އިސްތިޚާރާ ކުރުމަށްފަހު މިދުޢާގެ މަތީގަ މިމަގުން ޘާބިތުވާ މީހަކަށް އޮތީ އުފާވެރިކަން އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އިސްތިޚާރާ ކުރުމަށްފަހު މިދުޢާގެ މަތީގަ މިމަގުން ޘާބިތުވާ މީހަކަށް އޮތީ އުފާވެރިކަން އިން ޝާ ﷲ

"ޔާ ﷲ! އިނބަ ﷲ ގެ ދީނުގައި ޘާބިތުވެހުރުމުގެ ތައުފީޤް މިއަޅާއަށް ދެއްވަވާނދޭވެ! ހިނދުކޮޅަކަށް ނަމަވެސް އިނބަ ﷲ ގެ ރަޙްމަތުން މިއަޅާ މަޙްރޫމް ނުކުރައްވަވާނދޭވެ! މިއަޅާގެ ދުނިޔަވީ ޙަޔާތަކީ މިއަޅާއަށް ރަހްމަތެއް ކަމުގައި ލައްވަވާނދޭވެ!" 

ކައިވެނިކުރުމާއިމެދު އިސްތިޚާރާކޮށް ދުޢާކުރުމަށްފަހު މިފަދަ ދުޢާއެއް ކުރުންމަތީގައި ހުންނާށެވެ! މުހިންމީ އަވަހަށް ކައިވެނި ކުރެވުމަށް އެދުމެއް ނޫނެވެ. ﷲ ތަޢާލާގެ ރަޙްމަތަށް އެދި ދަންނަވަމުން ގެންދިއުމެވެ.  

އިސްތިޚާރާ ކުރުމަކީ ޖަވާބުގައި މުޢްޖިޒާތްތައް ފެންނަ ކަމެއް ނޫނެވެ. އަދި ކަންތައް ކުރަންވީ ގޮތް ހުވަފެނުންވެސް ނުފެނިދާނެއެވެ. ނަމަވެސް އިސްތިޚާރާ ކުރުމަށްފަހު ހިތަށް ހަމަޖެހުން ލިބޭނަމަ އެއީ ހެޔޮފާލެކެވެ. އަވަސްއަރުވާލަން ބޭނުންވެ ތެޅި ނުފޮޅި ކެތްތެރިވެވޭނަމަ އެއީވެސް ހެޔޮ ފާލެކެވެ.  

ބައެއް މީހުންނަށް އިސްތިޚާރާކުރާ ފަހުން އޭނާ ބޭނުންވި މީހާ ނޫން އެހެން މީހަކާއިވެސް ކައިވެނިކުރެވެން އެބަ މެދުވެރިވެއެވެ. އެއީވެސް ﷲ ތަޢާލާގެ ރަޙްމަތްފުޅުން މެދުވެރިވާ ކަމެކެވެ. އެމީހަކަށް ރަނގަޅަކަށްޓަކައި މިންވަރުކުރައްވަވާ ކަމެކެވެ. އެޙާލަތުގައި އެކައިވެންޏަށް ދެކޮޅު ނުހަދާށެވެ. އެއީ ﷲ ތަޢާލާ ތިބާއަށް ދެއްވެވި ބައިވެރިޔާކަން ޤަބޫލުކޮށް ކައިވެނިކޮށް އުފަލުގައި ދިރިއުޅެން މަސައްކަތްކުރާށެވެ!  

ކައިވެނިކުރަންވީ މީހަކު ދެކެވާ ލޯތްބަށްޓަކައެއް ނޫނެވެ. އުފާވެރި ދިރިއުޅުމަކަށް އެދިގެންނެވެ. ކައިވެނީގެ ތެރެއިން ޙާޞިލުކުރަން މަސައްކަތްކުރަންވީ ދުނިޔޭގެ އުފާތަކެއް ނޫނެވެ. ތަޤްވާވެރިކަމެވެ. ޢާޚިރަތެވެ. އެންމެ ކާމިޔާބު ކައިވެންޏަކީ އެއީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން