ޤިޔާމަތް ދުވަހު ކީރިތި ޤުރްއާން ހިތުދަސް މީހެއްގެ ދަރަޖައިގަ މަޙްޝަރު ކޮށްދެއްވެވުމަށް އެދެމުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ޤިޔާމަތް ދުވަހު ކީރިތި ޤުރްއާން ހިތުދަސް މީހެއްގެ ދަރަޖައިގަ މަޙްޝަރު ކޮށްދެއްވެވުމަށް އެދެމުތަ؟

ހިތް ކިތަންމެ ގައުނަމަވެސް ޙާފިޡަކަށްވުމަށް ނިޔަތް ގަނެގެން މަސައްކަތް ފެށުމުގެ ފައިދާ ވަރަށް ބޮޑެވެ. ރަނގަޅަށް ވިސްނާށެވެ! ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ ނިޔަތުގައި ދުވާލަކު އެންމެ އާޔަތެއް ދަސްކުރަމުން ދަނިކޮށް އެމީހަކު މަރުވީއެވެ.

ﷲ ތަޢާލާ މީސްތަކުންނަށް ޖަޒާދެއްވަވަނީ އެމީހާގެ ނިޔަތުގެ މައްޗަށާއި ނިޔަތާއި އެއްގޮތަށް ޢަމަލުކުރަމުން އައި ގޮތުގެމައްޗަށެވެ. އެހެންކަމުން ކީރިތި ޤުރްޢާން ހިތުދަސްކުރުމުގެ ނިޔަތުގައި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަން ފަށައި ދުވާލަކު އެންމެ އާޔަތެއް ނަމަވެސް ދަސްކުރަމުން ދަނިކޮށް އެމީހަކު މަރުވެއްޖެނަމަ އެމީހަކަށް އެހައިތަނަށް ދަސްކުރެވިފައިވަނީ ކިތަންމެ މަދު އާޔަތެއް ނަމަވެސް އެމީހަކު މަޙްޝަރުކުރައްވަވާނީ ޙާފިޡެއްގެ ގޮތުގައެވެ. ޙާފިޡެއްގެ ދަރަޖައިގައެވެ.  

ޙާފިޡަކަށްވުމުގެ ވާހަކަ ދައްކާއިރަށް ގިނަބައެއްގެ ގައިން ހީބިހިނަގަންފަށައެވެ. ފެންނަނީ ހިތުދަސްކުރަންޖެހޭ ބޮޑު ފޮތެވެ. ޞަފްޙާތަކުގެ ގިނަކަމެވެ. އެތައް ހާސް އާޔަތެއް ހިތުދަސްކުރަންޖެހޭ ކަމެވެ.  

އަހުރެން ބުނާނީ ބިރުނުގެން، ފަސް ނުޖެހި ޙާފިޡަކަށް ވުމަށް އަވަހަށް ނިޔަތް ގަންނާށެވެ! އެކަމަށް މަސައްކަތްފަށާށެވެ! މިރޯދަމަހުވެސް އެކަމަށް މަސައްކަތްފަށާށެވެ. ޙާފިޡެއްގެ ދަރަޖައިގައި މަޙްޝަރުކުރައްވަވައިފިނަމަ އެމީހަކަށް ހުރި އުފާވެރިކަމެއްގެ ބޮޑުކަމާއެވެ! އެމީހަކުވާނީ ސުވަރުގޭގައެވެ. އިން ޝާ ﷲ  

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން