ތިބާގެ ގެއަށް ރަޙްމަތް ލައްވަވައި ތިބާއަށް އެކަމުގެ ފައިދާކުރަން ބޭނުންވޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ތިބާގެ ގެއަށް ރަޙްމަތް ލައްވަވައި ތިބާއަށް އެކަމުގެ ފައިދާކުރަން ބޭނުންވޭތަ؟

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ބޭނުންވާނެ ކަމަކީ ތިމާއަށް ﷲ ތަޢާލާ ރަޙްމަތް ލެއްވެވުމެވެ. ތިމާގެ ގެއަށް ބަރަކާތް ލެއްވެވުމެވެ. އެކަމަކު ގޭގައި ނަމާދުކޮށް އަޅުކަން ނުކުރާނަމަ، ޛިކުރުކޮށް ޤުރްއާން ނުކިޔަވާނަމަ އެކަންކަން ޙާޞިލުކުރެވޭނީ ކިހިނަކުން ހެއްޔެވެ؟

ނިކަން ވިސްނައިލަބަލާށެވެ! ތިބާގެ ގެއަކީ އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ގެއެކެވެ. 10، 12 ބުރިއަށް ހަދާފައިވާ ގެއެވެ! އެކި ސައިޒުން ބޮކިތައް ލައި އަލިކުރެވިފައިވާ ގެއެކެވެ. ނަމަވެސް ތިބާގެ ގޭގައިު ކީރިތި ޤްރްއާނުން އެންމެ އަކުރެއްވެސް ނުކިޔަވައެވެ.

އަވަށްޓެރިޔާގެ ގޭގައި އެންމެ ކުޑަމިނުން ކަރަންޓެއްވެސް ނެތެވެ. ބޭނުން ކުރަނީ ފުޅިބައްތިއެވެ. ނަމަވެސް އެގޭގެ އެންމެންވެސް ކީރިތި ޤްރްއާން ކިޔަވައެވެ. ޤުރްއާނުގެ އަޑުން މުޅި ގެ ގުގުމުވާލައެވެ!

އެހާލުގައިވެސް ކީރިތި ޤްރްއާން ކިޔަވާ މީހާއަށް ﷲ ތަޢާލާ ދެއްވަވާނެ ޘަވާބު ހިތަށް ގެންނާށެވެ! އެގެއަށް ވަދެވަޑައިގަންނަވާނެ ރަޙްމަތުގެ މަލާއިކަތުންގެ ޢަދަދަށާއި ލައްވަވާނެ ބަރަކާތް ހިތަށް ގެންނާށެވެ! އެކަންކަން މިދުނިޔޭގައ އިޙްޞާޞް ނުކުރެވިދާނެއެވެ. ނަމަވެސް ޤިޔާމަތް ދުވަހު ދައްކަވާނެތެވެ! އިން ޝާ ﷲ

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން