ޙަނދުމަކޮށްދިނުމެއް!: ޖުނުބުވެރިކަމުގެ ހިނައިގަތުމަށް އެނގެންޖެހޭ ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޙަނދުމަކޮށްދިނުމެއް!: ޖުނުބުވެރިކަމުގެ ހިނައިގަތުމަށް އެނގެންޖެހޭ ކަންކަން-

ހިނައިގަތުމަކީ ފަރުވާތެރިކަމާއިއެކު ކުރަންޖެހޭނެ ކަމެކެވެ. ފުރަތަމަ ސަބަބަކީ ނަމާދު ޞައްޙަވާނީ ފުރިހަމަ ގޮތުގައި ހިނަގަނެގެންހުރެ ކުރުމުން ކަމަސްވާތީއެވެ. ދެވަނަ ސަބަބަކީ ޖުނުބުވެރިކަންމަތީގައި ގިނައިރު ހުރުމަކީ ކުރަން ރަނގަޅު ކަމަކަށްނުވާތީއެވެ. 

ޖުނުބުވެރިކަމުގެ ހިނައިގަތުމަށް ވުޟޫ ކުރުމަކީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ.

·  ހިނައިގަންނަން ކުރާ ވުޟޫ ގައި ނަމާދު ކުރެވޭނެއެވެ.

·  ޖުނުބުވެރިކަމުން ހިނައިގަތުމުގައި ދެގޮތެއްވެއެވެ. އެއީ ފުދޭ މިންވަރާއި ފުރިހަމަ މިންވަރެވެ.

ފުދޭ މިންވަރަކީ މުޅިހަަށިގަޑުގައި ފެންޖެއްސުމެވެ. ނޫންނަމަ ހިނައިގަތުމުގެ ނިޔަތުގައި ފެންގަޑަކަށް ފުންމާލުމުންވެސް ފުދޭނެއެވެ. 

ފުރިހަމަ މިންވަރަކީ ކުރިމަތިފަރާތާއި އެނޫންވެސް މަނީގެ އަޘަރުކޮށްފައިވާ ހިސާބު ރަގަޅަށް ދޮވެ ސާފުކޮށްލުމަށްފަހުގައި، ފުރިހަމަ ވުޟޫ އެއް ކުރުމެވެ. އެއަށްފަހުގައި ބޮލަށްެފެންއަޅާނީއެވެ. ދެން ކަނާތްފަރާތު ކޮނޑަށް، އެއަށްފަހު ވައަތް ފަރާތު ކޮނޑަށް ފެންއަޅާ މުޅިހަށިގަނޑު އެއްކޮށް ދޮވެލާނީއެވެ. واللهتعالىأعلم.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން