ދަތުރަކަށް ސައިކަލެއް ނުވަތަ ކާރެއްގައި ފެށިނަމަވެސް ﷲ ތަޢާލާގެ މަތިން ހަނދުމަކޮށް ދަތުރުދުޢާކިޔަނީ މަދު މީހެކެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. ކިތަންމެ ކުރު ދަތުރެއް ކިތަންމެ އަވަސްއަވަހަށް ކުރަންޖެހުނަސް ދަތުރު ދުޢާ ނުކިޔައި ނުފަށާށެވެ. ކުރަން އޮތީ ވަރަށް ކުރުކުރު ދުޢާއެކެވެ.
اللَّهُ أَكْبَرُ، اللَّهُ أَكْبَرُ، اللَّهُ أَكْبَرُ سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ،
މިވަރަށް ކިޔަސް ފުދޭނެއެވެ.
ދެން އޮތީ ދަތުރަމައްޗެވެ. ސައިކަލުގައި ދުއްވިޔަސް އިއާފޯން ޖަހައިގެން ލަވައަޑުއެހުން ފަދަ ކަންކަން ނުކުރާށެވެ! ކާރުގައި ދާނަމަ ސްޕީކަރުންވިޔަސްމެއެވެ. އެއިގެ ބަދަލުގައި ޤުރްޢާން ކިޔަވާށެވެ! ނުވަތަ ސަމާލުކަންދީގެން ޤުރްޢާން އަޑުއަހާށެވެ!
އިމާމް މުފްތީ މެންކް ފަދަ ބޮޑެތި ޢިލްމްވެރިން ދަތުރުފުޅުމަތީގައި ޤުރްއާން ކިޔަވައިވިދާޅުވާތަން ސޯޝަލް މީޑިއާގައި ހާމަކުރައްވަމުން ގެންދަވަނީ މީސްތަކުންނަށް ހަނދުމަކޮށދެއްވުމަށެވެ. ނަޞީޙަތުގެ ގޮތުންނެވެ.
https://www.facebook.com/LearnQuraanAtHome/videos/1465972097924483
ދަތުރުމަތީގައި ޤުރްޢާން ކިޔެވުމުން ކުރާނެ ފައިދާތައް ވަރަށް ގިނައެވެ. ހުސްވަޤުތުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފުނީއެވެ. އަދި ކީއްހެއްޔެވެ؟ ދަތރުމަތީގައި ކަމެއް ދިމާވެގެން ދުބިޔެއާއި ވަކިވާންޖެހުނަސް އެމީހެއްގެ ނިމުންވެގެންދާނީ އެންމެ ރަނގަޅު ނިމުމަމަކަށެވެ. ދުނިޔެއާއި ވަކިވެގެން އެދަނީ އެންމެ ހެޔޮ ޢަމަލުކުރުންމަތީގައެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން