ކައިވެނިކުރުމުގެ ކުރިން ޒިނޭކުރެވިފައިވާނަމަ ކައިވެނީގެ ކުރިން އިޚްލާޞްތެރި ތައުބާޢަކުން ތައުބާނުވާނަމަ ޖެހޭނީ އަލުން ޢަޤުދްކުރަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ކައިވެނިކުރުމުގެ ކުރިން ޒިނޭކުރެވިފައިވާނަމަ ކައިވެނީގެ ކުރިން އިޚްލާޞްތެރި ތައުބާޢަކުން ތައުބާނުވާނަމަ ޖެހޭނީ އަލުން ޢަޤުދްކުރަން!

ލޯބިވެގެން އުޅުމުގެ ތެރެއިން ބިރެއް ނެތި ޒިނޭކުރުން މިވަނީ ޢާންމު ކަމަކަށްވެފައެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ބިރުވެތިވާންޖެހިފައިވާ ކަމެކެވެ. އެކަމުގެ ހުރި ބޮޑުކަން އެނގޭހެއްޔެވެ؟  

ކައިވެނީގެ ކުރިން ޒިނޭ ކުރެވިފައިވާނަމަ ކައިވެނި ޢަގްދު ކުރެވޭނީ އެކަމުން ފުރިހަމަ އަށް ތައުބާވުމަށްފަހުގައެވެ. އޭގެ ކުރިން ކައިވެނިކޮށްފިނަމަ އެޢަގްދަކީ ބާޠިލް އެއްޗެކެވެ. ވީމާ، ތައުބާވުމަށްފަހު އަލުން ކައިވެނީގެ ޢަގްދު އާކުރާށެވެ.  

ތައުބާވުމުގެ ފުރުސަތު އެއްމެނަށް ހުޅުވިގެންވެއެވެ. ކޮންމެ ފަދަ ފާފައެއް، ކިތަންމެ ވަރަކަށް ކޮށްފައިވާ މީހާއަށްވެސް ތައުބާ ވެވޭނެއެވެ. އެއީ މާތް ﷲގެ އޯގާވަންތަ ކަމާއި ރަހުމަތެވެ. ޣަރްޣަރާގެ ވަގުތު (ފުރާނަ ނުކުންނަ ވަގުތު) އާއި ޤިޔާމަތް ވުމަށްޓަކައި މަޣްރިބު ފަރާތުން އިރު އަރައިފުމަށް ދާންދެން ތައުބާގެ ދޮރު ވަނީ ހުޅުވިގެންނެވެ. އަދި ވަގުތު ފާއިތުވުމުގެ ކުރިން ތައުބާ ވެއްޖެ އަޅެއްގެ ފާފަ އެކަލާނގެ ފުއްސަވާނެއެވެ. މާތް ﷲ އީ އޯގާވަންތަ، ފާފަފުއްސަވާ ރަސްކަލާނގެއެވެ.  

އެކަލާނގެ ވަހީކުރައްވާފައިވެއެވެ.  

{ قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا إِنَّهُ هُوَ الْغَفُورُ الرَّحِيمُ }

[الزمر 53].  

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. އޭ ތިމަން އިލާހުގެ އަޅުތަކުންކުރެ (ފާފަކުރުމުން) އެބައިމީހުންގެ ނަފްސުތަކަށް އިސްރާފުކުރި މީހުންނޭވެ. ﷲގެ ރަހުމަތުން މާޔޫސް ނުވާށެވެ. ހަމަކަށަވަރުން ﷲ ހުރިހާ ފާފަ ފުއްސަވާނެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ފާފަފުއްސަވާ ރަހީމްވަންތަ ރަސްކަލާނގެއެވެ." 

ކައިވެނި ކޮށްގެން ތިއްބާ ދެމަފިރިން ކުރެ މީހަކު ޒިނޭކޮށްފިނަމަ، އެމީހަކަށް ތައުބާ ލައިދޭން ޖެހޭނެއެވެ. ތައުބާ ނުވެއްޖެނަމަ އެމީހަކާއެކު ކައިވެނީގެ ގުޅުން ދަމަހައްޓައިގެން ނުވާނެއެވެ. ވަރިވާން ޖެހޭނެއެވެ. والله أعلم

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

 

 

މިއަދު އޮންލައިން