ހަނދުމަކޮށްދިނުމެއް!: ގޭގަ ނަމާދުކުރަން ތިއްބާ ކުއްޖަކަށް ކުޑަކަމުދެވުމުން ނަޖިހާއެކު އައިސް ނަމާދަށް ހުރި މީހެއްގެ ގައިގައިޖެހިއްޖެނަމަ ޢަމަލުކުރަންވީ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
ހަނދުމަކޮށްދިނުމެއް!: ގޭގަ ނަމާދުކުރަން ތިއްބާ ކުއްޖަކަށް ކުޑަކަމުދެވުމުން ނަޖިހާއެކު އައިސް ނަމާދަށް ހުރި މީހެއްގެ ގައިގައިޖެހިއްޖެނަމަ ޢަމަލުކުރަންވީ ގޮތް-

ބައެއް ގޭގައި ދަރިން ބަލައިދޭނެ އިތުރު މީހަކު ނެތުމުން ނަމާދުކުރަންޖެހެނީ ދަރިން ގޮވައިގެންނެވެ. (ގާތަށް ދަރިން ދޫކޮށްލައިގެން ހުރެއެވެ.) މިފަދަ ޙާލަތުގައި ކުއްޖާގެ ކިބައިން އެކިބާވަތުގެ ކަންކަން މެދުވެރިވެއެވެ. އެއިގެ ތެރެއިން އެއްކަމަކީ ކުޑަކަމު ނުވަތަ ބޮޑުކަމު ދިއުމަށްފަހު ނަޖިހާއިއެކު އައިސް ގައިގަ ޖެހެވުމެވެ.  

އެގޮތަށް އެކަން އެކުރެވެނީ ކުދިންނަށް ނުވިސްނޭތީއެވެ. ވީމާ ރުޅިބަހެއް ނުބުނާށެވެ! ހިތްބަރުވެސް ނުކުރާށެވެ. އަދި ތިރީގައިވާ ފަދައިން ޢަމަލުކުރާށެވެ.  

ގޭގައި ނުވަތަ އެހެންތަނެއްގައި ނަމަވެސް ބައަކު ނަމާދުކުރަން ތިއްބާ ކުއްޖަކަށް ކުޑަކަމުދެވުމުން ނަޖިހާއެކު އައިސް ނަމާދަށް ހުރި މީހެއްގެ ގައިގައިޖެހުން ފަދަ ކަމެއް މެދުވެރިވެއްޖެނަމަ ނަޖިސް ޖެހުނުތަން ދޮވެގެން އަލުން ނަމާދު އިޢާދަ ކުރާނީއެވެ.

واللهأعلم.

(ނަޖިހާއިއެކު ނަމާދުކުރުމެއް ނެތެވެ. ނަމާދުކުރަންވާނީ ޠޯހިރުކޮށްގެންނެވެ.) 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން