ﷲ ތަޢާލާ ނިޢުމަތެއް ދެއްވަވައިފިނަމަ އަނބިދަރިންނަށާ ޢާއިލާއަށް އަދި އެމީހެއްގެ ފެންވަރުން ވީހާ ގިނަބައަކަށް އެހީތެރި ނުވުމަކީ ނިޢުމަތް އަނބުރާ ގެންދަވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
ﷲ ތަޢާލާ ނިޢުމަތެއް ދެއްވަވައިފިނަމަ އަނބިދަރިންނަށާ ޢާއިލާއަށް އަދި އެމީހެއްގެ ފެންވަރުން ވީހާ ގިނަބައަކަށް އެހީތެރި ނުވުމަކީ ނިޢުމަތް އަނބުރާ ގެންދަވާ ކަމެއް!

ބައެއް މީހުންނަށް ތަނަވަސްކަން ދެއްވަވަތެވެ. އަނެއްބައި މީހުންނަށް ބާރުވެރިކަން ދެއްވަވަތެވެ. އަނެއްބައި މީހުންނަށް ފައިސާ އާއި ބާރުވެރިކަމާއި 2 ނިޢްމަތްވެސް ދެއްވަވަތެވެ. މީހަކަށް  ނިޢުމަތްތައް ދެއްވެވުމުން އެމީހަކު ބޭނުންނަމަ ބައެއް ކަންކަން ކުރުމުގެ އިޚްތިޔާރުވެސް ވަނީ ދެއްވަވައިފައެވެ. 

ވީމާ ތިމާގެ ތަނަވަސްކަމުން ނުވަތަ ލިބިފައިވާ ބާރަކުން ކަމެއް ކުރެވުނު ނަމަވެސް އެއީ ތިމާގެ ހުރި މޮޅުކަމުން ކުރެވުނު ކަމެއް ކަމަށް ނުދެކޭށެވެ. އެކަން ހިންމަވައި ދެއްވަވާ ފަރާތަކީ ހަމަ ﷲ ތަޢާލާއެވެ. އަދި ކީއްހެއްޔެވެ؟ 

ﷲ ތަޢާލާ ބޭނުންފުޅުވެ ވޮޑިގެންފިނަމަ ފަޅި ސިކުންތެއްގެ ތެރޭގައިވެސް އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ ހުރިހާ ނިޢުމަތްތަކެއް އަނބުރާ ގެންދެވުމަށްވެސް ކުޅަދުންވަންތައެވެ. އެހެންވެ ގެންދަވާފައިވެސް އެބަހުއްޓެވެ. އަދި މިހާރުވެސް ގެންދަވައެވެ. އެކަން މީސްތަކުންގެ ލޯތަކަށްވެސް ދައްކަވަތެވެ. ދައްކަވަނީ ޢިބްރަތް ޙާޞިލުކޮށް މީހާ ﷲ ތަޢާލާގެ މަގުގައި ސާބިތުވޭތޯއެވެ. 

މިކަންކަން ހަމަ ކޮންމެ މުސްލިމަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ޤަބޫލުވެސް ކުރެވޭނެއެވެ. އެނގި ޤަބޫލުކުރެވޭއިރުގައިވެސް ޤަބޫލުކުރެވޭކަން ޢަމަލުތަކުން ނުދެއްކެނީއެވެ. 

ޤިޔާމަތް ދުވަހު މީސްތަކުންނަށް ޢަޛާބު ދެއްވަވަނީ ދުނިޔޭގައި އުޅުނުއިރު މިކަންކަމަށް ދެލޯ ކަނުކޮށްގެން އުޅުނީތީއެވެ. ވިސްނައިވެސް ނުލައި ޢުމުރު ހޭދަކޮށްލީތީއެވެ. އެހެން ޢިބާރާތަކުން ބުނާނަމަ އަމިއްލައަށް ޢަޛާބް ލިބިގަތީތީއެވެ. 

ވީމާ މީސްތަކުންނަށް ބުނެލަން ބޭނުންވަނީ ﷲ ތަޢާލާ ތިބާއަށް ނިޢުމަތެއް ދެއްވަވައިފިނަމަ ކިޔަމަންތެރިކަން އިތުރުކުރާށެވެ. ތަޤްވާވެރިވާށެވެ. އަނބިދަރިންނަށާއި ޢާއިލާއަށް އަދި އެމީހެއްގެ ފެންވަރުން ވީހާ ގިނަބައަކަށް އެހީތެރިވާށެވެ! އަދި ﷲ ތަޢާލާ ބާރެއް ދެއްވަވައިފިނަމަ ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭ މީހަކަށްވާށެވެ! މީސްތަކުންނަށް އިސްލާމްދީނަށް ގޮވައިލާ މީހަކަށްވާށެވެ! 

ދުނިޔޭގައި ނުހަނު އުފަލުގައި އުޅެފައި މަރުވުމުން ޢަޛާބުލިބެން، ނަރަކައަށް ވަންނަން ބޭނުންވާނީ ކާކުހެއްޔެވެ؟ އެމީހަކު ނުހުންނާނެއެވެ. ނަމަވެސް ޢަޛާބާއި ނަރަކައިން މިންޖުވެވެންއޮތީ މިބުނި ކަންކަމަށް ވިސްނައި ޢަމަލުކޮށްފިނަމައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން