ކައްވަޅުގެ ފުރަތަމަ ރޭ- އުފަލުން ފުރިގެންދާނެ! ނޫންނަމަ ބިރުވެރިކަމުން ފުރިގެންވާ އަލިފާނުގެ ވާދީއަކަށް!: ޝައިޚް މުޙައްމަދު ބާޖައުރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
ކައްވަޅުގެ ފުރަތަމަ ރޭ- އުފަލުން ފުރިގެންދާނެ! ނޫންނަމަ ބިރުވެރިކަމުން ފުރިގެންވާ އަލިފާނުގެ ވާދީއަކަށް!: ޝައިޚް މުޙައްމަދު ބާޖައުރު

ފުރަތަމަވެސް ފަށަން ބޭނުންވަނީ ﷲ ތަޢާލާގެ ދީލަތިވަންތަކަން ބޮޑުކަމުންނެވެ. އިމްތިޙާނުގެ ސުވާލުތައް އެތައް އެމީހެއްގެ ޢުމުރު ފެށޭތަނުން ދޭނީ ކޮން އިމްތިޙާން ސެންޓަރަކުން ހެއްޔެވެ؟ ނަމަވެސް ﷲ ތަޢާލާ މިވަނީ ދެއްވަވައިފައެވެ. މިބުނަނީ މަރުވެ ވަޅުލެވުމުން ކައްވަޅުގައި މަލާއިކަތުން ވަޑައިގެން ކުރައްވަވާނެ 3 ސުވާލުގެ ވާހަކައެވެ.  

ދެން އޮތް ސުވާލަކީ އެހައިކުރިން ސުވާލުތައް ދެއްވަވަނީ ކީއްވެގެން ހެއްޔެވެ؟ ޖަވާބަކީ ޖަވާބުދޭން ތައްޔާރުވުމަށެވެ. ވީމާ މުޅި ޢުމުރު ހޭދަވެގެންދާއިރު ޖަވާބުދޭން ތައްޔާރުނުވެވޭނަމަ އަހުރެމެންނަށް މިކުރެވުނީ ކޮންކަމެއް ހެއްޔެވެ؟  

3 ސުވާލަށް ޖަވާބު ދެވިއްޖެނަމަ އެމީހެއްގެ ކައްވަޅާއި ސުވަރުގެ ގުޅިގެންދާނެއެވެ. އެމީހަކަށް ﷲ ތަޢާލާގެ ރަޙްމަތް ލިބެން ފަށާނެއެވެ. ސުވަރުގޭގެ ހުވަނދާއި ފޭރާން ލިބޭނެއެވެ. ކައްވަޅަކީ 2 ފޫޓު 6 ފޫޓުގެ ވަޅެއް ކަމަށް އަހުރެމެންނަށް ސިފަކުރެވުނަސް އެކައްވަޅު ލޮލުގެ ކޮޅަސް ނުފެންނަހައި ބޮޑުވެ ތަނަވަސްވެގެންދާނެއެވެ.  

އަދި ކީއްހެއްޔެވެ؟ ކައވަޅުގައި އެކަނިވެރިއެއް ނުވާނެއެވެ. އެމީހަކު ކުރި ހެޔޮ ޢަމަލުތައް އެމީހަކާއިއެކުގައިވާނެއެވެ. ޤިޔާމަތާއި ހަމައަށެވެ.  

ނޫންނަމަ ބިރުވެރިކަމުން ފުރިގެންވާ އަލިފާނުގެ ވާދީއަކަށްބަދަލުވެގެންދާނެ ކަމަށް މިބުނާ ސަބަބަކީ 3 ސުވާލަށް ޖަވާބު ނުދެވިއްޖެނަމަ އެމީހެއްގެ ކައްވަޅު ގުޅިގެންދާނީ ނަރަކައާއިއެވެ. އެމީހަކާއިއެކުގައިވާނީ ކުރި ފާފަތަކެވެ. އެފާފަތަކުގެ ސަބަބުން ޤިޔާމަތާއި ހަމައަށްވެސް އޮންނަން ޖެހޭނީ ޢަޛާބު ލިބިލިބިއެވެ.

 

- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން

މިއަދު އޮންލައިން