ގިނަބައަކު އެކުގަ ދިރިއުޅޭ ގޭގޭގަ އެހެންމީހުން ނަމާދުކުރަން އެހީތެރިވެދީގެން ގިނަގުނަ ޘަވާބު ހޯދޭނެ މަގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ގިނަބައަކު އެކުގަ ދިރިއުޅޭ ގޭގޭގަ އެހެންމީހުން ނަމާދުކުރަން އެހީތެރިވެދީގެން ގިނަގުނަ ޘަވާބު ހޯދޭނެ މަގެއް!

ރަމަޟާން މަހުގެ ދުވަސްތައް ފާއިތުވަމުންދާއިރު ކުރަންޖެހޭ މަސައްކަތް ގިނަވުމުގެ ސަބަބުން ވަޤުތުން ވަޤުތށް ނަމާދުކޮށްލަން އުނދަގޫވާ އަންހެނުންވެސް ވަރަށް ގިނަވާނެއެވެ. ގިނަބައަކު  އެކުގައި ދިރިއުޅޭ ގޭގޭގައި ގޭގެ ހުރިހާ އަންހެނުންނަށްވެސް ޘަވާބު ހޯދަން ކުރެވިދާނެ ކަމެއް ފާހަގަކޮށްލާނަމެވެ. 

ނަމާދުވަޤުތު ޖެހުމުން ކުދިންނާއިހުރެ އެންމެންނަށް އެކުގައި ނަމާދުކުރެވެން ނެތްނަމަ އެއްބައަކު ހުރިހާ ކުދިން ބަލައި އަނެއް ބައަކަށް ނަމާދުކުރުމުގެ ފުރުޞަތު ދޭށެވެ. އެމީހުން ނަމާދުކޮށް ނިމިގެން ނަމާދުކުރުމުގެ ފަރުޞަތު އެހެން މީހުންނަށް ދޭށެވެ. އެއިރުން އެންމެންނަށްވެސް އިތުރު ހެޔޮކަމެއް ކުރެވުނީއެވެ. އެހެން މީހަކަށް ނަމާދުކުރަން އެހީތެރިވެދިނުމުގެ ހެޔޮކަމެވެ.  

އުޚުތާގެ ނުވަތަ ފަހަރީގެ ފިރިމީހާ ގެއަށް އައިސް ދަރިން ބަލަން ފަށަންދެން ނަމާދު ނުކުރެވި ހުރިއަނުދޭށެވެ. އަނެކާ ނަމާދުކުރަން އެހީތެރިވެދޭށެވެ. އެކަމުން ހޯދެން އޮތް ޘަވާބު ލިބިގަންނާށެވެ! ނަމާދުކުރުމަށް އެހެން މީހަކަށް އެހީތެރިވެދިނުމަކީވެސް ހަމަ ކުރިން މިބުނި ފަދައިން ވަރަށް ގިނަ ޘަވާބު އެމީހަކަށް ދެއްވަވާނެ ކަމެކެވެ. އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން