ތިބާގެ ދަރަނިތައް ބޮޑުވެ ފަރުބަދައެއްވަރުވިޔަސް އެކަމުން ސަލާމަތްކޮށްދޭނެ ދުޢާ- ޙަދީޘުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 15ސ
ތިބާގެ ދަރަނިތައް ބޮޑުވެ ފަރުބަދައެއްވަރުވިޔަސް އެކަމުން ސަލާމަތްކޮށްދޭނެ ދުޢާ- ޙަދީޘުން

ދަރަނި އަދާކުރެވޭނެ ގޮތެއް ނެތިގެން މަގެއް ފެނޭތޯ ކުރާނެ ދުޢާއަކަށް ބައެއް ކިޔުންތެރިން އެދިލައްވަމުން ގެންދަވާތީ ބަޔާން މިކުރަނީ ޙަދީޘްފުޅުން އެނގެން އޮތް ދުޢާއެނގިލައްވާނެ ލިޔުމެކެވެ. މިދުޢާ ކުރައްވާށެވެ! މަގެއް ދައްކަވާނެތެވެ. އިން ޝާ ﷲ  

ދަރަންޏަކީ ކުޑަކަމެއް ކަމަށް ނުދެކޭށެވެ! އެއީ ކައްވަޅުގައި ހޫނުކަން ލިބޭ ކކަމެއްކަން، ކުޑަކުޑަ ދަރަންޏެއް އޮތް ޞަޙާބީއެއްގެ ދަރަނި އޭނާ އަވަހާރަވެ ވަޅުލެވުނުފަހުން އެހެން ޞަޙާބީއަކު އަދާކުރެއްވުމުން "މިހާރު އޭނާގެ ހަށިގަނޑަށް ފިނިކަން ލިބިއްޖެ" ކަމަށް ޙަދީޘްފުޅު ކުރައްވަވާފައި އޮތުމުން އެނގިގެންދެއެވެ.  

ތިބާ އެކުވެރިއަކު އަތުން ދަރަންޏެއް ނެގީއެވެ. އަދާނުކުރެވިވަނިކޮށް ތިބާ ނިޔާވީއެވެ. ޢޭނާގެ ހަނދާނުގައި އެކަމެއް ނެތުމުން ނަމަވެސް އޮތީ މާފުނުކުރެވިއެވެ. ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟  

ދެން އޮތީ ޤިޔާމަތް ދުވަހެވެ. އެދުވަހަކީ ކޮންމެ މީހަކުވެސް މަދުވެގެން އުޅޭނެ ދުވަހެވެ. ދަރިން ދެކެ ލޯބިވެ ދުނިޔޭގައި ޤުރްބާންވީ މަންމަ، އޭނާ ލޯބިވި ދަރިފުޅަށްވެސް މާފުނުކުރާނެ ދުވަހެވެ. ވީއިރު ހަމަ އެކަކުވެސް އަނެކާއަށް މާފެއް ނުކުރާނެއެވެ. ބޭނުންވާނީ ވީހައިގިނަ ޘަވާބު ހޯދައިގެން ނަރަކައިން ސަލާމަތްވުމަށެވެ. ސުވަރުގެ ލިބުމުން ބޭނުންވާނީ ސުވަރުގޭގެ މަތީ ދަރަޖަތަކެވެ.  

ކޮންމެއަކަސް ތިބާއަކީ ދަރަނިވެރިވެރިއަކުކަމުގައިވެ އަދި ތިބާއަށް ދަރަނި އަދާކުރެވެން ނެތިއްޖެނަމަ މިފަދައިން (މިދުޢާ) ޛިކުރުކުރާށެވެ! ކޮންމެ ނަމާދަކަށްފަހުގައިވެސް ޛިކުރުކުރާށެވެ! ޚާއްޞަކޮށް ރޭއަޅުކަންކުރުމަށްފަހު ޛިކުރުކުރާށެވެ.   

اللَّهُمَّ اكْفِنِي بِحَلاَلِكَ عَنْ حَرَامِكَ، وَأَغْنِنِي بِفَضْلِكِ عَمَّنْ سِوَاكَ 

"ޔާ ﷲ! އިބަ ﷲ ހަލާލުކުރެއްވި ތަކެތީގެ ޒަރިއްޔާއިން އިބަ ﷲ ހަރާމްކުރެއްވި ތަކެތިން (މި އަޅާ ދުރުކުރައްވައި) މި އަޅާ ފުދުންތެރިކުރައްވާނދޭވެ! އަދި އިބަ ﷲ ގެ ފަޟުލުވަންތަކަމުގެ ޒަރިއްޔާއިން އިބަ ﷲ ފިޔަވައި އެހެންފަރާތްތަކުން (އެދުމުން) މި އަޅާއަށް ފުދުންތެރިކަން ދެއްވާނދޭވެ!" 

وعن علي، رضي الله عنه، أن مكاتبًا جاءه، فقال‏:‏ إني عجزت عن كتابتي‏.‏ فأعني‏.‏ قال‏:‏ ألا أعلمك كلمات علمنيهن رسول الله صلى الله عليه وسلم، لو كان عليك مثل جبل دينا أداه الله عنك‏؟‏ قل‏:‏ ‏ "‏اللهم اكفني بحلالك عن حرامك، وأغنني بفضلك عمن سواك‏"‏ ‏(‏‏(‏رواه الترمذي وقال‏:‏ حديث حسن‏)‏‏)‏‏.‏ 

'Ali (May Allah be pleased with him) reported:

A slave who had made a contract with his master to pay for his freedom, came to me and said: "I am unable to fulfill my obligation, so help me." He said to him: "Shall I not teach you a supplication which the Messenger of Allah () taught me? It will surely prove so effective that if you have a debt as large as a huge mountain, Allah will surely pay it for you. Say: 

"‏اللهم اكفني بحلالك عن حرامك، وأغنني بفضلك عمن سواك‏" 

(O Allah! Grant me enough of what You make lawful so that I may dispense with what You make unlawful, and enable me by Your Grace to dispense with all but You)."
[At- Tirmidhi]. 

Reference

 : Riyad as-Salihin 1486

  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން