ބައިވެރިޔާއަށް ކަމެއް ކޮށްދިނުމުން ޝުކުރުއަދާކޮށްފިނަމަ "މަރުޙަބާ" އެވެ ބުނުމުގެ ބަދަލުގައި ބުނަން މާފައިދާބޮޑު ގޮތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ބައިވެރިޔާއަށް ކަމެއް ކޮށްދިނުމުން ޝުކުރުއަދާކޮށްފިނަމަ "މަރުޙަބާ" އެވެ ބުނުމުގެ ބަދަލުގައި ބުނަން މާފައިދާބޮޑު ގޮތެއް!

ތިބާގެ ބައިވެރިޔާއަށް ތިބާ ހޔޮކަމެއް ކޮށްދިނީއެވެ. ބަދަލުގައި އޭނާ "ޝުކުރިއްޔާ" ބުނެ ޝުކުރުއަދާކުރީއެވެ. އެޙާލަތުގައި ޖަވާބަކަށް މަރުޙަބާ ބުނުމުގެ ބަދަލުގައި ބުނާށެވެ! "ތިބާ އަހުރެންނަށް މާބޮޑެތި ހެޔޮކަންތައް ކޮށްދެމުއެވެ. އަދިވެސް ކޮށްދޭނެކަން އެނގެއެވެ."  

އެއިރުން ބައިވެރިޔާގެ ހިތުގައި ތިބާގެ މައްޗަށް އިތުބާރުބޮޑުވެގެންދާނެއެވެ. އަދި އޮންނަ ގުޅުންވެސް އިތުރަށް ބަދަހިވެގެންދާނެއެވެ.  

އެންމެ ބޮޑު ސަބަބަކީ ޝުކުރިއްޔާއެވެ ބުނުމުން މަރުޙަބާއެވެ ބުނުމަކީ ކޮންމެ މީހަކުވެސް ކުރާނެ ވަރަށް ޢާންމު ކަމެކެވެ. ނަމަވެސް އެއިގެ ބަދަލުގައި މިފަދަ މަގަކުން ބުނުމުން އެކަން ޚާއްޞަ ކަމަކަށްވެގެންދާނެތީއެވެ.  

ދެމަފިރިންގެ ގުޅުން އެންމެ ރަނގަޅު ގޮތުގައި ބޭއްވުމަށްޓަކައި ކުރަން އެންމެ މުހިންމު އެއްކަމަކީ ބައިވެރިޔާގެ ސަމާލުކަން އިތުރުވާނެ ކަންކަން ކުރުމެވެ. އެއީ ކިތަންމެ ކުޑަ ކަމެއް ނަމަވެސްމެއެވެ.  

ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވާކަން އަންގަން ކުރަންއޮތީ އެންމެ ބޮޑެތި ކަންކަން އެކަންޏެއް ނޫނެވެ. ވަރަށް މަދުމީހަކަށް ނޫނީ އަބަދަކު އެހައި ބޮޑެތި ކަންކަން ކޮށެއް ނުދެވޭނެއެވެ. ނަމަވެސް ކުދިކުދި ކަންކަން ކުރެވޭނެއެވެ. ކުދިކުދި ކަންކަން ނަމަވެސް ގިނައިން ކުރާނަމަ ކުރާ ފައިދާ ބޮޑުވެގެންދާނެއެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

މިއަދު އޮންލައިން