ތިމާގެ ފިރިމީހާގެ ކިބައިގައި ޝަރުޠުތައް ފުރިހަމަވާނަމަވެސް 2 ވަނަ ކައިވެންޏެއް ކުރަން ހިތުގެ އަޑިން އެއްބަސްވެވޭނީ ވަރަށް މަދު އަންހެނަކަށެވެ. މިކަމުގައި ބަލަންޖެހޭނީ ތިމާގެ ހިތް އެދޭގޮތަކަށް ނޫނެވެ. ﷲ ތަޢާލާ އެކަން ނިންމަވާފައިވާ ގޮތަށެވެ.
އެކަމަށް ބަލާއިރު އިތުރު އަނބިން ހޯދަން ޝަރުޠު ހަމަވާ ފިރިހެނުންނަށް ﷲ ތަޢާލާ ވަނީ އެކަމަށް ހުއްދަކުރައްވަވައިފައެވެ. ވީމާ އެހިސާބުން އެއޮތީ ތިމާ ބޭނުންވާ ގޮތް އެކަމުގައި ގެއްލިފައެވެ.
އަބަދުވެސް ބުނާފަދައިން 4 އަނބިން ހުއްދަވަނީ ކޮންމެ ފިރިހެނަކަށް ނޫނެވެ. 4 އަނބިންނަށް ޚަރަދުކޮށް ބެލެހެއްޓުމުގެ ޤާބިލްކަން ލިބިފައިވާ ފިރިހެނުންނަށެވެ. 4 އަނބިންގެ މެދުގައި ހަމަހަމަކޮށް ކަންކަން ކޮށްދެވޭނެ ފިރިހެނުންނަށެވެ. 4 އަނބިންނެއް ނޫނެވެ. 2 ވަނަ އަންތބަކުވެސް ހުއްދަވާނީ މިޝަރުޠުތައް ފުރިހަމަކުރެވޭނެ ނަމައެވެ. ބޯހިޔާވަހިކަން ފޯރުކޮށްދީ އެމީހުންގެ ޚަރަދުތައް ބެލެހެއްޓޭނެ ނަމައެވެ. ޚާއްޞަކޮށް އަނބިންގެ މެދުގައި ހުރިހާ ކަމެއްގައިވެސް ހަަމހަމަކުރެވޭނެ ނަމައެވެ.
ހަމައެއާއިއެކު ޝަރުޠު ހަމަނުވާ ފިރިން، 2 ވަނަ ކައިވެނިކުރަން އަނބިމީހާގެ ރުހުން ހޯދަން މަޖުބޫރުކުރުމެއް ނެތެވެ. އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ޝަރުޠު ހަމަވާނަމަ 2 ވަނަ ކައިވެނިކުރަން އަނބިމީހާގެ ރުހުން ހޯދާކަށްވެސް ނުޖެހޭނެއެވެ.
- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން