ވިސްނާލުން މުހިންމު!: ޙަޤީޤީ މުސްލިމުން ހަފްތާ ބަންދުހޭދަކުރާ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ވިސްނާލުން މުހިންމު!: ޙަޤީޤީ މުސްލިމުން ހަފްތާ ބަންދުހޭދަކުރާ ގޮތް-

މިބަލައިލަނީ ޙަޤީޤީ މުސްލިމުން ކަންތައްކުރާ ގޮތަށެވެ. އެމީހުން ހުކުރުވިލެރޭގެ ފަތިސްނަމާދަށް ޚާއްޞަ ސަމާލުކަމެއް ދޭނެއެވެ. އެއީ ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު ނަމާދުކަމަށްވީތީއެވެ. 

އެވަރަކުންވެސް ފުއްދައެއް ނުލާނެއެވެ. ފަތިސްނަމާދަށްފަހު ދެމިތިބޭނީ އަޅުކަންކުރުމުގައެވެ. ޛިކުރުކޮށް ދުޢާކުރުމުގައެވެ. މިސްކިތުން ފައިބާނީވެސް ޟުޙާނަމާދުގެ 2 ރަކްޢަތްކޮށް ޙައްޖަކާއި ޢުމުރާއެއްގެ ޘަވާބު ލިބިގަނެގެންނެވެ. އިން ޝާ ﷲ. ދެންވެސް މުޅި ދުވަހު ނިދަން ތިބެނީއެއް ނޫނެވެ. ކުރިއާލައި ހުކުރަށްދާނެއެވެ. ދެންހުރި ނަމާދުތައްވެސް ކުރާނެއެވެ. 

ބައެއް ޤައުމުތަކުގައި ހުކުރުދުވަސް މުސްލިމުން ހޭދަކުރަނީ ޢާއިލާއެކުގައި މިސްކިތުގައެވެ. ހެނދުނު މިސްކިތަށްދާގޮތަށް އެނބުރި ގެއަށްދަނީ ޢަޞްރުނަމާދުވެސް ކޮށްގެންނެވެ. ކައިބޮއި ހަދަނީ ގޭގައި ތައްޔާރުކުރާތަކެތި ހިފައިގެން ގޮސް މިސްކިތުގައެވެ. ނުވަތަ މިސްކިތް ކައިރީގައި ހުންނަ ރެސްޓޯރަންޓްތަކުންނެވެ. އެކަމުގެ ސަބަބުން ތަްްވާވެރިކަން އިތުރުވުމުގެ އިތުރަށް ޢާއިލީ ގުޅުން ބަދަހިވެގެންދެއެވެ. 

އަހުރެންވެސް އެއްބަސްވަމެވެ. މުސްލިމުންގެ ތެރޭގައި ތިބި ބައަކުވެސް ހަފްތާ ބަންދުގައި ކާފިރުން ކުރާ ކަންކަން ކޮޕީކޮށް އެގޮތަށް ކަންތައް އެބަކުރެއެވެ. އެމީހުންނަކީ ޙަޤީޤީ މުސްލިމުން ކަމަކަށް އަހުރެން ނުބުނާނަމެވެ. މުސްލިމް އުންމަތް ފަހަތަށްދަނީ އެމީހުންގެ ސަބަބުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން