ކަމެއްކުރަން އުނދަގޫވިޔަސް އަދި ނުކުރެވުނަސް ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރާއަޅުންނަށް ހިންމަވައި ދެއްވަވާނެ! އިން ޝާ ﷲ:

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ކަމެއްކުރަން އުނދަގޫވިޔަސް އަދި ނުކުރެވުނަސް ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރާއަޅުންނަށް ހިންމަވައި ދެއްވަވާނެ! އިން ޝާ ﷲ:

އަހުރެމެން ކުރަން އުޅޭ ބައެއް ކަންކަން ކުރަން އުނދަގޫތައް ކުރިމަތިވެއެވެ. އަދި ބައެއް ކަންކަން ކުރަން ބޮޑެތި ހުރަސްތައްވެސް އެޅެއެވެ. މިޙާލަތުގައި ވިސްނައިލާށެވެ!

އުނދަގޫތައް ފަސޭހައަށް ބަދަލުކުރައްވަވައި، ނުވާނެ ކަމަށް ބެލެވޭ ކަންކަން ވާނެ ގޮތް މެދުވެރި ކުރައްވަވަނީ ހަމައެކަނި ﷲ އެވެ. ﷲ އަށް ވަކީލުކޮށްފި މީހަކަށް އެކަލާނގެ ފުދި ވޮޑިގެންވެއެވެ.

ކަންކަން ނުވެގެން މިއުޅެނީ އަޅުގަނޑުމެން އަމިއްލައަށް ކަންކަން ކުރަން އުޅޭތީއެވެ! މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތްކުރަމުން އެކަލާނގެ ޙަޟްރަތުން ވާގިއެދިގެން ކަންކަން ކުރަން އުޅުމުން ކޮންމެ ކަމަކީވެސް ކާމިޔާބުކުރެވޭނެ ކަމެކެވެ.

އަހުރެމެންނަށް އޮތީ ﷲ ތަޢާލާ އާއި ކުއްތަންވާން މަސައްކަތްކުރުމެވެ. ކިޔަމަންތެރިކަން އަދާކުރުމެވެ. އަދި ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ވަކީލްކުރުމެވެ. އެއިރުން އެމީހާއަށް ބޭނުންވާ ހުރިހާ ކަންކަން ﷲ ތަޢާލާ ހިންމަވައި ދެއްވަވާނެތެވެ. އެކަންކަން ޙާޞިލުނުކުރެވޭނެ ކަމަށް އަހުރެމެންނަށް ޤަބޫލުކުރެވިފައި ހުންނަ ކަންކަން ވެސް އަހުރެމެންނަށް ޙާޞީލްވެގެންދާނެއެވެ.

ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވާން މަސައްކަތްކުރާ އަޅުތަކުންގެ ހުރިހާ ބޭނުންތައް ފުއްދަވައި ދެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ. އަދި އެކަންކަމަކީ އަހަރެމެންނަށް ނުކުރެވޭނެ ކަންކަން ކަމަށް ހީޚުރެވޭ ހުރިހާ ކަންކަން އެކުގައި އެއްފަހަރާ ހިންމަވައި ދެއްވެވުމަށްވެސް އެކަލާނގެ ކުޅަދުންވަންތަކަމެވެ.

 

މިއަދު އޮންލައިން