ހަތަރު ފަސް ކައިވެނިކުރާ ފަހުން އޭނާ އުރާލައިގެން ގެންގުޅޭނެ ފިރިއަކު ލިބިފައި ތިބި އަންހެނުން މަދީހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ހަތަރު ފަސް ކައިވެނިކުރާ ފަހުން އޭނާ އުރާލައިގެން ގެންގުޅޭނެ ފިރިއަކު ލިބިފައި ތިބި އަންހެނުން މަދީހެއްޔެވެ؟

ފަށާނީވެސް އުންމީދީ ބަހަކުންނެވެ! ﷲ ތަޢާލާއަށް ތެދުވެރިވެ ހުއްޓައި ދެރައެއް ލިބޭނީ އެއަށްވުރެ މާރަނގަޅު ގޮތެއް މިންވަރުކުރެއްވެވުމަށެވެ. ނުއެނގޭނީ އެ ބޮޑު ނިޢުމަތް ތިމާއަށް ލިބޭނެ ވަޤުތެކެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ.  

ތިބާގެ ޒަވާޖީ ޙަޔާތުގެ ދިރިއުޅުމުގައި ލިބުނު ގެއްލުންތަކުން އަރައިގަންނަން ބޭނުންވާނަމަވެސް އަދި ވިޔަފާރިން ބޮޑު ގެއްލުމެއް ލިބިއްޖެނަމަ އެކަމުން އަރައިގަންނަން ބޭނުންވާނަމަވެސް އެއްވެސް އެހެން މީހަކާއި އަޅުވައި ނުކިޔާށެވެ.  

އޭނާގެ ހުރިހާ މުދަލެއް އަނދައި ދިއުމުންވެސް ކެތްތެރިވެލައި، ﷲ ތަޢާލާއަށް ޝުކުރުކޮށްގެން ހުންނަ ޙާލުގައި މިސްކިތަށް އަރައި ނަމާދުކުރާ މީހާއަށް ބަލާށެވެ. އެފަދަ މީހަކަށްވާން މަސައްކަތްކުރާށެވެ!  

ތިބާގެ ކާރުގެ ފުރޮޅުގެ ޓަޔަރު ގޮވުމުން ރުޅި ގަދަވެ އެއީ ދުނިޔެއަށްވުރެ ބޮޑުކަމަކަށް ހަދަން މަސައްކަތްކުރާ މީހާއަށް ބުނެލަން އޮތީ ތިއަ ވިސްނެނީ ކިހިނަކުން ހެއްޔެވެ؟ ޓަޔަރު ގޮވިނަމަވެސް ކަލޭ ނުގޮވައެއް ނޫންހެއްޔެވެ؟ ކަލޭ ތިއަހުރީ ސަލާމަތުން ނޫނެހެއްޔެވެ؟  

ދެން ބަލައިލަންވީ ޒަވާޖީ ޙަޔާތަށެވެ. ވަރިކުރީއެވެ. ނުވަތަ ވަރިވެގެން ދިއައީއެވެ. އެއީ މީހާގެ ހަޔާތް ޤިޔާމަތްވުން ކަމަށް ނުދެކޭށެވެ. މުސްލިމުންނަށް އެއް ކައިވެންޏަށްވުރެ ގިނަ ކައިވެނިކުރުން ހުއްދަވެގެންވަނީ ހަމަ އެ ސަބަބަށްޓަކައެވެ. ލިބުނު ގެއްލުމުން އަރައިގަތުމަށެވެ.  

މުސްލިމުންނަކީ އެއްވެސް ނިޢުމަތެއް ގެއްލިދިމުން ކަންބޮޑުވާންޖެހޭނެ ބައެއް ނޫނެވެ. އެކަމެއް ގެއްލިގެން އެދިއައީ އެކަން މިންވަރުކުރެއްވެވި ﷲ ތަޢާލާ އެކަން އަނބުރާ ގެންދެވުމުންކަން ޤަބޫލުކޮށް ޝުކުރުވެރިވާންޖެހޭނެ ބައެކެވެ.  

ވިސްނައިލާށެވެ! އެކަނިވެރި މައިންގެ ގޮތުގައި ދުނިޔޭގައި އުޅެމުންދާ އަންހެނުންގެ ޢަދަދަށެވެ. އަދި ވަރިކުރުމުން ދެވަނަ ކައިވެނިކުރެވި، 3،4،5 ކައިވެނިވެސް ކުރެވި ކުރިއަށްވުރެ މާއުފަލުގައި ދިރިއުޅެމުން އަންނަ އަންހެނުންގެ ޢަދަދަށެވެ. އެއީ މަދު ޢަދަދެއްކަމަށް ހީވަނީހެއްޔެވެ؟ ބުނަން ހެއްޔެވެ؟ އެއީ ގިނަ ޢދަދެކެވެ. އެކަން ޤަބޫލުކުރީމާ ހިތްވަރު ލިބި އުފަލުގައި ހުރެވޭނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން