ޢިލްމު ހޯދުމަށް ބުރަމަސައްކަތް ކުރަން ޖެހޭ! ކެތްތެރިވާންވެސް ޖެހޭ!: ޝައިޚް ސުލައިމާން އަލް ރުޙައިލީ

ކިޔުމަށް ހޭދަވާނީ 55ސ
ޢިލްމު ހޯދުމަށް ބުރަމަސައްކަތް ކުރަން ޖެހޭ! ކެތްތެރިވާންވެސް ޖެހޭ!: ޝައިޚް ސުލައިމާން އަލް ރުޙައިލީ

ޢާއިޝަތު ރަފާޙް ޢަލީ

 

ޢިލްމަށް ތިބާގެ ޙަޔާތް ބޭނުންވެއެވެ. ޢިލްމަކީ ފުން ކަނޑެކެވެ. 

ޝެއިޚް ވިދާޅުވާ ފަދައިން ޢިލްމަކީ ފުން ކަނޑެކެވެ. ޢިލްމަކީ ނިމޭ އެއްޗެއް ނޫނެވެ.

އަދި މިކަނޑުގައި ކެތްތެރިވެގެން ނޫނީ ކާމިޔާބެއް ނުވާނެއެވެ. 

ޢިލްމު ޙާސިލް ކުރެވޭނީ ކެތްތެރިކަމާއި އެކަމުގައި ޘާބިތުވެގެންނެވެ. އަދި ޢިލްމު ޙާސިލްކުރަން ބޭނުންވާ ކުދީން ވަރަށް ގިނަ ފަހަރަށް ފޮތް ކިޔުމަށްފަހު ޢިލްމުވެރީންނާއި ބަހުޘް ކުރެއެވެ.

މިއީ ވަރަށް ދެރަ ކަމެކެވެ. އަދި ފައިދާހުރި ކަމެއް ނޫނެވެ. 

އަޚުންނާއި އުޚްތުންނޭވެ. ޢިލްމު ޙާސިލްކުރުމުގައި ކެތްތެރިވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ސުވަރުގޭގެ މަގަށް ކެތްނުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟ 

ތިޔަބައިމީހުން الله ތަޢާލާއަށް އިޚްލާޞްތެރިވާނަމަ ތިޔަބައިމީހުންނަށް ތިޔަ ދެވެނީ ސުވަރުގޭގެ މަގަށެވެ. އެހެންކަމުން ކެތްތެރިނުވެވޭންވީ ކިހިނަކުން ހެއްޔެވެ 

ކެތްތެރިވުމާއި އިތުރަށް އެކަމުގައި މަސައްކަތް ކުރާށެވެ. ﷲ ތަޢާލާގެ އިރާދަފުޅާއެކު އެކަމެއް ޙާޞިލްވަންދެނެވެ.

 

- ޝައިޚް ސުލައިމާން އަލް ރުޙައިލީގެ ދަރުސަކުން

މިއަދު އޮންލައިން