ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިހަފްތާގެ ސުވާލު!: ހަރޯދަ ހިފައި ނިންމަންޖެހޭ އެންމެ ފަހު ދުވަހަކީ ކޮބާ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ޖަވާބުދެއްވާ 1 ކިޔުންތެރިއަކަށް 4 ފުޅި ހުވަނދު ލިބޭ މިހަފްތާގެ ސުވާލު!: ހަރޯދަ ހިފައި ނިންމަންޖެހޭ އެންމެ ފަހު ދުވަހަކީ ކޮބާ؟

މިއީ މިއަދުނޫހުގެ ކިޔުންތެރިންނާއި މިއަދުނޫހާއި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި ދީނީ އަދި އިޖުތިމާޢީ ކަންކަމަށް ކިޔުންތެރިންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ މަޤްޞަދުގައި ކުރިއަށްދާ ކަމެކެވެ.  

މި ހަރޯދަ ހިފައި ނިންމަންޖެހޭ އެންމެ ފަހު ދުވަހަކީ ކޮބާ؟

ހަފްތާގެ ސުވާލު: 

އެހީ:

ހަރޯދަ ހިފުމަކީ ރަމަޟާންމަހަށްފަހު ޖެހިގެން އަންނަ ޝައްވާލް މަހުގެ 6 ދުވަހަކު އެކަމުގެ ޘަވާބަށް އެދިގެން ސުންނަތް ރޯދަ ހިފުމެވެ. ހަރޯދަ ހިފައި ނިންމަންޖެހޭ ދުވަހަކީ ޝައްވާލް މަހުގެ އެންމެ ފަހުދުވަހެވެ. ޝައްވާލް މަސް ނިމުމުން އެފުރުޞަތު ގެއްލުނީއެވެ.

1 އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާ ވަޤުތުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އެކަކަށެވެ. ޖަވާބު ދެއްވާނީ މިއަދުނޫހުގެ ފޭސްބުކް ޕޭޖްގައި ސުވާލުގެ ތިރިން ކޮމެންޓް ގޮޅީގައެވެ. ކޮމެންޓް ކޮށްލެއްވުން ޖަވާބު ދެއްވުނީއެވެ. 

2 އިނާމު ލިބިލައްވަން ހޮވޭ ކިޔުންތެރިންނަށް މެސެންޖަރ އިން މެސެޖެއް ފޮނުވޭނެއެވެ.

3 އިނާމު ހޯއްދަވަން 7788020 އަށް ވަޓްސްއެޕުން މެސެޖްކޮށްލެއްވުމުން ގުޅާނެއެވެ. ގުޅުމުން 7 ދުވަސް ތެރޭގައި އިނާމު ގެންދެވުން އެދެމެވެ.

4 އިނާމު ލިބިލައްވާ ކިޔުންތެރިޔާއަށް ބަލައި ވަޑައިނުގެންނެވޭނެނަމަ ބަދަލުގައި އަންނާނެ މީހެއްގެ ނަންބަރު ވަޓްސްއަޕުން ނުވަތަ ފޭސްބުކް މެސެންޖަރ އިން މެސެޖްކޮށްލައްވާށެވެ.  

 

 

 

މިއަދު އޮންލައިން