ތިބާކުރާ ކުޑަކުޑަ ޞަދަޤާތަކީ ތިބާ ސުވަރުގެ ވައްދަވާ ސަބަބުކަމަށްވުމަކީ ގާތްކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ތިބާކުރާ ކުޑަކުޑަ ޞަދަޤާތަކީ ތިބާ ސުވަރުގެ ވައްދަވާ ސަބަބުކަމަށްވުމަކީ ގާތްކަމެއް!: މުފްތީ މެންކް

ކޮންމެ ދުވަހަކު ތިބާ ކުރާ ޚަރަދުތަކަށްބަލައިފިނަމަ އެންމެ ޑޮލަރަކީ ތިބާއަށް އެއްވެސް އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް ޙާލުގައި ޖެހިފައި ހުރި މީހަކަށް އެ އެންމެ ޑޮލަރަކީ އޭނާ އާއި އޭނާގެ ޢާއިލާއަށް ބޮޑު ބަދަލެއް ގެނެސްދޭނެވަރުގެ ބޮޑު އެހީއަކަށްވެދާނެއެވެ! އެޙާލުގައި ތިބި ނިކަމެތިން މަދެއް ނޫނެވެ.

އަދި ކީއްހެއްޔެވެ؟ އެނިކަމެތި މީހާ ތިބާއަށްޓަކައި ކުރާ ހެޔޮ ދުޢާއަކީ ތިބާ ކުރާ އަޅުކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ސަބަބުކަމުގައިވެދާނެއެވެ! އަދި އޭނާގެ ދުޢާއަކީ ތިބާ ސުވަރުގެ ވައްދަވާނެ ސަބަބުކަމުގައިވެސްވެދާނެއެވެ.

މިބަހުގެ ބޭނުމަކީ ކޮންމެހެން ދުވާލަކު އެންމެ ޑޮލަރެއް ޞަދަޤާތްކުރުމެއް ނޫނެވެ. ތަނަވސްކަންހުރި މިންވަރަކުން ވީހައި ގިނައިން ޞަދަޤާތްކޮށް ﷲ ތަޢާލާގެ ރަޙްމަތުން ފާފަ ފުއްސަވައި ސުވަރުގެ ވައްދަވާ އަޅަކުކަމުގައިވުމަށް މަސައްކަތްކުރާށެވެ.

މިބުނި ބަހުގެ މުރާދަކީ އެމީހަކަށް ދެވެން އޮތް މިންވަރަކީ އެންމެ ޑޮލަރެއް ނަމަވެސް އަދި އެއަށްވުރެ މަދުންނަމަވެސް ދީގެން ކޮންމެ ދުވަހަކުވެސް ޞަދަޤާތްކުރާ އަޅަކުކަމުގައިވުމެވެ. ކޮންމެ މީހަކީވެސް އެމީހަކަށް ވެވެން އޮތް މިންވަރަކުން ޞަދަޤާތްކުރާ މީހަކަށްވުމެވެ.

ނަރަކައިން ސަލާމަތްވުމަސްޓަކައި ކަދުރުއޮށެއްގެ ފަޅިވަރެއް ނަމަވެސް ޞަދަޤާތްކުރާ މީހަކަށްވުމަށް އޮތް ޙަދީޘްފުޅަށް ޢަމަލުކުރާ މީހަކުކަމުގައިވުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން