އައްވާބީން ނަމާދަކީ ޟުޙާ ނަމާދެވެ. މިނަމާދުގެ ވަގުތަކީ އިރުއެރުމަށްފަހު ގާތްގަޑަކަށް ފަނަރަވަރަކަށް މިނިޓް ފަހުން ފެށިގެން ގޮސް މެންދުރާ ހަމައަށެވެ. މި ނަމާދުގައި ކިޔުމަށް ވަކި ޚާއްޞަ ޛިކުރެއް ސުންނަތުގައި އައިސްފައިނުވެއެވެ. އެހެނިހެން ނަމާދުތަކުގައިވެސް ކިޔާތަކެތި ކިޔުމުން އިންޝާ ﷲ ރަގަޅުވާނެއެވެ.
ޞަލާޠުލް އައްވާބީން އަކީ މަޣްރިބްއާއި ޢިޝާ ނަމާދުގެ ދެމެދުގައިވާ ވަޤުތެއްކަމަށް ބުނެފައިވާ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތެވެ. އެހެނީ އެވަޤުތަކީ އިރުހޫނުން ހޫނުވެ އުނދަގޫވެގެން ކުދި ޖަމަލުތައް ކޮށީން ނުކުންނަން އުޅޭނެ ވަޤުތުކަން އެނގެން އޮތުމުންނެވެ. އެ ވަޤުތަކޫ ގާތްގަނޑަކަށް ބުނާނަމަ 10 ނުވަތަ 11 ޖެހުމުން ފެށިގެންނެވެ.
ކޮންމެއަކަސް ރޭއަޅުކަންކުރެވޭނީ ﷲ ތަޢާލާ ދެކެ ވަރަށް ބޮޑަށް ލޯބިވާ އަޅުންނަށް ކަމަށް ބުނެވޭ ފަދައިން ޟުޙާނަމާދާއިމެދު ބުނަން ޖެހޭނީ ޟުޙާ ނަމާދުކުރެވޭނީ ވަރަށް ތަޤްވާވެރި އަޅުންނަށް ކަމަށެވެ. އެހެންވެ ޞުޙާ ނަމާދަށް ތަޤްވާވެރިންގެ ނަމާދުގެ ނަމުންވެސް ކިޔައެވެ.
ކޮންމެއަކަސް މިފަދަ މަތިވެރިނަމާދެއްކުރާ މީހުންގެ ޢަދަދު މަދުވަމުން އަންނަކަމީ ވަރަށް ބޮޑަށް ހިތާނަކުރަންޖެހޭ ކަމެކެވެ. އެކަމުން އެނގެނީ މިސްކިތަށްއަރައިލާ ނުވަތަ ފަރުޟް ނަމާދުތައް ކޮށްލައި މިއުޅޭ މީހުންގެ ތެރޭގައިވެސް ޙަޤީޤީ ތަޤްވާވެރިންގެ ޢަދަދު މަދުކަމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން