ބުރުގާޢަޅަން ނުޖެހޭނެ ކަމަށް ބުނެ ފަތުވާދޭ މީހުންގެ ބަހަށް ހެއްލެވި އެމީހުންނަށް ރުހޭ މީހުންނަށްވެސް ޤިޔާމަތް ދުވަހު ޖެހޭނީ ހިތާމނަކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
ބުރުގާޢަޅަން ނުޖެހޭނެ ކަމަށް ބުނެ ފަތުވާދޭ މީހުންގެ ބަހަށް ހެއްލެވި އެމީހުންނަށް ރުހޭ މީހުންނަށްވެސް ޤިޔާމަތް ދުވަހު ޖެހޭނީ ހިތާމނަކުރަން!

ބުރުގާ އެޅުން މާނަމިކުރަނީ ދިވެހި އަންހެނުން ދިގުހެދުންލާއިރު ބޯމަތީގައި ބާއްވައިލާ ފޮތިކޮޅު ބޭއްވުމަކަށް ނޫނެވެ. އަދި އެނޫންވެސް އެފަދަ ގޮތަކަށް ބޯމަތީގައި ފޮތިކޮޅެއް ބޭއްވުމަކަށްވެސް ނޫނެވެ. އަދި މޫނު ބުރުގާ އެޅުމަކަށްވެސް ނޫނެވެ. މޫނުބުރުގާއަކީ މޫނުބުރުގާއެވެ. ބުރުގާއަކީ ބުރުގާއެވެ.

ބުރުގާ އެޅުންކަމަށް މާނަކުރެވެނީ ނޫރު ސޫރަތުގައި ﷲ ތަޢާލާ ވަޙީކުރައްވަވާފައިވާ މިންވަރަށް އަންހެނުންގެ އަޢުރަ ނިވާކުރުމަށެވެ. އެއީ ހިލޭ ފިރިހެނުންގެ ކުރިމަތީގައި މޫނާއި ދެއަތްތިލަ ފިޔަވައި އެހެން ހުރިހާ ތަނެއް ނިވާކުރުމަށެވެ.

ވީމާ ބުރުގާޢަޅަން ނުޖެހޭނެ ކަމަށް ބުނެ ފަތުވާދޭ މީހުންގެ ބަހަށް ހެއްލެވި އެމީހުންނަށް ރުހޭ މީހުންނަށްވެސް ޤިޔާމަތް ދުވަހު ޖެހޭނީ ހިތާމނަކުރަންކަން ތިރީގައިވާ ބަސްފުޅުން އެނގިގެންދެއެވެ.

"މީސްތަކުން ޢައުރަ ނިވާކުރިޔަ ނުދޭން އުޅޭމީހުންނަކީ ޙިސާބު ބެއްލެވޭ ދުވަސް އަންނާނެކަން ހަނދާން ނައްތާލާފައިވާ ބަޔއެކެވެ. އެފަދަ މީހުންނަށް ގަދަފަދަ ޢަޛާބު ޤިޔާމަތް ދުވަހުން ލިބޭނެއެވެ. ﷲ އަށް ބިރުވެތިވެ، ތިޔަ ޝައިޠާނީ ޢަމަލު ހުއްޓާލާކަށް ނުވޭތޯ؟"

މިބަސްފުޅާއެކު ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ހާމަކުރައްވާފައިވަނީ ޞޯދް ސޫރަތުގެ 26 ވަނަ އާޔަތެވެ!

" އޭ ދާވޫދުގެފާނެވެ! ހަމަކަށަވަރުން، ބިމުގައި ޚަލީފާއެއްކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި ޙައްޤު ގޮތުގައި ޙުކުމްކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު ތަބަޢަވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު ﷲ ގެ މަގުން އެއްކިބާކޮށްފާނެތެވެ. ހަމަކަށަވަރުން، ﷲ ގެ މަގުން އެއްކިބާވާމީހުން (ދަންނާށެވެ!) ޙިސާބްބައްލަވާ ދުވަސް ހަނދާންނައްތައިލުމުގެ ސަބަބުން އެއުރެންނަށް ގަދަވެގެންވާ ޢަޛާބް ހުށްޓެވެ." (ޞޯދް: 26)

 

މިއަދު އޮންލައިން