އަމީރު މުޢާވިޔާތު 28: އަނބިއަނބިކަނބަލުންނާއި ބޭފުޅުން

ކިޔުމަށް ހޭދަވާނީ 2މ 9ސ
އަމީރު މުޢާވިޔާތު 28: އަނބިއަނބިކަނބަލުންނާއި ބޭފުޅުން

ޢަލީ އިޙްޞާން ފިރާޤް

 

އަނބިއަނބިކަނބަލުންނާ ބޭފުޅުން: 

އަމީރު މުޢާވިޔަތުގެފާނު އެއްކާވެނިފުޅަށްވުރެ ގިނަ ކާވެނިފުޅު ކުރެއްވިއެވެ. އޭގެ ތެރެއިން ނަންފުޅު އެނގޭބޭކަނބަލުންނާއި އެބޭކަނބަލުންގެ ބަނޑުފުޅު ލިބިވަޑައިގެންނެވި ބޭފުޅުންގެ ނަންތައް މިދަންނަވައިލަނީއެވެ.

1.   فاختة بنت قرظة. އެކަމަނާގެ ބަނޑުފުޅުން ދެދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެއީ عبد الله އާއި عبد الرحمن އެވެ. މުޢާވިޔަތުގެފާނުގެ ކުންޔަތުގެ ނަންފުޅުކަމުގައިވާ އަބޫޢަބްދުއްރަޙްމާން ޚިޔާރު ކުރައްވައިފައިވަނީ މިދެންނެވި ޢަބްދުއްރަޙްމާނުގެ ނަންފުޅަށް ނިސްބަތްކުރައްވައެވެ. عبد الله އަކީ ބުއްދީގެ ކަންފުޅެއްނެތް ކުއްޖެކެވެ. (މިޒަމާނުގެ ޢިބާރާތުން ދަންނަވަނީނަމަ ސިކުނޑި ޅަ ކުއްޖެކެވެ.) 

2.   كنوة بنت قرظة: މިކަމަނާއާ ކާވެނިބެއްލެވީ އެކަމަނާގެ އުޚުތު فاختة بنت قرظة. ވަރިކުރެއްވުމަށްފަހުގައެވެ. 

3.   نائلة بنت عمارة: މިކަމަނާއަކީ ކަލްބުވަންހައިގެ ބޭކަނބަލެކެވެ. އެކަމަނާއަކީ މުޢާވިޔަތުގެފާނު ވަރަށް ހިތްޕުޅާ ހަމަކުރައްވާ ބޭކަނބަލެކެވެ. 

4.   ميسون بنت بحدل: މިކަމަނާގެ ބަނޑުފުޅުން މުޢާވިޔަތުގެފާނަށް އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ދަރިކަލުން ޔަޒީދު ލިބިވަޑައިގެންނެވިއެވެ. އިބްނު ޖަރީރު ބަޔާން ކުރައްވާ ގޮތުގައި އެކަމަނާގެ ބަނޑުފުޅުން މުޢާވިޔަތުގެފާނަށް އަންހެންބޭފުޅަކުވެސް ލިބިވަޑައިގެންނެވިއެވެ. ނަމަވެސް އެދަރިކަނބަލުން ތުއްޕުޅުއިރު އަވަހާރަވީއެވެ. 

މުޢާވިޔަތުގެފާނުގެ ދަރިދަރިކަނބަލުން ކުރެ ހިންދު ބިންތި މުޢާވިޔާ ކާވެނި ބައްލަވައިގެންނެވީ عبد الله بن عامر އާއެވެ. {އިބްނު ކަޘީރު އަލްބިދާޔަތު ވައްނިހާޔަތު، ކެލިފޭޓް އޮފް ބަނޫ އުމައްޔާ، ޞަފްޙާ 126 ތަރުޖަމާ ދާރުއްސަލާމް} 

އަމީރު މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ މައްޗަށް ބަލައިލުމެއް: 

އެނގިވަޑައިގެންނަވައިފައިވާނެ ފަދައިން ޞަޙާބީންގެ ތެރެއިން އެންމެ ގިނަ ދުވަސްތަކެއްވަންދެން އިސްލާމީ އުއްމަތުގެ ވެރިއެއްގެ ގޮތުން ޚިދުމަތްކުރެއްވީ އަމީރު މުޢާވިޔަތުގެފާނެވެ. އެކަލޭގެފާނުގެ ޚިލާފަތުގެ ވިހި އަހަރުދުވަހުގެ މުއްދަތަކީ ވަރަށް ގިނަ ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔަ ދުވަސްތަކެކެވެ. ވަރަށް ގިނަ ޞަޙާބީން އަވަހާރަވި ދުވަސްވަރެކެވެ.  

ދެން އަޅުގަނޑު ބަލައިލަން ޤަޞްދުކުރަނީ މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ މުހިންމު ހާދިސާތަކުގެ މައްޗަށެވެ. އަހަރުތައްވަކިވަކީންނެވެ.

 

 

މިއަދު އޮންލައިން