މީހަކަށް ކުރިމަތިވާނެ ނުބައި ނިމުމަކީ ނުވަތަ ނުބައި މަރަކީ ކޮބައިކަން އެނގޭތަ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
މީހަކަށް ކުރިމަތިވާނެ ނުބައި ނިމުމަކީ ނުވަތަ ނުބައި މަރަކީ ކޮބައިކަން އެނގޭތަ؟: މުފްތީ މެންކް

މީހަކަސް ކުރިމަތިވާނެ ނުބައި ނިމުމަކީ ނުވަތަ ނުބައި މަރަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ނުބައިމަރަކީ އެއްވެސް ޙާލެއްގައި އެކްސިޑެންޓެއްގައި ނުވަތަ މީހަކު ދިން ހަމަލާއެއްގައި ހަށިގަނޑު ޗިސްޗިސްވުމެއް ނޫނެވެ. ކުނޑިކުނޑިވެ ބުރަބުރައިގެން ދިއުމެއްވެސް ނޫނެވެ.  

ނުބައި މަރަކީ ﷲ ތަޢާލާ ހަނދުމަކުރުމުގެ ނަޞީބު ނުލިބޭ ޙާލުގައި މަރުވާންޖެހުމެވެ. އެއަށްވުރެ ނުބައިކަންބޮޑު މަރެއް ނުވެއެވެ.  

މީސްތަކުންނޭވެ! މިބުނި ފަދަ ނުބައި މަރުން މީހުން މަރުވަނީ އެމީހަކު ދުނިޔޭގައި އުޅުނުއިރު ކުރި ފާފަތަކުގެ ސަބަބުން އެމީހަކަށް ﷲ ތަޢާލާ ކޯފާލެއްވެވުމުންނެވެ. ލަޢްނަތް ލެއްވެވުމުންނެވެ.  

މީސްތަކުންނޭވެ! ތިބާހުރީ ފަރުޟު ނަމާދުތައްކޮށްގެންނެވެ. ޤުރްއާނުން މިންވަރެއް ކިޔަވައިގެންނެވެ. ޛިކުރުވެސްކޮށްގެންނެވެ. ފާފައަކަސް އަރައިނުގަނެ ތަޤްވާވެރިކަންމަތީގައެވެ. އެހެންކަމަށްވެއްޖެނަމަ ތިބާގެ ފުރާނަ އެދުވަހު ހިއްޕަވާނީ ހެޔޮލަފާ، ރަނގަޅު މަރަކުންނެވެ. އިން ޝާ ﷲ  

ނުބައި މަރަކުންމަރުނުވެ ރަނގަޅު މަރަކުން މަރުވާން އެދޭމީހާ މިބަޔާންކުރި ފަދައިން ކޮންމެ ދުވަހަކުވެސް ޢަމަލުކުރަމުން ގެންދާށެވެ! އެއިރުން އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ދެދުނިޔޭގެ އުފާވެރިކަންވެސް ލިބިގެންދާނެއެވެ! އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން