ވައިގެ އުނދަގޫ ބޮޑު މީހަކަށް ހޮޑުލެވިއްޖެނަމަ ރޯދަގެއްލޭނެތަ؟
ވައިގެ އުނދަގޫ ހުއްޓަސް ނެތަސް ރޯދަގެއްލޭނީ ޤަޞްދުގައި ހޮޑުލުމުންނެވެ. މީހަކަށް އޭނާގެ ޤަޞްދާއި ނުލައި ހޮޑުލެވުމަކުން ރޯދައެއް ނުގެއްލޭނެއެވެ! އަދި މާބޮޑަށް ހޮޑުލެވި ރޯދައަށް ނުހުރެވޭ ވަރަށް ވަރުބަލިވެއްޖެނަމަ އެދުވަހުގެ ރޯދަ ދޫކޮށްލައި ފަހުން ޤަޟާކުރުމަކުންވެސް މައްސަލައެއް ނެތެވެ. މިބާވަތުގެ ކަންކަމުގައި އޮތީ އެމީހަކު އިޚްލާޞްތެރިވުމެވެ. ﷲ ތަޢާލާ ތިމާގެ ޙާލު ދެކެދެނެވޮޑިގެންވާކަން ޤަބޫލުކޮށްގެން ކަންކަން ކުރުމުން ކުރިއަށް ދެވޭނީ ރަނގަޅު މަގުންނެވެ. އިން ޝާ ﷲ
ރޯދަވެރިޔާ ދަންނާށެވެ!
- ނިދީގައި އިޙްތިލާމްވުމަކުން (ނިދިގައި ޖުނުބުވެރިވުމަކީ) ރޯދަގެއްލޭ ކަމެއް ނޫނެވެ.
- ޙައިޟް (ޕީރިއަޑް)ވީ އިރުއޮއްސުނުފަހުން ކަމަށްވާނަމަ އެދުވަހު ހިފި ރޯދަ ޞައްޙަވާނެއެވެ.
- ރޯދައަށް ހުއްޓައި ހަނދާން ނެތިގެން ކެވުމަކުން ރޯދައެއް ނުގެއްލޭނެއެވެ. ހަނދާންވީ ހިސާބުން ކެއުން ހުއްޓާލައި ރޯދައާއިގެން ކުރިއަށްދާށެވެ