ރިޒުޤް ލިބުމަށް ދަތިވާނަމަ އެކަމަށް އެޅޭ ހުރަސްތައް ނަތާލަން އެމީހަކު ކުރަންޖެހޭ ކަންކަން-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 47ސ
ރިޒުޤް ލިބުމަށް ދަތިވާނަމަ އެކަމަށް އެޅޭ ހުރަސްތައް ނަތާލަން އެމީހަކު ކުރަންޖެހޭ ކަންކަން-: މުފްތީ މެންކް

ކޮންމެ މީހަކަށްވެސް ރިޒުޤް ދެއްވަވައެވެ. ނަމަވެސް ވަކި މިންވަރަކަށެވެ. ބައެއް މީހުންނަށް ވަރަށް ގިނައިންވެސް ދެއްވަވައެވެ. އަދި އެމީހާގެ ޢަމަލުތައް ހުންނަ ގޮތުން ދާދި އަވަހަށް މަދުވެސް ކުރައްވަވައެވެ. ވީމާ ގިނައިން ރިޒުޤް ލިބޭނަމަ އެނިޢުމަތް ތިމާއާއިއެކު ދަމަހައްޓަން މަސައްކަތްކުރަން ޖެހެއެވެ. އަދި މަދުން ދެއްވަވާނަމަ އިތުރުކުރަންވެސް މަސައްކަތްކުރަން ޖެހެއެވެ.

މީސްތަކުންނޭވެ! އިންސާނާއަށް ކުރިމަތިވާ ކަންކަން ކުރިމަތިވަނީ އެތައް ސަބަބަކަށްޓަކައެވެ. އެއިގެ ތެރެއިން އެންމެ ޢާންމު ސަބަބަކީ ފާފަ ކުރެވުމެވެ. ތައުބާ ނުވެވުމެވެ. ހަމައެއާއިއެކު ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާނުކުރެވުމެވެ. އެކަންކަން އިޞްލާޙްކުރުމުގެ އިޚްތިޔާރު ކޮންމެ މީހަކަށްވެސް ވަނީ ދެއްވަވައިފައެވެ.

މީގެ އިތުރުން އިމްތިޙާނުގެ ގޮތުގައި ކުރިމަތިކުރައްވަވާ ކަންކަމުން ފާސްވެ އަރައިގަންނަން މަސައްކަތްކުރުމުގެ އިޚްތިޔާރުވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. ޢަމަލުކުރުމާއި ނުކުރުން އޮތީ އެމީހާގެ ކިބައިގައެވެ.

ބައެއް މީހުންނަށް ތަނަވަސްކަން ދެއްވެވުމުން ވިސްނެނީ އެ ނިޢްމަތް އެލިބެނީ ތިމާ އުފަންވުމުގެ 500 އަހަރު ކުރިންވެސް ތިމާއަށް ދެއްވަވާނެ ރިޒްޤް ލިޔުއްވަވާފައިވާތީ ކަމަށާއި އެ ދުވަހަކުވެސް މަދުނުވާނެ ކަމަށެވެ. އެވިސްނުމުގައި ހުއްޓައި ދަތިޙާލަތު ކުރިމަތިވުމުން އެކަމަށް ޝަކުވާ ކުރެއެވެ.

އެހެން އެވަނީ ތިބާއަށް އެ ރިޒްޤް ދެއްވެވުމަށް ލިޔުއްވެވި ފަދައިން ރިޒްޤް ދެއްވެވުމުން ތިބާ ޝުކުރުވެރި ނުވުމުން އަނބުރައި ގެންދަވާނެ ކަމަށް ވެސް ލިޔުއްވަވާފައިވާކަން ޤަބޫލުނުކުރެވޭތީއެވެ. ހުރިހާވެސް މައްސަލައަކަށްވަނީ އެކަމެވެ.

ބައެއް މީހުންގެ ކިބައިގައި ވަރަށް ބޮޑު ތަނަވަސްކަމެއް ހުރެމެ މާލީ ދަތިތަކާއި ހިތްހަމަނުޖެހުމުގައި އުޅެން އެބަޖެހެއެވެ. ތިމާގެ ނުވަތަ ޢާއިލާގެ ކޮންމެވެސް މީހެއްގެ ބޭސްފަރުވާ އަށް ނުވަތަ އެނޫންވެސް ކަންކަމަށް އަބަދުވެސް ބޮޑެތި ޚަރަދުތައް ކުރންޖެހިގެން އެބަ އުޅެއެވެ.

މިފަދަ ކަންކަން މެދުވެރިއެކުރައްވަވަނީ ތިމާއަށް ކުރެވޭ ފާފަތަކުގެ ސަބަބުން ކަމުގައިވެދާނެކަމަށް އަބަދުވެސް ބިރުވެތިވާންވާނެއެވެ. ފާފަކުރެވޭނަމަ ﷲ ތަޢާލާ ބަރަކާތް ކަނޑުއްވަވައި ލައްވަވާނެތެވެ! އެއިރުން އޮންނާނީ ކިތަންމެ ގިނައިން ލިބުނު ނަމަވެސް އަބަދުވެސް މަދުވެގެން އުޅެންޖެހިފައެވެ. ހިތްދަތިކަމުގައި އުޅެންޖެހިފައެވެ. ހާސްވުމާއި ކަންބޮޑުވުމުގެ ތެރޭގައި އުޅެންޖެހިފައެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން