ދުޢާ ކުރުމުގަ ރައްކައުތެރިވާންޖެހޭ އަދަބުތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36މ 48ސ
ދުޢާ ކުރުމުގަ ރައްކައުތެރިވާންޖެހޭ އަދަބުތައް-

ދުޢާކުރުމަކީ ތިމާ އާއި ﷲ ތަޢާލާ އާއި ގުޅުވައިދޭ އެންމެ ބޮޑު ބާރު ކަމުގައި ބުނެވެއެވެ. އެހެނީ ކޮންމެ ކަމަކަށް ބޭނުންވިޔަސް އޮތީ ދުޢާކުރުމެވެ. ދުޢާކުރުން ގިނަކުރެވޭނީ އެމީހެއްގެ ހިތް ﷲ ތަޢާލާ ގެ ޙަޟްރަތާއި ގުޅިފައިވާ މީހުންނަށެވެ.  

ދުޢާކުރުމުގެ އަދަބުތައް ދެނެގަނެ އެދަބުތަކުގައި ހިފަހައްތައިގެން ދުޢާކުރަން މަސައްކަތްކުރާށެވެ!  

ދުޢާ ކުރުމުގެ އަދަބުތައް:

1ދުޢާ ކުރާމީހާ އަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށްގެން ހުރިމީހަކުކަމުގައިވުން. ސަބަބަކީ ދުޢާ އިޖާބަކުރެއްވުމުގެ ޝަރްޠުތަކުގެ ތެރޭގައިއަޅާ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުން ހިމެނިގެންވެއެވެ. އަދިކުށްފާފަތަކުން ދުރުހެލިވެގެން ހުރުން ހިމެނެއެވެ. 

ﷲ ވަޙީ ކުރައްވައެވެ 

.(وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِي فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ) البقرة/186.

މާނައީ: "އަދި ތިމަން ﷲ ގެރަސްކަންފުޅާމެދު ކަލޭގެފާނުގެ އަރިހުން ތިމަން ﷲ ގެ އަޅުތަކުން ސުވާލުދަންނަވައިފިނަމަ، ފަހެ ތިމަން ﷲއީ ކުއްތަންވެވޮޑިގެންވާ (ގާތުގައިވޮޑިގެންވާ) ރަސްކަލާންގެއެވެ. ތިމަން ﷲ ގެ ކިބައަށް ދުޢާކޮށްފިނަމަދުޢާކުރާމީހާގެ ދުޢާ ތިމަން ﷲ އިޖާބަކުރައްވަމެވެ".

2.
ދުޢާ ކުރުމުގައި އިޚްލާޞްތެރިވުން. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا أُمِرُوْا إِلَّا لِيَعْبُدُوْا اللهَ مُخْلِصِيْنَ لَهُ الدِّيْنَ حُنَفَاءَ) މާނައަކީ: "ބާޠިލްމަގުން އެއްކިބައިވެގެން ތިބެ، މާތް ﷲ ގެކިބައަށް އަޅުކަން ޚަލާޞް ކުރާ ޙާލު، ﷲ ގެ ކިބައަށް އަޅުކަން ކުރުމަށާއި،ނަމާދު ގާއިމް ކުރުމަށާއި، ޒަކާތް ދިނުމަށް މެނުވީ، އެބައިމީހުންނަށްއަމުރު ނުވެވެއެވެ". (ސޫރަތުލް ބައްޔިނާ ގެ 5 ވަނަ އާޔަތް)، ދުޢާ ކުރުމަކީއަޅުކަމެއް ކަމުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބަޔާންކޮށްދެއްވާފައިވެއެވެ. އެހެންކަމުން ދުޢާ ގަބޫލު ކުރައްވާނީއިޚްލާޞްތެރި ވުމުންނެވެ.

3.
ގެ އިސްމުފުޅުތައް ބޭނުންކޮށްގެން ދުޢާ ކުރުން. ވަޙީކުރައްވާފައިވެއެވެ. (وَلِلّهِ الْأَسْمَاءُ الْحُسْنَى فَادْعُوْهُ بِهَا وَذَرُوْا الَّذِيْنَ يُلْحِدُوْنَ فِيْ أَسْمَائِهِ) މާނައަކީ: "އެންމެމާތް، އެންމެ މަތިވެރި އިސްމުފުޅުތައް (ނަންފުޅުތައް) މާތް ﷲ އަށް ޚާއްޞަވެމިލްކުވެވޮޑިގެންވެއެވެ. ފަހެ، އެ އިސްމުފުޅުތަކުން، ތިޔަބައިމީހުންއެކަލާނގެ ކިބައަށް ދަންނަވައި، ދުޢާ ކޮށް އުޅޭށެވެ". (ސޫރަތުލް އަޢްރާފްގެ 180 ވަނަ އާޔަތް).

4.
ދުޢާ ކުރުމުގެ ކުރިން ﷲ އަށް ޘަނާ ދެންނެވުން. عَنْ فَضَالَةَ بْنِ عُبَيْدٍ رضي الله عنه قَالَ : بَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَاعِدٌ إِذْ دَخَلَ رَجُلٌ فَصَلَّى فَقَالَ : اللَّهُمَّ اغْفِرْ لِي وَارْحَمْنِي ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( عَجِلْتَ أَيُّهَا الْمُصَلِّي ، إِذَا صَلَّيْتَ فَقَعَدْتَ فَاحْمَدْ اللَّهَ بِمَا هُوَ أَهْلُهُ ، وَصَلِّ عَلَيَّ ، ثُمَّ ادْعُهُ ) وفي رواية له : ( إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِتَحْمِيدِ اللَّهِ وَالثَّنَاءِ عَلَيْهِ ثُمَّ لْيُصَلِّ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ لْيَدْعُ بَعْدُ بِمَا شَاءَ ) . قَالَ : ثُمَّ صَلَّى رَجُلٌ آخَرُ بَعْدَ ذَلِكَ فَحَمِدَ اللَّهَ وَصَلَّى عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( أَيُّهَا الْمُصَلِّي ، ادْعُ تُجَبْ ). މާނައަކީ މާތް ﷲ ރުއްސުން ލެއްވި ފަޟާލަތު ބިން ޢުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲޢަލައިހި ވަސައްލަމަ- މިސްކިތުގައި އިށީނދެވަޑައިގެން އިންނަވަނިކޮށްމީހަކު ވަދެ ދުޢާ ކުރަން ފަށައިފިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ، މިއަޅާގެ ފާފަ ފުއްސަވާ ރަޙްމަތްލައްވާފާންދޭވެ"، ރަސޫލުﷲ-ޞައްލަﷲ ޢަލައިހިވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. އޭ ދުޢާ ކުރާމީހާއެވެ. އަވަސް އަރައިނުގަންނާށެވެ. ދުޢާ ކުރަންވީމާ އިށީނދެ، ﷲ އަށް ޙައްގުވާ ގޮތުގައިޙަމްދުކޮށް، ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށްފަހުގައިދުޢާކުރާށެވެ". އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. "ތިޔަބައިމީހުންދުޢާ ކުރަން ބޭނުންވެއްޖެނަމަ ﷲ އަށް ޙަމްދު ޘަނާ ކިޔުމުން ފަށާށެވެ. އެއަށްފަހު ނަބިއްޔާގެ މައްޗަށް ސަލަވާތް ކިޔަވާށެވެ. އެއަށްފަހު އެމީހަކުބޭނުން ދުޢާ އެއް ކުރާށެވެ". އެހެންމީހަކު މިސްކިތަށް އަރާ ﷲ އަށްޙަމްދުކޮށް ރަސޫލާގެ މައްޗަށް ޞަލަވާތްކިޔެވި ހިނދު ޙަދީޘް ކުރެއްވިއެވެ. "އޭ ދުޢާ ކުރާމީހާ އެވެ. މިހާރު ދުޢާ ކުރާށެވެ. އިޖާބަ ކުރައްވާނެއެވެ".

5.
ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔެވުން. ޙަދީޘް ކުރައްވާފައިވެއެވެ. (كُلُّ دُعَاءٍ مَحْجُوْبٌ حَتَّى تُصَلِّيَ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ) މާނައަކީ: "ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔެވުމަށްދާންދެން ހުރިހާ ދުޢާ އެއްވެސް ވަނީ ހިފެހެއްޓިފައެވެ".

6.
ގިބްލަ އަށް ކުރިމަތިލުން. عن عُمَرَ بْنِ الْخَطَّابِ رضي الله عنه قَالَ : لَمَّا كَانَ يَوْمُ بَدْرٍ نَظَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى الْمُشْرِكِينَ وَهُمْ أَلْفٌ وَأَصْحَابُهُ ثَلاثُ مِائَةٍ وَتِسْعَةَ عَشَرَ رَجُلا ، فَاسْتَقْبَلَ نَبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْقِبْلَةَ ثُمَّ مَدَّ يَدَيْهِ فَجَعَلَ يَهْتِفُ بِرَبِّهِ : ( اللَّهُمَّ أَنْجِزْ لِي مَا وَعَدْتَنِي ، اللَّهُمَّ آتِ مَا وَعَدْتَنِي ، اللَّهُمَّ إِنْ تُهْلِكْ هَذِهِ الْعِصَابَةَ مِنْ أَهْلِ الإِسْلامِ لا تُعْبَدْ فِي الأَرْضِ ) فَمَا زَالَ يَهْتِفُ بِرَبِّهِ مَادًّا يَدَيْهِ مُسْتَقْبِلَ الْقِبْلَةِ حَتَّى سَقَطَ رِدَاؤُهُ عَنْ مَنْكِبَيْهِ)،

މާނައަކީ: މާތް ﷲރުއްސުންލެއްވި ޢުމަރު ބިން އަލްޚައްޠާބް ގެ ފަރާތުން ރިވާވެގެންވެއެވެ. "ބަދުރު ހަނގުރާމައިގެ ދުވަހު މުޝްރިކުންގެ ލަޝްކަރު އެއްހާހެވެ. އަދިއަޞްޙާބުންގެ ޢަދަދު ތިންސަތޭކަ ނަވާރައެވެ. މިތަން ފެނިވަޑައިގެން ކީރިތިރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގިބްލަ އަށް ކުރިމަތިލައްވާ، ދެއަތްމައްޗަށް ނަންގަވާ ދުޢާ ކުރައްވަން ފެއްޓެވިއެވެ. " ހައްދަވާ ގެންގުޅުއްވާއިލާހެވެ. މިއަޅާ އަށް އިބަ ﷲ ވަޢުދުވެލެއްވި ކަންތައްތައް ފުރިހަމަ ކޮށްދެއްވާފާންދޭވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. މުސްލިމުންގެ މި މަދުމީސްކޮޅު ހަލާކުވެގެން ހިނގައްޖެނަމަ މި ބިންމަތީގައި އިބަ ﷲ އަށްއަޅުކަމެއް ނުކުރެވޭނެއެވެ" ގިބްލަ އަށް ކުރިމަތިލައްވާ ދެއަތް މައްޗަށްނަންގަވައިގެން ދުޢާ ކުރައްވަމުން ގޮސް އެކަލޭގެފާނުގެ ކޮނޑުކޮޅުގައި އޮތްރިދާ ވެއްޓުނެވެ".

އިމާމްނަވަވީ- ރަޙިމަހުﷲ ވިދާޅުވިއެވެ. "މިއިން ދޭހަވަނީ ދުޢާ ކުރުމުގައިގިބްލައަށް ކުރިމަތިލާ، ދެއަތް މައްޗަށް ނެގުމަކީ އެދެވިގެންވާ ކަމެއްކަމެވެ".

7.
ދެއަތް މައްޗަށް ނަގައިގެން ދުޢާ ކުރުން.عَنْ سَلْمَانَ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : )إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا)މާނައަކީ: މާތް ﷲ ރުއްސުންލެއްވި ސަލްމާނުލް ފާރިސީގެ ކިބައިންރިވާވެގެންވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ. "ހަމަކަށަވަރުން ތިޔަބައިމީހުން ހައްދަވައިގެންގުޅުއްވާއިލާހަކީ ލަދުވެތި ދީލަތިވަންތަ އިލާހެވެ. އެކަލާނގެ އަޅުތަކުން ދެއަތްއުފުލާ ދުޢާ ކޮށްފިނަމަ ސުމަކުން ފޮނުވާލެއްވުމަށް އެކަލާނގެލަދުވެތިވެގަންނަވައެވެ".

އަތްއުފުލުމުގައިކަމަކަށް އެދި، ދަންނަވާ މީހެއްގެ ގޮތަށް، އަތުގެ ބަނޑުފުށްއުޑާވީދިމާލަށް ބަހައްޓާާށެވެ. މާތް ﷲ ރުއްސުންލެއްވި މާލިކް ބިން ޔަސާރުގެ ކިބައިން ރިވާ ވެގެންވެއެވެ. ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِذَا سَأَلْتُمْ اللَّهَ فَاسْأَلُوهُ بِبُطُونِ أَكُفِّكُمْ وَلا تَسْأَلُوهُ بِظُهُورِهَا)މާނައަކީ: "ތިޔަބައިމީހުންމާތް ﷲ އަށް ދަންނަވާނަމަ، އަތުގެ ބަނޑުފުށުން ދަންނަވާށެވެ. އަތުގެބޭރުފުށުން ނުދަންނަވާށެވެ".

ދުޢާ ކުރުމުގައި ދެއަތް ބަހައްޓާނީ ކައިރި ކައިރީގައެވެ. ދެއަތް ދުރުގައި ބެހެއްޓުމަކީ ސުންނަތުން ޘާބިތުވާ ގޮތެއް ނޫނެވެ.

8.
ދުޢާ އިޖާބަ ކުރައްވާނެކަމުގެ ޔަގީންކަން ބޭއްވުން. އަދި ދުޢާ ކުރާއިރުގައި ހިތާއި އެކު ދުޢާ ކުރުން.(އެހެންކަމަކާއި ހިތް މަޝްޣޫލު ކޮށްގެންނުހުރުން).  ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالإِجَابَةِ ، وَاعْلَمُوا أَنَّ اللَّهَ لا يَسْتَجِيبُ دُعَاءً مِنْ قَلْبٍ غَافِلٍ لاهٍ) މާނައަކީ: ތިޔަބައިމީހުން ދުޢާކުރާނަމަ، އިޖާބަ ކުރައްވާނެ ކަމުގެ ޔަގީން ކަމާއިއެކުގައި ދުޢާ ކުރާާށެވެ. އަދި ދަންނާށެވެ. ހިތް ޣާފިލުވެފައިވާ،ފަރުވާލެއްނެތި ކުރާ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެއެވެ".

9.
ގިނަގިނައިން ދެންނެވުން، ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދި ގިނަގިނައިންތަކުރާރުކޮށް ދަންނަވަންވީއެވެ. އަދި ދުޢާ އިޖާބަ ނުކުރައްވައިގެން އަވަސްއަރައިނުގަންނަންވީއެވެ. ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޡްކުރެއްވިއެވެ. ( يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ ، مَا لَمْ يَسْتَعْجِلْ ، قِيلَ : يَا رَسُولَ اللَّهِ ، مَا الاسْتِعْجَالُ ؟ قَالَ : يَقُولُ : قَدْ دَعَوْتُ ، وَقَدْ دَعَوْتُ ، فَلَمْ أَرَ يَسْتَجِيبُ لِي ، فَيَسْتَحْسِرُ عِنْدَ ذَلِكَ وَيَدَعُ الدُّعَاءَ) މާނައަކީ: "އަޅާ ނުބައިކަމެއް ކުރުން ދޫކޮށްނުލާހުރުން، ނުވަތަރަޙިމްގެ ގުޅުންކެނޑުން، ނުވަތަ އަވަސް އަރައިނުގަންނަ ކަމަށް ވަނީ ނަމަދުޢާ އިޖާބަ ކުރައްވާނެއެވެ. ޞަޙާބީން ދެންނެވިއެވެ. އަވަސްއަރައިގަތުމަކީކޮބައިތޯއެވެ. ޙަދީޘް ކުރެއްވިއެވެ. އޭނާ ބުނާނެއެވެ. ހަމަކަށަވަރުންވަރަށް ގިނައިން ދުޢާ ކޮށްފީމެވެ. އެކެމަކު އިޖާބަ އެއް ނުކުރައްވައެވެ. ދެން އެކަމާ މާޔޫސްވެ، ދުޢާ ކުރުން ދޫކޮށްލައެވެ".

10.
ކަނޑައެޅިގެންދެންނެވުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (لا يَقُولَنَّ أَحَدُكُمْ : اللَّهُمَّ اغْفِرْ لِي إِنْ شِئْتَ ، اللَّهُمَّ ارْحَمْنِي إِنْ شِئْتَ ، لِيَعْزِمْ الْمَسْأَلَةَ ، فَإِنَّ اللهَ لا مُكْرِهَ لَهُ) މާނައަކީ: އިބަ ﷲ އިރާދަކުރައްވައިފިނަމަ މިއަޅާގެފާފަ ފުއްސަވާ ރަޙްމަތް ލައްވާށޭ ނުބުނާށެވެ. އެދޭ ކަމެއް ކަނޑައެޅިގެންބުނާށެވެ. ﷲ އަށް އެއްވެސް މަޖްބޫރުކަމެއް ނެތެވެ".

11.
ބިރުވެރިކަމާއި،ތަވާޟުޢުވެރިކަމާއި، ސިއްރު ގޮތުގައި ދެންނެވުން.އަލްއަޢުރާފް ސޫރަތުގެ 55ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (اُدْعُوْا رَبَّكُمْ تَضَرُّعًا وَخُفْيَةً) މާނައަކީ: "މަޑުމޮޅިވެތިބެ އަދި ސިއްރުގޮތުގައިތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހަށް ކުއްތަންވެ ދުޢާކުރާށެވެ". އަލްއަންބިޔާ ސޫރަތުގެ 90 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (إِنَّهُمْ كَانُوْا يُسَارِعُوْنَ فِيْ الْخَيْرَاتِ وَيَدْعُوْنَنَا رَغَبًا وَّرَهَبًا وَّكَانُوْا لَنَا خَاشِعِيْنَ) މާނައަކީ: "އެބޭކަލުންވީ ހެޔޮކަންތައް ކުރުމަށް އަވަސްވެގަންނަ، އަދި ތިމަން ﷲ ގެޙަޟްރަތަށް، އެދުމާއި ބިރުވެތިކަމާއިއެކު، އަޅުކަންކުރާ ބަޔަކުކަމުގައެވެ".

އަލްއަޢުރާފްސޫރަތުގެ 205 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَاذْكُرْ رَّبَّكَ فِيْ نَفْسِكَ تَضَرُّعًا وَّخِيْفَةً وَّدُوْنَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ) މާނައަކީ: "ކަލޭގެފާނުންގެހިތްޕުޅުން، ކަލޭގެފާނުންގެ ސާހިބުވަންތަ އިލާހު ހަނދުމަކުރައްވާށެވެ. ކިޔަމަންވެ (ނިކަމެތިވުމުގެ) ގޮތުގައެވެ. އަދި، ބިރުވެތިވުމުގެ ގޮތުގައެވެ. ބަސްބުނުމުގެ ތެރެއިން، އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނުގެވަގުތުތަކާއި، ހަވީރުގެ ވަގުތު ތަކުގައެވެ. އަދި ޣާފިލުވެގެންވާ މީހުންގެތެރެއިން ކަލޭގެފާނު ނުވާށެވެ".

12.
ތަކުރާރުކޮށްތިންފަހަރު ދެންނެވުން. عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه قَالَ : ( بَيْنَمَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي عِنْدَ الْبَيْتِ وَأَبُو جَهْلٍ وَأَصْحَابٌ لَهُ جُلُوسٌ وَقَدْ نُحِرَتْ جَزُورٌ بِالأَمْسِ ، فَقَالَ أَبُو جَهْلٍ : أَيُّكُمْ يَقُومُ إِلَى سَلا جَزُورِ بَنِي فُلانٍ فَيَأْخُذُهُ فَيَضَعُهُ عَلَى ظَهْرِ مُحَمَّدٍ إِذَا سَجَدَ ، فَانْبَعَثَ أَشْقَى الْقَوْمِ فَأَخَذَهُ فَلَمَّا سَجَدَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَضَعَهُ بَيْنَ كَتِفَيْهِ ، قَالَ : فَاسْتَضْحَكُوا وَجَعَلَ بَعْضُهُمْ يَمِيلُ عَلَى بَعْضٍ . وَأَنَا قَائِمٌ أَنْظُرُ لَوْ كَانَتْ لِي مَنَعَةٌ طَرَحْتُهُ عَنْ ظَهْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . وَالنَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سَاجِدٌ مَا يَرْفَعُ رَأْسَهُ حَتَّى انْطَلَقَ إِنْسَانٌ فَأَخْبَرَ فَاطِمَةَ فَجَاءَتْ وَهِيَ جُوَيْرِيَةٌ فَطَرَحَتْهُ عَنْهُ ثُمَّ أَقْبَلَتْ عَلَيْهِمْ تَشْتِمُهُمْ ، فَلَمَّا قَضَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلاتَهُ رَفَعَ صَوْتَهُ ثُمَّ دَعَا عَلَيْهِمْ - وَكَانَ إِذَا دَعَا دَعَا ثَلاثًا ، وَإِذَا سأَلَ سَأَلَ ثَلاثًا - ثُمَّ قَالَ : اللَّهُمَّ عَلَيْكَ بِقُرَيْشٍ ثَلاثَ مَرَّاتٍ ، فَلَمَّا سَمِعُوا صَوْتَهُ ذَهَبَ عَنْهُمْ الضِّحْكُ وَخَافُوا دَعْوَتَهُ ، ثُمَّ قَالَ : اللَّهُمَّ عَلَيْكَ بِأَبِي جَهْلِ بْنِ هِشَامٍ وَعُتْبَةَ بْنِ رَبِيعَةَ وَشَيْبَةَ بْنِ رَبِيعَةَ وَالْوَلِيدِ بْنِ عُقْبَةَ وَأُمَيَّةَ بْنِ خَلَفٍ وَعُقْبَةَ بْنِ أَبِي مُعَيْطٍ - وَذَكَرَ السَّابِعَ وَلَمْ أَحْفَظْهُ - فَوَالَّذِي بَعَثَ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْحَقِّ لَقَدْ رَأَيْتُ الَّذِينَ سَمَّى صَرْعَى يَوْمَ بَدْرٍ ثُمَّ سُحِبُوا إِلَى الْقَلِيبِ قَلِيبِ بَدْرٍ)

 

މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެފުޅު ކައިރީގައި ނަމާދަށް ހުންނެވިއެރެއްގައި އަބޫޖަހުލު އޭނާގެ ބައިވެރިން ތަކަކާއި އެކު މިސްކިތުގައިއިށީނދެގެން ތިއްބެވެ. އަދި އިއްޔެގައި ކަތިލި ޖަމަލެއްގެ ވާހަކަދެއްކިއެވެ. އަބޫޖަހުލު ބުންޔެވެ. އިއްޔެ ކަތިލި ޖަމަލުގެ ކަރުގޮހޮރުތައްމުޙަންމަދުގެފާނު ސަޖިދައަށް ދާގަޑީގައި އެކަލޭގެފާނުގެ ކޮނޑުމައްޗަށްއަޅާލަން ކެރޭނީ ކޮން ކުއްޖަކަށް ހެެއްޔެވެ؟ ދެން އެމީހުންގެ ތެރޭގައި ހުރިއެންމެ ނުބައި ނުލަފާ މީހާ ލައްވާ އެކަރުގޮހޮރުތައް ގެނެސް،ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސަޖިދާގައި އޮންނަވަނިކޮށްއެކަލޭގެފާނުގެ ކޮނޑުމައްޗަށް އަޅައިލައިފިއެވެ. ދެން އެބައިމީހުން އެކަކުއަނެކަކަށް ބަލަބަލާފައި ހޭންފަށައިފިއެވެ. އެހިނދު ތިމަންކަލޭގެފާނުމަންޡަރު ބަލަން އެތަނުގައި ކޮޅަށް ހުރީމެވެ. ތިމަންކަލޭގެފާނަށް އެތަކެތިސާފުކުރެވޭނެނަމަ ރަސޫލަ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކޮނޑުކޮޅުންއެތަކެތި އުކާލީމުހެވެ. އެތަނުން މީހަކުގޮސް ފާޠިމަތުގެފާނަށް މިޚަބަރުދިނުމުން އެކަމަނާ އާއި ޖުވައިރިއްޔަތު ވަޑައިގެން އެތަކެތިސާފުކުރެއްވުމަށް ދާންދެން ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބޯފުޅުހިއްލަވައި ނުލައްވާ ސަޖިދާގައި އޮންނެވިއެވެ. ދެން ފާޠިމަތުގެފާނުމައްކާގެ މުޝްރިކުންނާ މުޚާޠަބު ކުރައްވާ ވަރަށް އެއްޗެތި ކިޔުއްވިއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ނަމާދުން ނިމިވަޑައިގެންއަޑުހަރުކޮށް އެބައިމީހުންގެ މައްޗަށް ބަދު ދުޢާ ކުރެއްވިއެވެ. އެކަލޭގެފާނު ބަދުދުޢާ ކުރައްވާނަމަވެސް އަދި ކަމަކަށް އެދިދެންނެވިނަމަވެސް ތިންފަހަރު މަތިން ދަންނަވައެވެ. ދުޢާގައި ދެންނެވިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ގުރައިޝުން ހަލާކު ކުރައްވާފާންދޭވެ. މިފަދައިން ތިންފަހަރު ދުޢާ ކުރެއްވިއެވެ. އިތުރު އެކަލޭގެފާނުގެ ދުޢާ ގެއަޑު އިވުމުން މުޝްރިކުން ގެ ހިނުންގަނޑު ހުއްޓި އެބައިމީހުންގެ ހިތްތަކަށްބިރުވެތިކަން ވަދެއްޖެއެވެ. އެކަަލޭގެފާނުގެ ދުޢާ ގައި ދެންނެވިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަބޫޖަހުލު ބިން ހިޝާމާއި، ޢުތްބާ ބިންރަބީޢާއި، ޝައިބާ ބިން ރަބީޢާއި، ވަލީދު ބިން ޢުގްބާ، އުމައްޔާ ބިންޚަލަފް، ޢުގްބާ ބިން އަބީ މުޢީޠު ހަލާކު ކުރައްވާފާންދޭވެ. އިބްނުމަސްޢޫދު- ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ހަތްވަނަ މީހެއްގެ ނަންވެސްރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކިޔުއްވިއެވެ. ނަމަވެސް މިހާރަކުހަނދާނެއް ނެތެވެ. މުހަންމަދުގެފާނު ޙައްގާއިގެން ފޮނުއްވި ކަލާނގެގަންދެއްވާ ވިދާޅުވަމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެދުވަހުނަންކިޔުއްވި ހުރިހާ މީހުންތައް ބަދުރު ހަނގުރާމައިގެ ދުވަހުގައި ބިންމަތީކޭއްތި ކޭއްތި ތިއްބާ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ދެންއެބައިމީހުން ބަދުރުގައި ކޮނެވިފައިވާ ވަޅުގަޑެއްގެ ތެރެއަށްދަމާފައިގެންގޮސް ވައްޓާލެވުނެވެ".

13.
ލައިއުޅޭފޭރާމާއި ކައިއުޅޭ ކާނާ އަކީ ޙަލާލު ރަގަޅު ތަކެތި ކަމުގައި ހެދުން.އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލު ﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.

(أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لا يَقْبَلُ إِلا طَيِّبًا ، وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ ، فَقَالَ : ( يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ ) ، وَقَالَ : ( يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ ) ، ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ ، وَمَطْعَمُهُ حَرَامٌ ، وَمَشْرَبُهُ حَرَامٌ ، وَمَلْبَسُهُ حَرَامٌ ، وَغُذِيَ بِالْحَرَامِ ، فَأَنَّى يُسْتَجَابُ لِذَلِكَ)

މާނައަކީ: "އޭ މީސްތަކުންނޭވެ. ހަމަކަށަވަރުން ﷲ އީއެންމެ ހެޔޮވެގެންވާ އިލާހެވެ. ހެޔޮކަމެއް މެނުވީ އެކަލާނގެ ގަބޫލެއްނުކުރައްވައެވެ. ރަސޫލުންނަށް އަމުރުކުރެއްވިފަދައިން މުއިމިނުންނަށްވެސްއަމުރުކުރެއްވިއެވެ. ވަޙީ ކުރެއްވިއެވެ. (އޭ އެންމެހައިރަސޫލުބޭކަލުންނޭވެ. ޙަލާލު ރަގަޅު ތަކެތި ކައި ހަދާށެވެ. އަދި ޞާލިޙްޢަމަލު ކުރާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާކަންތައް ތިމަން ﷲމޮޅަށް ދެނެވޮޑިގެންވަމެވެ". އަދިވެސް ވަޙީ ކުރައްވައެވެ. "އޭ އީމާންވެއްޖެމީސްތަކުންނޭވެ. ތިޔަބައިމީހުންނަށ ތިމަން ﷲ ރިޒްގުކުރެއްވި ޙަލާލު ރަގަޅުތަކެތި ކައި ހަދާާށެވެ"، އެއަށްފަހު ދިގުދަތުރެއްކޮށް، ވަރުބަލިކަމުންބޯހޭވިފައިވާ މީހެއްގެ ވާހަކަ ބަޔާން ކުރެއްވިއެވެ. އެމީހަކު ދެއަތްމައްޗަަށް ނަގައިގެން ހުރެ ދުޢާ ކުރެއެވެ. "ހައްދަވައިގެންގުޅުއްވާއިލާހެވެ. ހައްދަވައި ގެންގުޅުއްވާ އިލާހެވެ"، ނަމަވެސް އޭނާގެ ކާތަކެތިޙަރާމެވެ. އަދި ބޯތަކެތިވެސް ޙަރާމެވެ. އަންނައުނު ވެސް ޙަރާމެވެ. ކައިގެންހުރީވެސް ޙަރާމް ތަކެއްޗެވެ. އެފަދަ މީހުންގެ ދުޢާ އިޖާބަ ކުރެއްވޭނީކިހިނަކުންހެެއްޔެވެ؟".

14.
އަޑުހަރުކުރުމާއިނުލައި، މަޑުމަޑުން ދުޢާ ކުރުން. އަލްއަޢުރާފް ސޫރަތުގެ 55 ވަނައާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (اُدْعُوْا رَبَّكُمْ تَضَرُّعًا وَخُفْيَةً) މާނައަކީ: "މަޑުމޮޅިވެތިބެ އަދި ސިއްރުގޮތުގައި ތިޔަބައިމީހުންހައްދަވައި ގެންގުޅުއްވާ އިލާހަށް ކުއްތަންވެ ދުޢާ ކުރާށެވެ". ޒަކަރިއްޔާޢަލައިހިއްސަލާމް އަށް ޘަަނާގެ ބަސްވަޙީ ކުރެއްވިއެވެ. (إِذْ نَادَى رَبَّهُ نِدَاءً خَفِيًّا)، މާނައަކީ: "އެކަލޭގެފާނުގެ އިލާހުގެ ޙަޟްރަތަށްމަޑުމަޑު އަޑަކުން ދުޢާކުޅަ ހިނދެވެ".( ސޫރަތު މަރްޔަމް ގެ 3 ވަނައާޔަތް).والله أعلم.

 

--ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް


 

މިއަދު އޮންލައިން