ދަރިފުޅަށް ނަންކިޔަން އެންމެ ރަނގަޅު ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 3ސ
ދަރިފުޅަށް ނަންކިޔަން އެންމެ ރަނގަޅު ގޮތް-

ދަރިންނަށް ނަންކިޔަންޖެހޭނީ ބައްޕަ ނޫނީ މަންމަ ބޭނުންވާ ނަމެއްތޯ؟ ފިރިމީހާ ކިޔަން އުޅެނީ ވަރަށް ގިނަ މީހުން ކިޔާ ނަމެއް ކިޔަންވެގެން. އެހެންވެ. 

ތިއައީ ވަރަށް ގިނައިން ކުރިމަތިވާ ސުވާލެކެވެ. އެހެންވެ ދަންނަވާލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމަށެވެ. 

އަޅުގަނޑަކީ ބަލިވެ އިން އަންހެނަކީމެވެ. ސްކޭނުން ދައްކާގޮތުން ލިބެން އުޅެނީ އަންހެންކުއްޖެކެވެ. ދަރިފުޅަށް ކިޔާނެ ނަމަކާއިމެދު ދެމަފިރިންގެ މެދުގައިވަނީ ޚިޔާލުތަފާތުވެފައެވެ. އެހެންކަމަށްވާއިރު ދެން ކަންތައްކުރަން އޮތް ގޮތަކީ ކޮބައިތޯ؟ އަންހެން ދަރިފުޅެއް ނަމަވެސް އެދަރިފުޅަށް ކިޔަންޖެހޭނީ ދަރިފުޅުގެ ބައްޕަ ބޭނުންވާ ނަމެއްތޯ؟ 

ސުވާލުގެ ޖަވާބުގައި ބުނަން އޮތީ އެންމެ ރަނގަޅު ގޮތަކީ ދެމަފިރިންގެ މެދުގައި މަޝްވަރާކޮށްގެން ހައްލެއް ހޯދުން ކަމަށެވެ. ފަހުންވެސް މައްސަލައެއް ނުޖެހޭނީ އެއިރުން ކަމަށްވާތީއެވެ. 

ތިރީގައިވާ ލިޔުމުން ކަންއޮތްގޮތް ސާފުވެލައްވާނެކަމަށް އުންމީދުކުރަމެވެ. އިން ޝާ ﷲ 

ދަރިފުޅުގެ ބައްޕަ ދުނިޔޭގައި ހުރިނަމަ އެކަމަށް އެންމެ ޙައްޤުކަން ބޮޑީ އޭނާއެވެ. އެކަމުގައި ދެމަފިރިން ވާގިވެރިވެ މަޝްވަރާކޮށް [މާނަ] ރިވެތި ނަމެއް އިޚްތިޔާރުކުރުމަކީ އެދެވިގެންވާ ކަމެކެވެ. ފަހެ ބައްޕަ ދުނިޔޭގައި ނުވާނަމަ، [އެކަމަށް އެންމެ ޙައްޤުކަން ބޮޑީ] އެކުއްޖާގެ ވަލީވެރިންކުރެ އެންމެ ދޮށީ މީހާއެވެ. 

ފިރިހެން ކުދިންނަށް ކިޔުން އެންމެ މޮޅު އިތުރު ނަންތަކަކީ ޢަބްދުﷲ، ޢަބްދު الرحمن، ޢަބްދު الملك ، ޢަބްދު الكَرِيْم މިފަދައިން ﷲ އަށް އަޅުވެތިވެގެންވާކަން ދޭހަވާފަދަ ނަންތަކެވެ.. ( ޢަރަބި ބަހުގައި ‘ޢަބްދު’ ގެ މާނައަކީ: އަޅެވެ.) 

އަންހެން ކުދިންނަށް ކިޔުމަށް އެންމެ މުނާސަބީ އަންހެން ޞަޙާބީ ބޭކަނބަލުންނަށާއި އެއަށްފަހު ވަޑައިގެންނެވި ޞާލިޙު މުއުމިނު ކަނބަލުންނަށް ކިޔާފައިވާ ރަނގަޅު ނަންތަކެވެ. 

ހުތުރު މާނައެއް ހިމެނޭ ނަންތަކާއި ޖާހިލިއްޔަ ޒަމާނުގެ ކާފިރު ފިރިހެނުންނަށާއި އަންހެނުންނަށް ކިޔައި އުޅުނު ނަންތަކެއް ނޫނެވެ. މުސްލިމުން ކިޔާއުޅޭ ރިވެތި ނަންތައްކަމުގައި ބެލެވޭ ނަންތައް ކިޔުމީ މިކަމުގައި އެދެވިގެންވާ ގޮތެވެ. 

ޢަބްދު الحُسَيْن ނުވަތަ ޢަބްދު النَّبِيِّ ނުވަތަ ޢަބްދު الكَعْبَة ފަދައިން، ﷲ ނޫން ފަރާތަކަށް އަޅުވެތިކަން ދޭހަވާފަދަ ގޮތަކަށް ކިޔޭ ނަންތަކާމެދު ދަންނައެވެ. ފަހެ އެއީ ހުއްދަކަމެއް ނޫނެވެ. 

ދެ ޖިންސުގެ ކުދިންނާމެދުވެސް ނަންކިޔުމުގައި މޮޅުއިތުރީ 7 ވަނަ ދުވަހު ކިޔުމެވެ. އެހެނީ ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. 

((كُلُّ غُلَامٍ مُرْتَهَنٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ، وَيُحْلَقُ، وَيُسَمَّى)) [رواه الإمام أحمد وأهل السنن بإسناد صحيح]

"ކޮންމެ ކުއްޖެއްގެ ފަރާތުންވެސް ޢަޤީޤާ ކަތިލުންވަނީ ލާޒިމުވެގެންނެއެވެ. އޭނާގެ މަތިން އެކަން ކުރާނީ ހަތްވަނަ ދުވަހުއެވެ. އަދި އޭނާގެ ބޯ ބާލައި ނަންކިޔާނީވެސް އެދުވަހުއެވެ." 

ފަހެ މޮޅުއިތުރުވެގެންވަނީ ހަތްވަނަ ދުވަހު ނަންކިޔުމެވެ. އެކުއްޖާ ވިހާ ދުވަހު ނަންކިޔުމަކީވެސް މައްސަލައެއް ނޫނެވެ. ފަހެ ހަމަކަށަވަރުން ނަބިއްޔާ صلى الله عليه وسلم ގެ ދަރިކަލުން އިބްރާހީމް އުފަންވެވަޑައިގެންނެވި ދުވަހު އެކަލޭގެފާނަށް ނަންކިޔުއްވިއެވެ. އަދި ބައެއް ޞަޙާބީ ބޭކަލުންގެ ދަރިދަރިކަލުންނަށްވެސް އެކަލޭގެފާނުވަނީ އެބޭކަލުން އުފަންވެވަޑައިގެންނެވި ދުވަހު ނަން ދެއްވާފައެވެ. ފަހެ އެހެންކަމުން އެއީ މައްސަލައެއް ނޫނެވެ. އެއީވެސް ސުންނަތެކެވެ. އަދި ހަތްވަނަ ދުވަހު ނަން ކިޔުމަކީވެސް ސުންނަތެކެވެ. ދުވަހަށް ބަލާއިރު އެންމެ މޮޅުއިތުރީ މިގޮތެވެ 

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله

ސުޢޫދީ ޢަރަބިއްޔާގެ ކުރީގެ މުފްތީ

 

- މަސްދަރު: ދިސަލަފިއްޔާ

 

 

މިއަދު އޮންލައިން