ރޭޑިއޯ، ޓީވީ ފަދަ ވަސީލަތަކުން އަޑުއިވުނަސް ބަންގި ދުޢާކިޔަން ޖެހޭނެކަމާއިމެދު ބައެއް ކިޔުންތެރިން ސުވާލުކުރައްވައެވެ.
މިސްކިތުގެ ތާޅަފިލިންނަމަވެސް، އެހެން ތާޅަފިއްޔަކުންނަމަވެސް އަދި ރޭޑިއޯ، ޓީވީން ނަމަވެސް ނަމާދަށް ގޮވާ ބަންގީގެ އަޑު އިވިއްޖެނަމަ ބަންގިއަށް ޢިޖާބަދޭށެވެ. އަދި ބަންގިގޮވައި ނިމުމުން ދުޢާވެސް ކިޔާށެވެ.
ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި ނަމާދަށް ގޮވާ ބަންގީގެ އަޑު ތާލަފިލިން އަޑުއިވުމާއި ރޭޑިއޯ، ޓީވީ ފަދަ ވަސީލަތަކުން އަޑުއިވުމާއި އެއްވެސް ތަފާތެއްނެތެވެ.
ޙަދީޘްފުޅުގައި އޮތީ ބަންގިދުޢާ ( اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ ) ކިޔައިފިނަމަ އެމީހަކަށް ޤިޔާމަތް ދުވަހު ތިމަންކަލޭގެފާނުގެ ޝަފާޢަތް ޙައްޤުވެއްޖެ ކަމަށެވެ.
مَنْ قَالَ حِينَ يَسْمَعُ النِّدَاءَ اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ، حَلَّتْ لَهُ شَفَاعَتِي يَوْمَ الْقِيَامَةِ
މިހާރަކަށް އައިސް ގޭގޭގައި ހުންނަ ރޭޑިއޯ، ޓީވީތަކުން ބަންގީގެ އަޑުއިވުނުނަމަވެސް މިސްކިތުގެ ތާޅަފިލިން އަޑުއިވުނުނަމަވެސް ދުޢާކިޔަން ސަމާލުކަންދެނީ މަދުބައެކެވެ. މިއީ އިޞްލާޙްކުރަން ޖެހިފައިވާ ކަމެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން