ދެމަފިރިންވެސް އެކަކު އަނެކަކު ދެކެ ލޯބިވުމުގައި ވާދަކުރަން އިސްލާމްދީނުގައި އެބައޮތް! ޗެމްޕިއަނަށް ﷲ އިނާމުވެސް ދެއްވަވާ!: އެމެރިކާ އަންހެނެއް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދެމަފިރިންވެސް އެކަކު އަނެކަކު ދެކެ ލޯބިވުމުގައި ވާދަކުރަން އިސްލާމްދީނުގައި އެބައޮތް! ޗެމްޕިއަނަށް ﷲ އިނާމުވެސް ދެއްވަވާ!: އެމެރިކާ އަންހެނެއް

ދިރިއުޅުމުގެ ކަންކަން ރަނގަޅުނުވާނަމަ ނުވަތަ އިތުރަށް ރަނގަޅުކުރަން ބޭނުންވާނަމަ އިސްލާމް ދީނުގައި ކަންކަން ބަޔާންވެގެންވާ ގޮތް ބަލައި ހޯދާށެވެ! އިސްލާމް ދީނުގަ ގުދު އެއްވެސް ކަމެއް ނެތެވެ! ހުރިހާކަމެއްވެސް އޮތީ ވަރަށް ސީދަލަށެވެ! 

އަހުރެންނަށް ވަރަށް ބޮޑު ޙައިރާންކަމެއް ލިބުނު ބަހެއް (ބަސްފުޅެއް) ޢަލީގެފާނު ވިދާޅުވެފައި އެބައޮތެވެ. އެއީ އިސްލާމް ދީނާއިމެދު ކަންބޮޑުވަނީ އިސްލާމް ދީނުގައި ހުރިކަންކަން ނުއެނގޭތީކަމަށް ވިދާޅުވެފައިވާ ބަސްފުޅެވެ. 

އެމެރިކާގައިވެސް މިވަނީ އެހެންނެވެ. އިސްލާމުން ނުވަތަ އިސްލާމްދީނާއިމެދު ކަންބޮޑުވެގެން ބިރުން އުޅޭ މީހުންނަކަށް އިސްލާމް ދީނުގެ އެއްވެސް ކަމެއް ނުއެނގެއެވެ. މަސައްކަތްކޮށްގެންވެސް އޮޅުންފިލުވައިފިނަމަ އެނގޭނީ އިސްލާމް ދީނުގައި އޮތީ އަމާންކަމާއި އެކަކު އަނެކަކުދެކެ ލޯބިވުން ކަމެވެ. 

އަހުރެން ކުރި ދިރާސާއިން އެނގުނީ ދެމަފިރިންވެސް އެކަކު އަނެކަކު ދެކެ ލޯބިވުމުގައި ވާދަކުރަން އިސްލާމްދީނުގައި އެބައޮތްކަމާއި ޗެމްޕިއަނަށް ﷲ އިނާމުވެސް ދެއްވަވާ ކަމެވެ. 

މިއީ އިސްލާމް ދީނަށް ކުރާ ކެންޕޭނެއް ނޫނެވެ. ދިރިއުޅުމުގެ މައްސަލަތައް ބޮޑުވެ ސަލާމަތް ނުވެވިގެން އުޅޭތީ އިސްލާމް ދީނުން އަހުރެންނަށް އެނގިފައި އޮތްކަމެއް ބުނެލައިދިނީއެވެ،، 

މިއީ އަދި މިހައިތަނަށް އިސްލާމް ނުވެ ހުރި އެމެރިކާގެ އަންހެނަކު ދީނީ/އިޖުތިމޢީ އެއްވުމެއްގައި ދައްކާފައިވާ ވާހަކައަކުން ތަންކޮޅެކެވެ. ދުޢާއަކީ އޭނާއަށް ތެދުމަގު ދެއްކެވުމެވެ! އާމީން

މިއަދު އޮންލައިން