ކައިވެނި ރޫޅި އަނބިމީހާ އިތުރު ކައިވެންޏެއް ނުކުރާނަމަ ދަރިންގެ ވިސްނުން ފުރިހަމަވެ ގޮތެއް ނިންމަންދެން ތިބެން އޮތީ މައިމީހާގެ ބެލުމުގެދަށުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ކައިވެނި ރޫޅި އަނބިމީހާ އިތުރު ކައިވެންޏެއް ނުކުރާނަމަ ދަރިންގެ ވިސްނުން ފުރިހަމަވެ ގޮތެއް ނިންމަންދެން ތިބެން އޮތީ މައިމީހާގެ ބެލުމުގެދަށުގަ!

ސުވާލު:. އަޅުގަނޑަށް އެނގޭ ގޮތުން ކައިވެނި ރޫޅުމަށް ފަހު ދިވެހިރާއްޖޭގެ ޤާނޫނުތަކުން ދަރިން ބެލުމުގެ ހުރިހާ ބާރެއް ލިބެނީ ދަރީންގެ މަންމައަށް. ނޫނީ މަންމަ ފަރާތު މާމައަށް. އަޅުގަނޑު ބޭނުންވަނީ މި ޙާލަތުގައި އިސްލާމްދީނުގައި އޮންނަ ގޮތް ސާފުކޮށްލަން. 

ޖަވާބު:. އާދެ! އިސްލާމްދީނުގައި ވެސް އެކަން އޮންނަ ގޮތަކީ އެއީ މަންމަ ކައިވެނި ނުކުރާހާ ހިނދެއްގައި. މަންމަ އެހެން ކައިވެންޏެއް ނުކުރާހާ ހިނދެއްގައި ދަރީން ބެލުމުގެ ޒިންމާ ނުވަތަ މަސްޢޫލިއްޔަތު އޮންނާނީ މަންމަގެ އަތުގައި. ދެން އެ ކުދިން 10 އަހަރު ފުރުނީމާ، އެ ކުދިންނަށް ތަންދޮރު ވަކިކުރަން އެނގޭ ހިސާބަށް ދިޔައީމާ، ދެން އެ ކުދިންނަށް އިޚްތިޔާރު ދެވިދާނެ، ކުއްޖާ ދާނީ މަންމަ ކައިރިއަށްތޯ ބައްޕަ ކައިރިއަށްތޯ؟ އެ ގޮތަށް އިޚްތިޔާރު ދެވިދާނެ. 

ދެން މި ކަމުގައި އަޅުގަނޑު ހަނދާންކޮށްލަދޭން ބޭނުން ދެމަފިރިން ވަރިވި ކަމުގައިވީ ނަމަވެސް، ދެ މީހުން އިނދެގެން އުޅުނު އިރު ލިބިފައިވާ ދަރީން، އެ ދަރީންނަކީ އެއީ ދަރީން ނޫން ކަމަކަށް ނުހެދޭނެ. އެހެންވީމާ ދެ މީހުންގެ މެދުގައި ޖެހިފައިވާ މައްސަލަތަކުގެ ރުޅިވެރިކަން ނުވަތަ ނަފުރަތު އެއްވެސް ޙާލެއްގައި އޭގެ ނޭދެވޭ އަސަރު ކުދިންނަށް ކުރާފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އެ ކުދިން އެ ތިބެނީ އެއީ އެ ކުދިންގެ މަންމަ ކައިރީގައި ކަމުގައިވީ ނަމަވެސް، މާމަ ކައިރީގައި ކަމުގައިވީ ނަމަވެސް، ބައްޕަ ކައިރީގައި ކަމުގައިވީ ނަމަވެސް އެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެވޭތޯ މަސައްކަތްކުރަންވީ. އަދި އެ ކުދިންނަށް މަންމައާއި ބައްޕަގެ ފަރާތުން ގެއްލިގެން ދިޔަ އުފާވެރިކަމުގެ ބަދަލު އެ ކުދިންނަށް ހޯދައިދެވޭތޯ މަސައްކަތް ކުރުމަކީ އެއީ މަންމައާއި ބައްޕައާ ދެ މީހުންގެ މަސްއޫލިއްޔަތެއް!

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

 

މިއަދު އޮންލައިން