ބައެއް މީހުންނަށް ކެންސަރުޖެހި، އެކަމަކު ބަލިޖެހުނުކަން ނުވެސް އެނގިތިބެ އެބަ މަރުވެއެވެ. އެތައް އަހަރެއްވަންދެން ކެންސަރުޖެހިފައި ހުރިއިރުވެސް އެކަން އޭނާއަށް ނުއެނގުނީއެވެ. އަނެއް ބައަކަށް ކެންސަރު ޖެހި އެތައް އަހަރެއްވީއިރުވެސް ނުއެވެސް އެނގި ތިބެފައި ބަލިޖެހުނުކަން އެނގޭތާ މަދުދުވަސްކޮޅެއްގެ ތެރޭގައި މަރުވެއެވެ. އެއިގެ މާނައަކީ އޭނާއަށް ކެންސަރުޖެހުނުކަން އެއެނގުނީ ޢުމުރުގެ އެންމެ ފަހު ވަޤުތުގައި ކަމެވެ.
އަނެއް ބައަކަށް ކެންސަރު ޖެހޭތަނުން އެކަން އެނގި ފަރުވާކުރުމުން ބަލިން ފަސޭހަވެއެވެ. މިފަދަ ކޮންމެ ކަމަކީވެސް ﷲ ތަޢާލާގެ ރަޙްމަތެވެ. މައްސަލައަކަށްވަނީ ﷲ ތަޢާލާ ދެއްވަވާ ނިޢުމަތްތަކާއިމެދު ވިސްނައިނުލެވޭ ކަމެވެ. ވިސްނާނަމަ ރަހްމަތުގެ ބޮޑުކަން ވަޒަންކުރެވޭނެއެވެ.
އަހުރެން މިބާވަތުގެ އެއްވެސް ކަމަކާއި ގުޅިގެން ވަކިކަމަކާއި ގުޅުވަނީއެއް ނޫނެވެ. ނަމަވެސް ބުނެލަން ބޭނުންވަނީ ޤަވާޢިދުން ޤުރްއާން ކިޔަވާ މީހާއަށް ކުރިމަތިވާ ވަރަށް ގިނަ މުޞީބާތްތަކުން އޭނާއަށް ނުވެސް އެނގިހުއްޓައި ސަލާމަތްކުރައްވަވާނެތެވެ. އިން ޝާ ﷲ
ޤުރްއާން ކިޔެވުމުގައި ދެގޮތަކަށް އަބަދުވެސް ކިޔަވަންވާނެއެވެ. ފުރަތަމަ ގޮތަކީ ހެނދުނާއި ހަވީރާއި އަދި ރޭގަނޑު ޛިކުރުގެ ގޮތުގައި ކިޔަވަންހުރި ސޫރަތްތައް ކިޔެވުމެވެ. ދެވަނަ ގޮތަކީ ޛިކުރުގެ ގޮތުގައި ކިޔަވަމުންވެސް ޚަތިމްކުރަންވެސް ކިޔެވުމެވެ. އެމީހެއްގެ ވަޤުތު ހުންނަ ގޮތަކުން ކިތަންމެ ކުޑަތަންކޮޅެއް ނަމަވެސްމެއެވެ. ދުވާލަކު އެންމެ ޞަފްހާއެއްނަމަވެސްމެއެވެ.
މުހިންމު ކަމަކީ އެމީހެއްގެ ހިތް ކީރިތި ޤުރްއާނާއި ގުޅިފައިވާ މީހަކުކަމުގައިވުމެވެ. އެމީހެއްގެ ހިތް ކީރިތި ޤުރްޢާނާއި ގުޅިއްޖެ މީހަކަށް އެމީހާއަށް ޚިޔާލަށްވެސް ނުގެނެވޭނެހައި ގިނަ ގޮތްގޮތުން ﷲ ތަޢާލާ ރަޙްމަތް ލައްވަވާނެތެވެ. އަދި ޤިޔާމަތް ދުވަހު މާބޮޑެތި ނިޢުމަތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ
- މުފްތީ މެންކުގެ ދަރުސަކުން