އިސްތިޚާރާ ކުރުމުން ވިސްނުނީ ކައިވެނިކުރާށެވެ! ނަމަވެސް ކައިވެންޏަށް މަންމަ ނުރުހޭނަމަ އެވަނީ ކިހިނަކުން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އިސްތިޚާރާ ކުރުމުން ވިސްނުނީ ކައިވެނިކުރާށެވެ! ނަމަވެސް ކައިވެންޏަށް މަންމަ ނުރުހޭނަމަ އެވަނީ ކިހިނަކުން ހެއްޔެވެ؟

އިސްތިޚާރާ ކުރުމުން ވަރަށް ގިނަ ގޮތްގޮތް ވިސްނޭނެއެވެ. ގިނަ ފަހަރަށް ބަލައިގަނެވެނީ އެމީހަކު އެދިގެން ހުންނަ ގޮތެވެ. މައްސަލަ ކުރިމަތިވަނީ އެހިސާބުންނެވެ.  

މިގޮތަށް ވިސްނާށެވެ! ތިއަ ކައިވެނިކޮށްގެން އުލެންޖެހޭނީ ކައިވެންޏަށް ދެކޮޅުހަދާ މައިމީހާއާއިއެކު އެއް ގެއެއްގައި ހެއްޔެވެ؟ އެހެންކަމަށްވާނަމަ އެމަންމައާއިއެކުގައި އެގެއެއްގައި ހަމަޖެހިގެން އުފަލުގައި އުޅެވޭނީ ކިހިނަކުން ހެއްޔެވެ؟  

ދެވަނަ ކަމަކަށް ކައިވެނިކޮށްގެން ވަކި ދިރިއުލުމެއް އުޅެވޭނެ ފެންވަރު ފިރިމީހާގެ ކިބައިގައި ހުރެފައި އޭނާ ހުރީ އެކަމަށް ތައްޔާރަސް ކަމަށްވާނަމަ މައިމިހާގެ ރުހުމާއި ނުރުހުމަކު އެއްވެސް މައްސަލައެއް ނެތެވެ.  

މިދެޙާލަތުގައިވެސް ވިސްނަންޖެހޭނެ ކަމެއް އެބައޮތެވެ. އެއީ މައިމީހާގެ ރުހުން ދުވަހަކުވެސް ނުލިބިދާނެކަމެވެ. އެއީ މައްސަލައަކަށް ނުހަދައި ފިރިމީހާ ތިބާއާއިއެކު ޢުމުރަށް އެކުގައި އުލެންހުރިނަމަ މަންމަގެ ނުރުހުމުގައި ކައިވެނިކުރުމަކީ މައްސަލައެއް ނޫނެވެ.  

އިސްތިޚާރާ ކުރިފަހުން ފިރިހެން މީހާގެ މައިމީހާ ކައިވެންޏަށް ނުރުހޭކަން އެނގިއްޖެނަމަ އަހުރެން މާނަކުރަނީ އެކައިވެނި ކުރުމަށްވުރެ ރަނގަޅީ ނުކުރުން ކަމަށެވެ.

 

- މަޢުލުމާތު: ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން