ. ކައިވެނި ނުކުރާނެ ނަމަ ސަމާލުކަންދޭންޖެހޭ ކަންކަން އެބަހުއްޓެވެ!  

ރަޖްޢީ ވަރިއަކުން ވަރިކޮށްފައިވާ އަންހެންމީހާ ޢިއްދާގެ މުއްދަތު ހަމަވުމުގެ ކުރިން ގެއިން ނެރެގެން ނުވާނެއެވެ. ޢިއްދާގެ މުއްދަތު ހަމަވާއިރު، ކައިވެނި ރުޖޫޢަކޮށްފައި ނުވަނީނަމަ، ދެމަފިރިންނަކީ ހިލޭ ދެމީހުންނަށް ބަދަލުވެގެން ދާނެއެވެ. އެހެންކަމުން، އަންހެންމީހާގެ މޫނާއި ދެއަތްތިލަ ފިޔަވައި ހުރިހާ ތަނެއް، އެހެންވެސް ހިލޭފިރިހެނުންގެ ކުރިމަތީގައ ފޮރުވާގޮތަށް ފޮރުވަން ވާނެއެވެ.  

އެހެންކަމުން ވަރިވެފައިވާ ދެމަފިރިން އެއްގެއެއްގެ ތެރޭގައި އުޅުމުގައި ބަލަން ޖެހޭނެކަމަކީ ދެމީހުން އެކަހެރިވޭތޯ، އެކަކު އަނެކަކަށް ޢައުރަނިވާކުރޭތޯ، މިފަދަ އެނޫންވެސް ހިލޭފިރިހެނުންނާއި މެދުގައި ބަލާ މިންގަޑުންނެވެ. واللهأعلم

- ރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން