ނަމާދުކުރަން އޮތީ ތަރުތީބުން! ނަމާދު ޤާއިމުކުރާ މީހަކަށްވެވޭނީ ތަރުތީބުން ކުރީމާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ނަމާދުކުރަން އޮތީ ތަރުތީބުން! ނަމާދު ޤާއިމުކުރާ މީހަކަށްވެވޭނީ ތަރުތީބުން ކުރީމާ!

ކޮންމެ ނަމާދެއްވެސް އެނަމާދެއްގެ ވަޤުތުގައި ކުރުމަކީ ކޮންމެ ދުވަހަކުވެސް އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ ކަންތަކެވެ. ޚާއްޞަކޮށް ސުންނަތް ރޯދަނަމަވެސް ރޯދަހިފާ ދުވަސްތަކުގައި ވަކިންބޮޑަށް ސަމާލުކަންދޭންވާނެއެވެ. ވަކިންބޮޑަށް ސަމާލުކަން ދިނުމަކީ ފިރިހެނުން ކޮންމެ ނަމާދެއްވެސް ޖަމާޢަތުގައި ކުރަން މަސައްކަތްކުރުމެވެ. އަންހެނުން ވަޤުތުގެ ވީހާކުރީކޮޅުގައި ކުރަން މަސައްކަތްކުރުމެވެ.

"ކޮންމެ ނަމާދެއްވެސް ކުރަންވާނީ އެނަމާދަކަށް ކަނޑައެޅިފައިވާ ވަގުތުގައެވެ. ޝަރުޢީ ޢުޛުރަކާ ނުލާ ނަމާދު ވަގުތަށްވުރެ ފަސްކުރުމަކީ ހުއްދަކަމެއް ނޫނެވެ. ނަމާދު ވަގުތަށްވުރެ ލަސްކުރުމުގެ ވަނީ ދެ ޢުޛުރެކެވެ. އެއީ ނިދުމާއި ހަނދާން ނެތުމެވެ. އެހެންކަމުން މިފަދަ ޢުޛުރެއް މެދުވެރިވެގެން މެންދުރުނަމާދު ވަގުތުގައި ނުކުރެވިއްޖެމީހާ ޢަޞްރުނަމާދު ކުރުމުގެ ކުރިން މެންދުރުނަމާދު ގަޟާ ކުރަން ޖެހޭނެއެވެ.

އެންމެ މޮޅުގޮތަކީ ނަމާދުވަގުތު ޖެހުމުގެ ކުރިން މަސައްކަތް ހުއްޓާފައި ރީތިވެގެން ނަމާދަށް ދިޔުމެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން