ކޮންމެހެން ލިބިގަންނަން ޖެހޭ ފުރުޞަތެއް!: ތިބާގެ އަޅުކަމާ ދުޢާ އުޑަށް އުފުއްލަވަން އޮތް ޚާއްޞަ ވަޤުތުކޮޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ކޮންމެހެން ލިބިގަންނަން ޖެހޭ ފުރުޞަތެއް!: ތިބާގެ އަޅުކަމާ ދުޢާ އުޑަށް އުފުއްލަވަން އޮތް ޚާއްޞަ ވަޤުތުކޮޅެއް!

ނަމާދު ވަގުތުވަދެ ނަމާދު ކުރުމާއި ދެމެދުގައި (ބަންގި ގޮވުމާ ޤަމާތްދިނުމާއި ދެމެދު) ގައިވާ ވަޤުތަކީ ދުޢާ ޢިޖާބަކުރައްވަވާނެ ވަޤުތެކެވެ. މީގެ ތެރެއިންވެސް މެންދުރުނަމާދުގެ އެ ވަޤުތަކީ ޚާއްޞަކަންބޮޑު ވަޤުތެކެވެ.

މާތް ﷲ ރުއްސުންލެއްވި ޢަބްދުއްﷲ ބިން އައްސާއިބް ގެ ފަރާތުން ރިވާވެގެންވެއެވެ. "މެންދުރުވަގުތުވެ، ނަމާދު ކުރެއްވުމުގެ ކުރިން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަތަރު ރަކްޢަތް ކުރައްވަވައެވެ. އަދި ޙަދީޘް ކުރައްވައެވެ. "އެވަގުތަކީ އުޑުތަކުގެ ދޮރުތައް ހުޅުވޭގަޑިއެވެ. އެހެންކަމުން ހެޔޮޢަމަލެއް އުފުއްލެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަވަމެވެ". 

(މީގެ މާނައަކީ މެންދުރުން ނަމާދުގެ ވަޤުތު ދެމިއޮންނަހައި ހިނދެއް ނޫނެވެ. ބަންގިގޮވީންސުރެ ޖަމާޢަތުގައި ނަމާދުކުރަން ޤަމަތް ދިނުމާއި ދެމެދެވެ.) 

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން