ހަމަޖެހުމާ ލޯތްބާ އަޅާލުން ލިބޭނެކަމުގެ އުންމީދުކެނޑިއްޖެނަމަ އެދިރިއުޅުމުގަ ވަޤުތު ހޭދަކުރުމަކީ ކުރެވޭނެ އެންމެ މޮޔަތަންތައް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ހަމަޖެހުމާ ލޯތްބާ އަޅާލުން ލިބޭނެކަމުގެ އުންމީދުކެނޑިއްޖެނަމަ އެދިރިއުޅުމުގަ ވަޤުތު ހޭދަކުރުމަކީ ކުރެވޭނެ އެންމެ މޮޔަތަންތައް!

އަހުރެން ފަށާނީ ބުއްދިވެރިއަކު ބުނެފައިވާ ބަސްކޮޅަކުންނެވެ. "ތިބާއަށް އެރިފައި މިވަނީ ރަނގަލު ރޭލަށް ނޫންކަން އެނގިއްޖެނަމަ ފުރަތަމަ މަޑުކުރާ ސްޓޭޝަނަކަށް އަވަހަށް ފައިބާށެވެ! ނުފައިބައި އިނދެ ދުރަށް ދަތުރުކުރެވުނު ވަރަކަށް އެނބުރި އަންނަން ކުރަންޖެހޭ ޚަރަދުބޮޑުވާނެއެވެ. ބޭކާރުވެގެންދާ ވަޤުތުވެސް ގިނަވާނެއެވެ."  

ޙަޤީޤަތުގައި މިބަސްކޮޅު އޭނާ އަމާޒުކޮށްފައި އެވަނީ ދިރިއުޅުމަށެވެ. އެމީހަކާއިއެކު ދިރިނުއުޅެވޭނެ މީހަކާއި ކައިވެނިކުރެވިއްޖެނަމަ ޢަމަލުކުރަން އޮތް ގޮތަށެވެ. އޭނާ އެބުނަނީ އެމީހަކާއިއެކު ދުވަސްތައް ހޭދަނުކޮށް އެމީހަކާއި ވަކިވެ އަލުން ދިރިއުޅުމެއް ފެށުމަށެވެ. ނޫންނަމަ އެކަމަށް ކިތަްނމެ ބޮޑު އަގެއްވެސް ދައްކަން ޖެހިދާނެކަމަށެވެ. އެބުނާ އަގަކީ ހަމައެކަނި ފައިސާއެއް ނޫނެވެ. ޙަޔާތުން ބޭކާރުވެގެންދާ ދުވަސްތައްވެސް ހިމަނަން ޖެހޭނެއެވެ.  

ދެން އޮތީ އެކަމަށް ގޮތް ނިންމާނީ ކިހާހިސާބަކުން ހެއްޔެވެ؟ އަހުރެން ބުނާނީ ފުރަތަމަ މަސައްކަތްކުރަންޖެހޭނީ މައްސަލަ ހުރި ކަންކަން ރަނގަޅުކުރުމަށެވެ. ވަކިވާން ނިންމަންވާނީ ޙައްލުނުވާނެކަން ޔަޤީންވީމައެވެ. އެހިސާބުން ދެން އޮންނާނީ އަވަހަށް އެދަތުރު ނިންމާލައި އެހެން ދަތުރަކަށް ފެށުމެވެ.  

ބައިވެރިޔާގެ ކިބައިން ހަމަޖެހުމާއި ލޯތްބާއި އަޅައިލުން ލިބޭތޯ ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަންވާނެއެވެ. މަސައްކަތްކުރުމުންވެސް ލިބޭނެކަމުގެ އުންމީދުކަނޑިއްޖެނަމަ އެދިރިއުޅުމުގައި ވަޤުތު ހޭދަކުރުމަކީ ކުރެވޭނެ އެންމެ މޮޔަތަންތަކެވެ. ޙަޔާތުގެ އެންމެ އަގުހުރި އެއްޗަކީ ފައިސާއާއި ތަނަވަސްކަމެއް ނޫނެވެ. ހަމަޖެހުމާއި ލޯތްބާއި އަޅައިލުމެވެ. ވަޤުތެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން

 

މިއަދު އޮންލައިން