ނަރަކައިން ސަލާމަތްވުމުގެ އައްޑަނަ-: ޝައިޚް ޢަބްދުﷲ ޢާމިރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ނަރަކައިން ސަލާމަތްވުމުގެ އައްޑަނަ-: ޝައިޚް ޢަބްދުﷲ ޢާމިރު

الْحَمْدُ لِلَّهِ 

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެއްފަހަރެއްގައި އެކަލޭގެފާނުގެ ޞަޙާބީންނަށް ޙަދީޘްކުރައްވަނީ ތިޔަބައިމީހުން ތިޔަބައިމީހުންގެ އައްޑަނަތައް ނަގާށެވެ. އެހިނދު ޞަޙާބީން ދަންނަވަނީ ޢަދުއްވުންގެ ބަޔަކު އައީހެއްޔެވެ؟ ޙަދީޘްކުރައްވަނީ ނޫނެކޭ، އެހެނެއްކަމަކު ތިޔަބައިމީހުން ނަރަކައިން ސަލާމަތް ވުމުގެ އައްޑަނަތައް ނަގާށެވެ. ތިޔަބައިމީހުން މިފަދައިން ކިޔާށެވެ،  

سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلاَ إِلَهَ إِلاَّ اللَّهُ وَاللَّهُ أَكْبَرُ  

ޤިޔާމަތް ދުވަހުން އެކަލިމަތައް އަންނާނެއޭ އެކަލިމަތައް ކީ މީހާގެ ކުރިމަތިންވެސް، އަދި ފަހަތުންވެސް، އަދި ދެފަރާތުންވެސް އަދި އެއީއޭ " އަލް ބާޤިޔާތުއް ޞާލިޙާތަކީ". 

އެހެންކަމުން މި ކަލިމަތަކަކީ މީ ޤިޔާމަތް ދުވަހުން އަޅުގަނޑުމެން ސަލާމަތް ކޮށްދޭނޭ ކަލިމަތަކެއް. މި ކަލިމަތައް ކިޔާލާކަށް ނުނަގާނެ މީހެއްގެ ވަގުތުން ދިހަ ސިކުންތުވެސް. އެހެންކަމުން ކިޔުއްވާ އަދި ތަކުރާރު ކުރައްވާ.

 

- ޝައިޚް ޢަބްދުﷲ ޢާމިރު

މިއަދު އޮންލައިން