މީހަކު މަރުވީ ކީރިތި ޤުރްއާން ނުވަތަ އެނޫންވެސް އެމީހަކަށް ފައިދާހުރި އެއްޗެއް އަޑުއަހަމުންދަނިކޮށް ކަމަށްވެއްޖެނަމަ އެމީހަކަށް އެމަރުވެވުނީ ކިހާރަނގަޅު ގޮތުގައިހެއްޔެވެ؟ އަހުރެން މީގެ އަހަރުތަކެއްކުރިން މަދިނާގައި އުޅުނުދުވަސްވަރު އެކުގައި އުޅުނު އެކުވެރިއެއްގެ ކާރު އެކްސިޑެންޓްވެ ކާރު ފުނޑުފުނޑުވެ އޭނާވެސް މަރުވިއެވެ.
މީސްތަކުންނަށް ދެވުނުއިރުވެސް ކާރުގެ ސެޓުން ހުރީ ޤުރްޢާން ޖަހައިފައެވެ. ސެޓް ނުނިވެއެވެ. އެހެންކަމަށްވާއިރު އޭނާއަށް އެ މަރުވެވުނީ ކޮންފަދަ ހެޔޮލަފާ މަރަކުންހެއްޔެވެ؟ އިން ޝާ ﷲ
ކާރެއް ފަދަ އުޅަނދެއްގައި ދަތުރުކުރާނަމަ ލަވަޖެހުންފަދަ ﷲ ތަޢާލާގެ މަތިން ހަނދުމަނެތޭނެ ކަންކަން ކުރަމުން ދަތުރުކުރަން ހެޔޮނުވާނެއެވެ. އަދި ހަމައެފަދައިން ދަތުރެއްގައި އިންނައިރު އަމިއްލަ ފޯނުން ނުވަތަ އެހެންވެސް ޑީވައިސްއަކުން ލަވަޖަހައި އިއާފޯނުން އަޑުއަހަން އިންނަންވެސް ހެޔޮނުވާނެއެވެ.
އެހެނީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ، އެކަލާނގެ ރުހިވޮޑިނުގަންނަވާ ކަމެއް ކުރުންމަތީގައި އިންދައި އެމީހަކު މަރުވެއްޖެނަމަ އެމީހަކަށް އެ މަރުވެވުނީ ނުބައި މަރަކުންނެވެ. އެމީހެއްގެ ނިމުމަކީ ނުބައި ނިމުމެކެވެ.
މިހެން މިބުނަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ފުރަތަމަ ކަމަކީ ކޮންމެ ދަތުރެއް ކުރާއިރުވެސް މީހާއެވަނީ ނުރައްކަލެއްގައެވެ. ކޮންމެ ވަޤުތަކުވެސް އެކްސިޑެންޓެއް ފަދަ ކަމެއް މެދުވެރިވެ މަރުވެދާނެ ކަމުގެ ބިރު އޮވެއެވެ. މަރުވެދާނެކަމަށް އަބަދުވެސް ބިރުން ހުންނަންޖެހުމުގެ އިތުރުން މިދައްކަނީ ދަތުރުމަތީގައި އުޅޭއިރު އިތުރު ނުރައްކަލެއްގައި މީހާވާހަކައެވެ.
އެކަން ޔަޤީންކުރެވެނީ ސަވާރީއެއްގައި ދަތުރުފުޅެއް ފަށްޓަވާނަމަ ރަސޫލް (ޞޢޥ) ކުރައްވަވާ ދުޢާތަކުންނެވެ.
سُبْحَانَ الَّذِي سَخَّرَ لَنَا هَٰذَا وَمَا كُنَّا لَهُ مُقْرِنِينَ
وَإِنَّا إِلَىٰ رَبِّنَا لَمُنقَلِبُونَ
"އަޅަމެންނަށް މި ތަކެތި ޚިދުމްތްތެރިކޮށްދެއްވި ރަސްކަލާނގެ ހުސް ޠޯހިރުވަންތަކަމާއެވެ! އަދި އަޅަމެންއެކަމަށް ކުޅަދާނަވެގެންވާ ބަޔަކުކަމުގައި ނުވަމުއެވެ."
"އަދި ހަމަކަށަވަރުން، އަޅަމެންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އަޅަމެން ރުޖޫޢަ ވާނެކަން ކަށަވަރެވެ."
(އައްޒުޚްރޫފް: 14، 13)
ރަސޫލް ﷺ ސަވާރީއެއްގައި ދަތުރުފުޅުކުރައްވަވާނަމަ މިބަޔާންކުރި ދުޢާ ވިދާޅުވުމުގެ އިތުރުން ދަތުރުމަތީގައި ތަޤްވާވެރިކަމާއި ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް އެކަލާގެއަށް ބިރުވެތިވުން އެދިވަޑައިގެން ދުޢާކުރައްވާ ކަމަށް ޙަދީޘްފުޅުގައި އައިސްފައިވެއެވެ.
އަދި މިފަދައިން ދުޢާކުރައްވަވާ ކަމަށްވެސް އައިސްފައިވެއެވެ.
بِسْـمِ اللهِ وَالْحَمْـدُ لله، سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون، الحَمْـدُ لله، الحَمْـدُ لله، الحَمْـدُ لله، اللهُ أكْـبَر، اللهُ أكْـبَر، اللهُ أكْـبَر، سُـبْحانَكَ اللّهُـمَّ إِنّي ظَلَـمْتُ نَفْسي فَاغْـفِرْ لي، فَإِنَّهُ لا يَغْفِـرُ الذُّنوبَ إِلاّ أَنْـت
بِسْـمِ اللهِ وَالْحَمْـدُ لله،
سُـبْحانَ الّذي سَخَّـرَ لَنا هذا وَما كُنّا لَهُ مُقْـرِنين، وَإِنّا إِلى رَبِّنا لَمُنـقَلِبون،
الحَمْـدُ لله، الحَمْـدُ لله، الحَمْـدُ لله،
اللهُ أكْـبَر، اللهُ أكْـبَر، اللهُ أكْـبَر،
سُـبْحانَكَ اللّهُـمَّ إِنّي ظَلَـمْتُ نَفْسي فَاغْـفِرْ لي، فَإِنَّهُ لا يَغْفِـرُ الذُّنوبَ إِلاّ أَنْـت
“With the Name of Allah. Praise is to Allah. Glory is to Him Who has provided this for us though we could never have had it by our efforts. Surely, unto our Lord, we are returning. Praise is to Allah. Praise is to Allah. Praise is to Allah. Allah is the Most Great. Allah is the Most Great. Allah is the Most Great. Glory is to You. O Allah, I have wronged my own soul. Forgive me, for surely none forgives sins but You.” (Abu Dawud 3/34, At-Tirmidhi 5/501)
- މުފްތީ މެންކުގެ ދަރުސަކުން