ތިމާއަށް އުފާވެރިކަން ބޭނުންވެގެން މީހެއްގެ ހިތުގަ ޖައްސުވައިފިނަމަ އެނާގެ ލޮލުން ވެއްޓޭ އެންމެ ކަރުނަ ތިއްކަކުންވެސް އަނެކާ ބަނގުރޫޓުވެ މުޅި ޢުމުރަށް ގަދަވޭނުގަ އުޅެންޖެހިދާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ތިމާއަށް އުފާވެރިކަން ބޭނުންވެގެން މީހެއްގެ ހިތުގަ ޖައްސުވައިފިނަމަ އެނާގެ ލޮލުން ވެއްޓޭ އެންމެ ކަރުނަ ތިއްކަކުންވެސް އަނެކާ ބަނގުރޫޓުވެ މުޅި ޢުމުރަށް ގަދަވޭނުގަ އުޅެންޖެހިދާނެ!: މުފްތީ މެންކް

ގިނަ ބައަކު ބުނާނީ އެމީހުން ހުރިހާ ކަމެއްވެސް ކުރާނީ އިންޞާފުން ކަމަށެވެ. އިންޞާފުން ކަންކަން ކުރަން އެހެން މީހުންނަށް ހިތްވަރުދީ ނަބީޙަތްވެސްދޭނެއެވެ. ނަމަވެސް އެމީހުންނަށް އުފާވެރިކަމެއް ލިބިދާނެ ގޮތެއް ފެނިދާނެކަމަށް ހީވާއިރަށްވެސް އެހެން މީހުން އުފާތައް ކަތިލަން ފަހެއް ނުޖެހެއެވެ. މިބުނަނީ ތަންކޮޅެއް ރީތި، ތަނަވަސް މީހަކު ފެންނައިރަށް ބައިވެރިޔާއަށް ވަމުން އައި ވަޢުދުތައް އުވައިލާ ވާހަކައެވެ.

މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ތިމާއަށް އުފާވެރިކަމާއި މޮޅު ގޮތް ހޯދުމުގެ ދަހވެތިކަމުގައި އެއްވެސް މީހަކު ނިކަމެތިކޮށްނުލާށެވެ! ޚާއްޞަކޮށް ބައިވެރިޔާގެ ލޮލުން ކަރުނަ އޮހޮރަން ނުޖައްސުވާށެވެ! ނިކަމެތިކޮށްލެވުނު މީހާ ކުރާ އެންމެ ދުޢާއަކުންވެސް، އޭނާގެ ލޮލުން ވައްޓައިލާ އެންމެ ކަރުނަތިއްކަކުންވެސް އަނިޔާދޭ މީހާގެ މުޅި މުސްތަޤްބަލް ބަނަވެގެން ހިނގައިދާނެއެވެ. ދިރިއުޅުން ބަނގުރޫޓުވެ މުޅި ޢުމުރަށް ގަދަވޭނުގައިވެސް އުޅެންޖެހިދާނެއެވެ.

އަދި ކީއްހެއްޔެވެ؟ މީހަކަށް ދެރައެއްދިފައި ހޯދާ އުފަލެއް އެމީހަކާއިއެކު ދެމިނުއޮންނާނެއެވެ! އެމީހާއަށް އެންމެ ބޮޑަށް ބޭނުންޖެހޭ ވަގުތު އެމީހާ ހިތްދަތިކޮށްފައި އެމީހަކާއި ވަކިވެގެންދާނެއެވެ. މިއީ އަބަދުވެސް ދުނިޔެއިން ފެންނަމުންދާ ކަންކަމެވެ.

ނިކަމެތިކަން ލިބިގެންދާ މީހާއަށް ބުނެލަން އޮތީ މާޔޫސްނުވާށެވެ! ތިބާ ހުރީ ޙައްޤުމަގުގައިނަމަ ތިބާއަށް ރަޙްމަތް ލައްވަވާނެތެވެ. ﷲ ތަޢާލާއަށް ވަކީލުކުރާ އަޅުންނަށް ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން