ފިރިމީހާ އަނބިމީހާއާއި ޙަވާލުކޮށްފައި ހުންނަ ފައިސާއިން އަނބިމީހާ ޞަދަޤާތް ކުރުމާއިމެދު ވަރަށް ގިނައިން ސުވާލުކުރެވެއެވެ.
އެކަމުގައި ފެންނަން މިއޮތީ ދެގޮތެކެވެ. އެއްގޮތަކީ ފިރިމީހާގެ ހުއްދަ ހޯދަންޖެހޭ ޙާލަތެކެވެ. އަނެއް ގޮތަކީ އަނބިމީހާއަށް އިޚްތިޔާރު ލިބިގެންވާ ޙާލަތެކެވެ.
1 ފިރިމީހާގެ ފައިސާ އަނބިމީހާ އާއި ޙަވލުކޮށްފައިވަނީ ފޮރުވަން ކަމަށްވަނީ ނަމަ އެފައިސާ އަށް ރައްކާތެރިވާން ވާނެއެވެ. އަދި ފިރިމީހާ ގެ ހުއްދަ އަކާއި ނުލައި އެހެންކަމަކު އެފައިސާ ބޭނުންކޮށްގެން ވެސް ނުވާނެއެވެ.
2 އަނބިމީހާގެ ޚަރަދުގެ ގޮތުގައި ފިރިމީހާ ދީފައި ހުރިފައިސާ ކަމަށް ވަނީ ނަމަ ފިރިމީހާ އަށް ނޭނގިވެސް ޞަދަގާތް ކުރެވިދާނެއެވެ.واللهتعالىأعلم.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް