ފަރުޟް ނަމާދުތަކަށް ރައްކާތެރިވެ ފުރިހަމަ ގޮތުގަ ނަމާދުކުރަން ބޭނުމަސް ދަމުނަމާދުކުރަން ފަށާށެވެ!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ފަރުޟް ނަމާދުތަކަށް ރައްކާތެރިވެ ފުރިހަމަ ގޮތުގަ ނަމާދުކުރަން ބޭނުމަސް ދަމުނަމާދުކުރަން ފަށާށެވެ!: ޢުމަރު ސުލައިމާން

ރޭއަޅުކަން ނުވަތަ ދަމުނަމާދުގެ ވާހަކަދައްކަންފަށާއިރަށް ބައެއް މީހުން ކުރާ ސުވާލަކީ ފަރުޟްނަމާދު (5 ނަމާދު) ހަމައަށް ނުކުރެވިގެން އުޅޭއިރު ދައްކަންވީ ދަމުނަމާދުގެ ވާހަކަހެއްޔެވެ؟  

އެމީހުންނަށް ބުނެލަން އޮތީ ފަރުޟް ނަމާދު ހަމައަށް ކުރަން ބޭނުމަސް އަދި ނަމާދު ފުރިހަަމ ގޮތުގައި ކުރަން ބޭނުމަސް ދަމުނަމާދުކުރާށެވެ. އެންމެ 2 ރަކްޢަތް ނަމަވެސް ކުރާށެވެ. ކުރުމަށްފަހު ދުޢާކުރާށެވެ. ދުޢާއަށްވުރެ އަމާޒަށް ވާޞިލްވާ ތީރެއް ނުވެއެވެ.  

ދަމުނަމާދަށްފަހު އެމީހަކު ﷲ ތަޢާލާ އާއި މުޢާމަލާތު (ކުރާ ދުޢާ) ގެ ސަބަބުން ﷲ ތަޢާލާގެ ޙަޟްރަތަށް އިތުރަށް ކުއްތަންވެވުމަށް ބޮޑުތަނުން ފުރުޞަތު ބޮޑުވެގެންދެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހެއްގެ ދަރަޖަ އުފުލިގެންދެއެވެ. އުޑުތަކުގައި އެމީހަކަށް ސަމާލުކަން އިތުރުވެގެންދެއެވެ. އެމީހަކަށް ހެޔޮ ގޮތްތައް މިންވަރުކުރައްވަވަތެވެ.  

މިކަންކަމުގެ ސަބަބުން އެމީހަކަށް ފަރުޟްތަކަށް ރައްކައުތެރިވުމުގެ ފުރުޞަތު ބޮޑުވެގެންދެއެވެ. ފުރިހަމަ ގޮތުގައި އަޅުކަން ކުރުމަށް މަގުފަހިވެގެންދެއެވެ. އަޅުކަން ކުރަން ހިތްވަރު އިތުރުވެގެންދެއެވެ.  

ވީމާ ފުރިހަމަ ގޮތުގައި (ޚުޝޫޢަތްތެރިކަމާއިއެކު) ނަމާދުކުރަން ބޭނުންވާ މީހާ އަވަހަށް ރޭއަޅުކަންކުރަން ފަށާށެވެ. އެމީހަކަށް މަގުފަހިކޮސްދެއްވަވާނެތެވެ. އިން ޝާ ﷲ

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން