ތިބާގެ ދިރިއުޅުމުގެ ތެރެއަށް ވަނުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނުދިނުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ތިބާގެ ދިރިއުޅުމުގެ ތެރެއަށް ވަނުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނުދިނުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަންތައް!

އަހުރެން ފަށާނީ ބުއްދިވެރިއަކު ބުނެފައިވާ ބަސްކޮޅަކުންނެވެ. އޭނާ ބުނެފައިވަނީ "ގޭގެ ތަޅުދަނޑި އެއްވެސް މީހެއްގެ އަތަށް ދީފިނަމަ އޭނާ ގެއަށް ވަންނާނެއެވެ. ގެއަށްވަނީމާ އޭނާ ކުށްވެރިކުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ޙައްލަކީ އެއްވެސް މީހެއްގެ އަތަށް ގޭގެ ތަޅުދަނޑި ނުދިނުމެވެ." 

އޭނާ ވަރަށް ސާފުކޮށް އެބުނަނީ އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންތަކެވެ. މިޒަމާނުގައި ތިމާއަށް އެކަމަކުން ފައިދާކުރާނެ ކަމެއް ފެނިއްޖެނަމަ އެކަމެއް ކުރަން އެންމެންވެސް އަވަސްވެގަންނާނެއެވެ. އެކަމުން އަނެކާއަށް ލިބިދާނެ ދެރައަކަށް ނުވިސްނާނެއެވެ. އެއީ ކިތަންމެ ގާތް މީހަކު ކަމަށްވީނަމަވެސްމެއެވެ. އެންމެ ގާތް އެކުވެރިޔާކަމަސްވީނަމަވެސްމެއެވެ. 

ވިސްނާށެވެ! ބުއްދިވެރިޔާ އެބުނާ ތަޅުދަނޑިއަކީ ބައިވެރިޔާގެ ވާހަކަތައް ކިޔައިދިނުމެވެ. ބައިވެރިޔާގެ ހުރި ރަނގަޅުކަމާއި ތިމާއަށް ކޮށްދޭ ކަންކަމުގެ ވާހަކަތަކެވެ. ބައިވެރިޔާގެ ކިބައިގައި ހުންނަ ބަލިފައިގެ ވާހަކަތަކެވެ. 

ބުއްދިވެރި ގޮތަކީ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައްވެސް ކިޔައި ނުދިނުމެވެ. ޚާއްޞަކޮށް ތިމާއަށް ގޯސްކޮށް ކުރެވޭ ކަންކަމުގެ ވާހަކަ ކިޔައިނުދޭށެވެ! އެއިރުން އެފަދަ ކަމެއް ތިމާގެ ފުށުން ނުފެންނާނެކަމުގެ ޔަޤީންކަން ބައިވެރިޔާއަށް ދީގެން އޭނާ ލަންބުވައިލުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.

 

- ޢިލްމްވެރިއަކު ދައްކަވާފައިވާ ވާހަކަފުޅަކުން

މިއަދު އޮންލައިން