އަހުރެން ނިޞްބަތްވަނީ ސިޑްނީގެ މިސްކިތަކަށެވެ. އެމިސްކިތަށް ކޮންމެ ރެއަކު 3.30 ގައި މީހަކު އައުދެއެވެ. ފަޖުރުލަންދެން އޭނާ 2 ރަކްޢަތުން ދެރަކްޢަތުން ނަމާދު ކުރެއެވެ. މިސްކިތުން ފައިބައިގެންދާނީ ފަތިސްނަމާދުކޮށްގެންނެވެ.
އެއްރެއަކު އޭނާ އައިސް އެގޮތަށް ނަމާދުކުރަން ފެށިއެވެ. އެތައް ނަމާދެއް ކޮށްފައި އެންމެ ފަހުރަކްޢަތުގައި ސަޖިދައަށް ގޮސްފައި ނުތެދުވެ ގިނައިރުވެގެން ބެލިއރު އޮތީ މަރުވެފައެވެ. ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަންވެގެން ޞިއްޙީ ރެކޯޑްތައް ބެލިއިރު އޭނާއަށް ދާދިފަހުން ވަނީ ސީރިޔަސް ބައްޔެއް ޖެހިފައެވެ. ޑޮކްޓަރުން ވަނީ އޭނާއަށް ގެއިން ނުނުކުތުމަށް އަންގައިފައެވެ.
ފަހުން އެނގުނު ގޮތުގައި އޭނާ އެދެމުން އައީ ސަޖިދައިގައި އޭނާގެ ފުރާނަ ހިއްޕެވުމަށެވެ. އެހެންވެ ސަޖިދަކުރުން ހުއްޓައިނުލީއެވެ.
މީސްތަކުންނޭވެ! އޭނާއަށް ލިބުނީ އެންމެ ރަނގަޅު ނިމުމެކެވެ. ނަމަވެސް އެމަތިވެރި ނިޢުމަތް އޭނާއަށް އެލިބުނީ އެނިޢުމަތް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރީއެވެ. ކޮންމެ ނިޢުމަތެއްވެސް ލިބޭނީ އެ ނިޢުމަތް ލިބިގަންނަން މަސައްކަތްކުޜާ މީހަކަށެވެ. އެކަމަށް އެދިފައި ދެއަތް އުރާލައިގެން ހުޓައެއް ނުލިބޭނެއެވެ.