ކުރިމަތިވީ ހިތްދަތިކަން ކަމަށްވިޔަސް ދަތިއުނދަގޫ ޙާލަތެއް ނަމަވެސް އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކުރިމަތިވީ ހިތްދަތިކަން ކަމަށްވިޔަސް ދަތިއުނދަގޫ ޙާލަތެއް ނަމަވެސް އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު!: ޢުމަރު ސުލައިމާން

ތިމާއަށް ކުރިމަތިވެފައިވަނީ ކޮންމެ މުޞީބާތެއް ނަމަވެސް އެކަމުގެ ކުޑަބޮޑުމިނަށް ނުބަލާށެވެ! ކުރިމަތިވީ ހިތްދަތިކަން ކަމަށްވިޔަސް އަދި ދަތިއުނދަގޫ ޙާލަތެއް ނަމަވެސް އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު ސުންނަތުން ފެންނަން އެބައޮތެވެ.  

އެއީ އިސްތިޣްފާރުކުރުމެވެ. އިސްތިޣްފާރުކުރުމުން ހަމައެކަނި ފާފަ ފުއްސަވައިދެއްވަވަނީއެއް ނޫނެވެ. އިސްތިޣްފާރުކުރުން ގިނަކުރުމަކީ ކުރިމަތިވާ މުޞީބާތްތަކުން އަރައިގަނެވޭނެ މަގެއް އެމީހަކަށް ދައްކަވާނެ ކަމެއްކަން ޙަދީޘްފުޅުން އެނގެން އޮތުމުންނެވެ.  

ވިސްނާށެވެ! އިސްތިޣްފާރުކުރުންމަތީގައި މީސްތަކުން ތިބިނަމަ އެބައެއްގެ މައްޗަށް ޢާންމުވެގެންވާ ކޯފާއެއް ނުފޮނުއްވަވާނެކަންވެސް އެނގެން އެބައޮތެވެ. ވީމާ އެކަމުން އެނގެނީ އިސްތިޣްފާރުކުރުންމަތީގައި ދެމިހުންނަ މީހާއަށް ކުރިމަތިވާ މުޞީބާތްތަކުން އެމީހަކު ސަލާމަތްކުރައްވަވާނެ ކަމެވެ. އެމީހަކު އެކަމުގައި ހަލާކުވެގެންދާން ދޫކޮށް ނުލައްވަވާނެ ކަމެވެ.  

ދެއިރުގެ ޛިކުރުގެ ތެރޭގައި ސައްޔިދުލްއިސްތިޣްފާރުކިޔާށެވެ! އަދި ކޮންމެ ދުވަހަކުވެސް މަދުވެގެން 100 ފަހަރު "އަސްތަޣްފިރުﷲ" ފަދަ ކުރު ޛިކުރެއް ނަމަވެސް ކިޔާށެވެ! އަދި އަސްތަޣްފިރުﷲ ނުކިޔައި ގިނަ ވަޤުތުތަކެއްވަންދެން ނުހުންނާށެވެ!  

ގިނަގިނައިން އިސްތިޣްފާރުކުރާ މީހަކަށް ދެފައިދާ އެބައޮތެވެ. ފުރަތަމަ ކަމަކީ ކުރިމަތިވާން އަންނަ ދަތި އުނދަގޫ ކަންކަން ތިމާއަށް ފޯރުން ކުޑަވުމެވެ. ދެވަނަ ކަމަކީ ކުރިމަތިވާ ކަންކަމުން ސަލާމަތްކޮށްދެއްވެވުމެވެ.

 

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން  

 

މިއަދު އޮންލައިން