ތިމާއަކީ ތިމާއަށްޓަކައި ﷲ ތަޢާލާ އެންމެ ބޮޑަށް އުފާފުޅުކުރައްވަވާނެ މީހަކަށްވެވެން އޮތް މަގު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ތިމާއަކީ ތިމާއަށްޓަކައި ﷲ ތަޢާލާ އެންމެ ބޮޑަށް އުފާފުޅުކުރައްވަވާނެ މީހަކަށްވެވެން އޮތް މަގު-:  މުފްތީ މެންކް

 

ދިރިހުރިހައި ހިނދަކު އެންމެ ގާތް އެކުވެރިއަކީ ކީރިތި ޤުރްއާންކަމަށް ދެކި އެކަމަށް ޢަމަލުކުރަންވާނެއެވެ. ޤްރްއާން ކިޔެވުމުގެ އިތުރުން ޤުރްއާނުގެ ޢިލްމު އުނގެނެން މަސައްކަތްކުރަންވާނެއެވެ. ޤުރްއާނާއިމެދު ވިސްނަންވެސްވާނެއެވެ. ކިޔަވައި އުނގެނުމުގެ އިތުރުން ވިސްނުމަކީވެސް ޘަވާބު ދެއްވަވާނެ އަޅުކަމެކެވެ.

މުޅި ކީރިތި ޤުރްއާނަށް ބެލުމުންވެސް އަހުރެންނަށް ފެނުނު އެންމެ އުންމީދީ އާޔަތަކީ "އައްޒުމަރު" ސޫރަތުގެ 53 ވަނަ އާޔަތެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސްތަކުގެ މައްޗަށް ފާފއިން އިސރާފްކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިއަބައިމީހުން ﷲ ގެ ޙަޟްރަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން ﷲ އީ، އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ." (އައްޒުމަރް: 53)

ﷲ ތަޢާލާ އެންމެ ބޮޑަށް އުފާފުޅުކުރައްވަވަނީ މީސްތަކުން ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުންނެވެ. އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ އިބިލީސް ވައުދުވީފަދައިން އޭނާއަށް ކާމިޔާބު ނުކުރެވުނީތީއެވެ.

އިބިލީސް ވަޢުދުވީ ހުރިހާ އިންށާނުން ނަރަކައަށް ވައްދުވާނެ ކަމަށެވެ. ނަމަވެސް ﷲ ތަޢާލާ ޖަވާބުގައި ވަޙީކުރެއްވެވީ ނަރަކައަށް ވެއްދޭނީ ތައުބާނުވާ މީހުން ކަމަށެވެ. އަދި ތައުބާވެ ފާފަ ފުއްސަވައި ދެއްވެވުމަށް އެދޭ އެންމެންގެ ފާފަތައް ފުއްސަވައި ދެއްވަވާނެކަމަށެވެ. މިވާހަކަތައްވެސް ކީރިތި ޤުރްއާނުގައި ވަނީ ބަޔާންކުރައްވަވައިފައެވެ.

އަހަރެމެންގެ ތެރެއިން ކޮންމެ މީހަކީވެސް ފާފަކުރެވޭ މީހެކެވެ. އަދި ބައެއް މީހުންނަކީ ވަރަށް ގިނައިން ފާފަކުރެވޭ، އަދި ބޮޑެތި ފާފަތައްވެސް ކުރެވޭ މީހުންނެވެ. ނަމަވެސް މިއާޔަތުން އެނގިގެންދަނީ ދިރިހުރިހައި ހިނދަކު މާޔޫސްވުމެއް ނެތްކަމެވެ. ފާފަތައް ކިތަންމެ ގިނައިން ކުރެވިފައިވީނަމަވެސް އަދި ކިތަންމެ ބޮޑެތި ފާފަތައް ކުރެވިފައިވީނަމަވެސް އިޚްލާޞްތެރިކަމާއިއެކު ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުން ފާފަ ފުއްސަވައި ދެއްވަވާނެކަމެވެ.

ﷲ ތަޢާލާ މިފަދައިން ވަޙީކުރައްވަވާފައި މިވަނީ އަހަރެމެން ކޮންމެ މީހަކަށްވެސް ކުރެވޭނެ ފާފަތައް މާކުރިންސުރެ އެނގިވޮޑިގެން ހުންނަވައެވެ. ވީމާ އިންމީދާއި ޔަޤީންކަމާއިއެކު ތައުބާވުމަށް އަވަސްވެގަންނާށެވެ! ފުރިހަމަ ތައުބާއަކުން ތައުބާވެގެން ހުރެ ރަމަޟާންމަހާއި ކުރިމަތިލާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން