ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށާ ޢާއިލާއާ މީސްތަކުންގެ ލޯބިލުބުމަށް އެދޭނަމަ ރަސޫލް (ޞޢވ) ގެ ސުންނަތުން ލިބިގަންނަންޖެހޭ ބައެއް ފިލާވަޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށާ ޢާއިލާއާ މީސްތަކުންގެ ލޯބިލުބުމަށް އެދޭނަމަ ރަސޫލް (ޞޢވ) ގެ ސުންނަތުން ލިބިގަންނަންޖެހޭ ބައެއް ފިލާވަޅު!

ކޮންމެ މުސްލިމަކުވެސް ﷲ ތަޢަލާގެ ރުހިވޮޑިގަތުން ލިބުމަށް އެދޭނެއެވެ. އަދި އެމީހެއްގެ ޢާއިލާ އާއި މީސްތަކުންގެ ލޯބި ލިބުމަށްވެސް އެދޭނެއެވެ. ސުވާލަކީ އެކަންކަން ލިބިގަންނަން ތިމާކުރަނީ ކޮންކަމެއް ހެއްޔެވެ؟

ރަސޫލް ﷺ ޒުވާން ޞަޙާބީންގެ ލޯބި ހޯއްދެވީ އެއްވެސް މިންވަރަކަށް މަތިވެރިކަން ނުދައްކަވައި އެބޭކަލުންގެ ތެރޭގައި އެބޭކަލުން ފަދައިން އިންނަވައިގެންނެވެ. އަދި އެބޭކަލުން ކުރައްވަން ބޭނުންފުޅުވާހައި ކަންކަން ކުރެއްވުން ހުއްދަކުރައްވައިގެނެއްވެސް ނޫނެވެ. ދީނުގައި މަނާ ކޮންމެ ކަމެއް މަނާކުރައްވަވައެވެ. ހުއްދަ ކަންކަން ކުރައްވަން ހިތްވަރުފުޅު ދެއްވަވައެވެ.

ރަސޫލް ﷺ ފަތިސްނަމާދުކުރެއްވެވުމަށްފަހު ޟުޙާ ނަމާދު ވަގުތު ޖެހެންދެން ޛިކުރްކުރެއްވުންމަތީގައި މަޑުކުރައްވަވަތެވެ. ވަގުތުވުމުން ޟުޙާ ނަމާދުކުރައްވަވައި މިސްކިތުގައި ތިއްބަވާ ޞަޙާބީންގެ ޖަމާޢަތްތަކަށް ވަޑައިގެން އެމަޖިލިސްތަކުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރަސޫލް ﷺ ގެ ޝަރަފުގައި ކޮޅަށް ތެދުވުން މަނާކުރައްވަވައެވެ. ޖަމާއަތުގައި އިށީނދެވަޑައިގަންނަވަނީ އެންމެ ކުރިއަކުނޫނެވެ. ހުރި ހުސްތަނެއްގައެވެ. އެޖަމާޢަތުގައި ތިބި އެންމެންނަށް ސަމާލުކަން ދެއްވަވައެވެ. އެއްވެސް ޞަޙާބީއަކަށް ތަފާތުކުރެއްވެވުމެއް ނެތިއެވެ.

އިށީނދެވަޑައިގަތުމަށްފަހު ދައްކަވަނީ ހަމައެކަނި ދީނުގެ ވާހަކަފުޅުތަކެއް ނޫނެވެ. އެޖަމާއަތެއްގައި ދައްކަމަމުން ގެންދާ ވާހަކައަކާއި ގުޅުއްވައިގެންނެވެ. އެޖަމާޢަތުގައި ދުނިޔޭގެ ވާހަކަ ދައްކާނަމަ އެ މައުޟޫއަށްވެސް ވާހަކަފުޅުދައްކަވަތެވެ.

--އިމާމް ޢުމަރު ސުލައިމާންގެދަރުސަކުން

 

މިއަދު އޮންލައިން