ނައެއް މީހުން އެމީހުން ކުރަން ހިތަށް އެރިހައި ކަމެއް އެއްވެސް ބިރެއް ނެތިކުރާ ދުވަސް ބައްދަލުކުރުމަކީވެސް ޤިޔާމަތްވުން ޣާތްވަމުން އަންނަ ކަމުގެ ޢަލާމާތެވެ. އެކަން އެހެން އެވަނީ މީސްތަކުންގެ ހިތުގައި ﷲ ތަޢާލާގެ ޢަޛާބަށް ބިރުކެނޑިގެންދާތީއެވެ. މިއަދު ﷲ ތަޢާލާގެ ޢަޛާބަށް ބިރުގަންނަނީ ހާދަ މަދު މީހެކެވެ.
މިލިޔުމުގައި ބަލައިލަން މަސައްކަތް މިކުރަނީ ޤިޔާމަތްވުން ގާތްވަމުން އަންނައިރު ފެންނާނެ ބައެއް ކުދި ޢަލާމާތްތަކަށެވެ.
"ފަހެ، އެއުރެންނަށް ނޭންގިތިއްބައި ކުއްލިއަކަށް ޤިޔާމަތްވުމުގެ ވަގުތު އަތުވެދާނެކަމަށް މެނުވީ، އެއުރެން އިންތިޒާރު ކުރޭހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން، އެކަމުގެ ޢަލާމާތްތައް އަތުވެއްޖެއެވެ. ފަހެ، އެކަން އެއުރެންނާއި ހަމައަށް އަތުވެއްޖެހިނދު އެއުރެން ހަނދުމަކުޅައުންވަނީ ކިހިނަކުންހެއްޔެވެ؟" (سورة محمّد : 18 )
ޤިޔާމަތްދުވަހުގެ ބައެއް ކުދި ޢަލާމާތްތައް:
· ވަގުތު ހިނގާލެއް އަވަސްވުން
· ބިންހެލުން އިތުރުވުން
· ޒިނޭކުރުން އާއްމުވުން
· އަންހެނުންގެ ޢަދަދު އިތުރުވުން
· ކުއްލި މަރު އިތުރުވުން
· ޝިރުކު ކުރުން އާއްމުވުން
· އެއްޖިއްސުން ގުޅުން ހިންގުން އާއްމުވުން
· ރިބާގެ މުޢާމަލާތްތައް އާއްމުވުން
· ކީރިތި ޤުރުޢާނަށް ތަބަޢަވެ ޙަދީޘަށް އިންކާރުކުރަން މީހުން ފެށުން
· ހެޔޮ ޢަމަލުތައް ކުރުން މަދުވުން
· ބޮޑާކަން އިތުރުވުން
· އާއިލީ ގުޅުންތައް ކެނޑުން
· ފިރިހެނުން އަންހެނުންނަށް ހެދި، އަންހެނުން ފިރިހެނުންނަށް ހެދިގެން އުޅުން
· ޢިމާރާތްތައް އުސްކުރުމުގަ އެކަކު އަނެކަކަށް ވާދަކުރުން ބޮޑުވެ އެންމެ ފަޤީރު މީހުންވެސް އެމީހުންގެ ގެ އުސްކަމަށް ފަޚުރުވެރިވުން
· ވިޔަފާރިތައް ގިނަވުން، ފިހާރަތައް ގިނަވުން
އަދިވެސް އެތަކެއް ބައިވަރު ޢަލާމާތްތަކެއްވެއެވެ. މިއިން ގިނަ ކަންތައްތަކަކީ މިހާރު ވަމުންދާ ނުވަތަ ވެފައިވާ ކަންތައްތަކެވެ. ޤިޔާމަތް ދުވަސް ކައިރިވެއްޖެކަމާމެދު ބިރުވެތިވާށެވެ. ވިސްނައި ފިކުރުކޮށްފި މީހަކަށް އެކަލާނގެ ތެދުމަގު ދައްކަވާނެތެވެ. އިން ޝާ ﷲ
ދަންނާށެވެ! މުސްލިމުން 73 ބަޔަކަށް ބެހިގެންދާނެއެވެ. އެތަނުން ސުވަރުގެ ދާނީ އެންމެ ބައެއްގެ މީހުންނެވެ. އެއީ އަމއްލައަށް އެއްވެސް ބަދަލެއް ނުގެނެސް ކީރިތި ޤުރްއާނަށާއި ސުންނަތަށް ޢަމަލުކުރި މީހުންނެވެ.
https://www.islam-peace.com/the-minor-signs-of-qiyamah/