ނަމާދުކުރަން ފަރުވާކުޑަކުރެވިފައިވާ މީހުންނަށްވެސް މާޔޫސްވާކަށް ނުޖެހޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ނަމާދުކުރަން ފަރުވާކުޑަކުރެވިފައިވާ މީހުންނަށްވެސް މާޔޫސްވާކަށް ނުޖެހޭ!

ފަރުޟް ނަމާދުތައް ކުރުމުގައި ކުރިން ވަރަށް ބޮޑަށް އިހްމާލުވެ ގިނަ ދުވަސްތަކެއްވަންދެން ނަމާދުނުކޮށް ތިބެފައިވެސް ނަމާދުކުރަން ބޭނުންވާ ބައަކު އުޅެއެވެ. އެއީވެސް ކަންބޮޑުވެ މާޔޫސްވާންޖެހެންވީ ސަބަބެއް ނޫނެވެ. އެމީހުންނަށް އޮތީ ތައުބާވުމެވެ. ތައުބާވެ ނަމާދުކުރަން ފަށައި ފަރުޟު 5 ނަމާދު އަދާކުރުންމަތީގައި ދެމިތިބުމެވެ. 

ވިސްނުންތެރިކަމާއިއެކު ވިދާޅުވެލައްވާށެވެ! 

ނަމާދަކީ ދީނުގެ ތަނބެވެ. އަޅާއާއި ކާފިރުކަމާއި މެދު ތަފާތުކޮށްދޭ އެއްޗަކީ ނަމާދެވެ. އެހެންކަމުން ކުރިން ނަމާދުތަކެއް ދޫކޮށްލެވިފައިވަނީ ނަމަ، އެކަމުން ތައުބާވެ އާފެށުމަކުން ފަށާށެވެ. އަދި ކުރިން ދޫކޮށްލެވިފައިވާ ނަމާދުތައް ގަޟާ ކުރުމެއް ނެތެވެ.

ނަމާދަކީ އެއްފަހަރުކޮށްފައި އަނެއް ފަހަރު ނުކޮށް ދޫކޮށްލަން އޮންނަ އެއްޗެއް ނޫނެވެ. އެހެންކަމުން ފަސްވަގުތު ނަމާދު ކުރުމަށް ރައްކާތެރިވާށެވެ. والله أعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން