އެމީހަކު އެދެމުން އައި މީހާ ނޫން މީހަކު އޭނާގެ ބައިވެރިއަކަށް ދެއްވަވައިފިނަމަ އެއީ ޝުކުރުގެ ސަޖްދަ ކުރާވަރުގެ ބޮޑު އުފަލެއް! އެއީ ﷲ ގެ ލޯބިވެވޮޑިގަތުން އެމީހަކަށް ލިބިގެންވާކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އެމީހަކު އެދެމުން އައި މީހާ ނޫން މީހަކު އޭނާގެ ބައިވެރިއަކަށް ދެއްވަވައިފިނަމަ އެއީ ޝުކުރުގެ ސަޖްދަ ކުރާވަރުގެ ބޮޑު އުފަލެއް! އެއީ ﷲ ގެ ލޯބިވެވޮޑިގަތުން އެމީހަކަށް ލިބިގެންވާކަން!

ކޮންމެ ދުވަހަކުހެން އެންމެ ގިނަ ބައަކު ކަންބޮޑުވެގެން ސުވާލުކުރަނީ ތިމާ ދުޢާކުރިގޮތަށް ކަންކަން ހިންމަވައި ނުދެއްވެވުން، ލޯބިވެރިޔާ އާއި ވަކިވާންޖެހުން، ލޯބިވެރިޔާ ނޫން މީހަކާއި ކައިވެނިކުރަންޖެހުން، ދުޢާ ޢިޖާބަކުރެއްވެވުން ލަސްވުން ފަދަ ކަންކަމުގައި ކަމަށްވާތީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ތިމާ އެދިގެން ދުޢާކުރި ގޮތް ނޫން ގޮތެއް މިންވަރުކުރައްވަވައިފިނަމަ ޤަބޫލުކުރަންވީ އެގޮތަށް އެކަން މިންވަރުކުރެއްވެވީ އެގޮތުން ތިމާއަށް ފައިދާބޮޑުވާނެތީކަމެވެ. ލިބޭނެ އުފާވެރިކަންވެސް ބޮޑުވާނެތީކަމެވެ. ވީއިރު އެފަދަ ގޮތެއް މެދުވެރިވެއްޖެނަމަ އޮތީ އުފަލުން ޝުކުރުވެރިވެ ޝުކުރުގެ ސަޖްދަކުރުމެވެ.

ޚާއްޞަކޮށް ލޮބުވެތިކަނބަލުންނަށް މިރޭވެސް ބުނެލަން ބޭނުންވަނީ ލޯބިވެރިޔާ ނުލިބިއްޖެނަމަ ނުވަތަ ލޯބިވެރިޔާ ދެއްވެވުން އެދި ކުރި ދުޢާ ޢިޖާބަ ނުކުރައްވަވައި ބައިވެރިއެއްގެ ގޮތުގައި އެހެން މީހަކު ދެއްވަވައިފިނަމަ އޮތީ ދެރަވެ ހިތާމަކުރުމެއް ނޫނެވެ. އުފާކުރުމެވެ. 

ތިބާ އެދުނު މީހާ ތިބާއަށް ނުދެއްވެވީ ހަމަ ތިބާއަށް ރަނގަޅަކަށެވެ. އޭނާ ދެއްވެވިނަމަ ތިބާއަށް ލިބޭނެ ހިތްދަތިކަމާއި އަނިޔާވެރިކަމުން ސަލާމަތްކުރެއްވެވުމަށެވެ. މިއީ ހަމަ ގިނަ ބައެއްގެ ތަޖުރިބާއިން ޔަޤީންވާން އޮތް ކަމެކެވެ. ވީމާ ހާސްވެ ކަންބޮޑުވެގެން ނުއުޅޭށެވެ. ހަމަޖެހިލައި އުފާކުރާށެވެ!   

ތިބާ އެދުނު މީހާ ނޫން މީހަކު ބައިވެރިއަކަށް ދެއްވަވައިފިނަމަ އެކަމުން އަންގައިދެނީ ﷲ ތަޢާލާ ތިބާދެކެ ލޯބިވެވޮޑިގަންނަވާ ކަމެވެ. ވީމާ ތިބާއަށް ދެއްވެވި ބޮޑު ރަޙްމަތެއްކަމަށް ނޫނީ ޤަބޫލުނުކުރާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން