ކާމިޔާބުކަމާއިއެކު ޒަވާޖީ ހަޔާތުގައި ކުރިއަށް ދެވޭނީ އެމީހެއްގެ ކިބައިގައި ޘާބިތުކަން ހުރެގެންނެވެ. ކުރިމަތިވާ ކަންކަމަށް ޘާބިތުކަމާއިއެކު ކުރިމަތިލަން ކެރިގެންނެވެ. ފިނޑިވެ އަމާންދޭ މީހަކަށް ޘާބިތުކަމެއް ނުލިބޭނެއެވެ. ކުރިއަކަށްވެސް ނުދެވޭނެއެވެ.
ކޮންމެ މަގަކީ ސީދާމަގެއް ނޫނެވެ. ގުދު ހުންނަ މަގުތަށްވެސް ވަރަށް ގިނަވާނެއެވެ. މަގަކުން ގުދެއް ފެނުމަކީ މަގުގެ ނިމުން ކަމަށް ބަލައިގެންނުވާނެއެވެ. ކާމިޔާބު ދުއްވުންތެރިންނަކީ ގުދާއަރާހަމަވުމުން އެކްސިޑެންޓް ނުވެ، ވެހިކަލް ކޮންޓްރޯލްކޮށް ގުދުން ލަނބާލައި އަމާންކަމާއިއެކު ކުރިއަށް ދުއްވަން އެނގޭ ޑްރައިވަރުންނެވެ.
ދިރިއުޅުމުގެ މިސާލަކީވެސް ހަމަ މިއީއެވެ. އަބަދު ކުރިމަތިވާނީ ފަސޭހަ ކަންކަމެއް ނޫނެވެ! ކާމިޔާބު މީހަކަށްވާނީ އުނދަގޫ ހާލަތުކުރިމަތިވުމުންވެސް އަމާންނުދީ ސާބިތުކަމާއިއެކު ކުރިއަށްދާން މަސައްކަތްކުރާ މީހުންނެވެ.
އަދި ކީއްހެއްޔެވެ؟ ޒަވާޖީ ޙަޔާތުގެ ކޮންމެ ދުވަހަކީ ނުވަތަ ކޮންމެ ދުވަހަކު ދިމާވާނީ އެއް ބާވަތުގެ ކަންކަމެއް ނޫނެވެ. ބައިވެރިޔާގެ ކިބައިން ތިމާ ހިތް ނޭދޭ ކަންކަންވެސް ފެންނާނެއެވެ. އެފަދަ ކަމެއް ކުރިމަތިވާއިރަށް ކައިވެނި ރޫޅާލަން ވެއްޖެނަމަ ކޮންމެ ދުވަހަކު އައު ކައިވެންނެއް ކުރަންޖެހޭނެ މީހުންވެސް މަދެއް ނުވާނެއެވެ.
ވިސްނައިލާށެވެ! ކާރު ދުއްވާއިރުވެސް މަގު ގުދުވުމުން އަނބުރާލާފައި އައިކޮޅަށް ދަނީއެއް ނޫނެވެ. ގުދުން ލަނބާލައިގެން ކުރިއަށްދަނީ އެވެ. މިއީ ދިރިއުޅުން ކުރިއަށް ގެންދަންވީގޮތް އަނގައިދޭ ވަރަށް ފުރިހމަ މިސާލެކެވެ!
މިމިސާލު ޒަވާޖީ ހަޔާތާއިވެސް ގުޅުވައިލާށެވެ! ހިތްނޭދޭ ަކމެއް ކުރިމަތިވެއްޖެނަމަ އޮތީ ޙައްލުކޮށް އެކުގައި ކުރިއަށްދާން މަސައްކަތްކުރުމެވެ. ވަރިކުރުމެއް އަދި ވަރިވުމެއްވެސް ނޫނެވެ. އެހެން ނޫން ނަމަ ކުރިމަތިވާނީ އިތުރު ހިތްދަތިކަމެވެ. ހުޝިޔާރު ޕައިލެޓުންނަކީ މޫސުން ގޯސްވާއިރަށް ފްލައިޓް ތިރިކޮށް ޖައްސާ ބައެއް ނޫނެވެ. ވުއްދިއާ ޙިކުމަތާ ތަޖުރިބާ ބޭނުންކޮށްގެން ދަތުރުކުރިއަށް ގެންދަން މަސައްކަތްކުރާ ޕައިލެޓުންނެވެ.
- މުފްތީ މެންކްގެ ދަރުސަކުން